ފެށުން 29:6 - ކިތާބުލް މުޤައްދަސާ6 ޔަޢުޤޫބުގެފާނު ވިދާޅުވިއެވެ. ”އޭނާގެ ހާލު ކިހިނެއްތަ؟“ އެބައިމީހުން ޖަވާބު ދިނެވެ. ”އޭނާ ހެޔޮ ޙާލުގައި ފާގަތިކަމާއި އެކުގައިވޭ. ނިކަންބައްލަވާ! އޭނާގެ ކަންބަޅިތައް ގޮވައިގެން އެހަރަ އަންނަނީ އޭނާގެ އަންހެން ދަރިފުޅު ރާޙީލް.“ အခန်းကိုကြည့်ပါ။ |
އެ ހިނދު އެކަލޭގެފާނުގެ ބަފައިކަލުން މިފަދައިން ވިދާޅުވިއެވެ. ”އެސަރަހައްދަށް ދޭ. އަދި ތިބާގެ އަޚުންނާއި ކަންބަޅިތަކުގެ ޙާލަކީ ކޮބައިތޯ ބެލުމަށް ފަހު އެނބުރި އައިސް އަހަރެންނަށް އެބައިމީހުންގެ ޚަބަރުދީ.“ އެގޮތުގެ މަތިން ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ ދަރިކަލުން ޔޫސުފުގެފާނު ޙަބްރޫންގެ ވާދީން ފޮނުއްވިއެވެ. ޔޫސުފުގެފާނު ޝަކީމްގެ ރަށްބޭރާ ހަމައަށް ވަޑައިގެންނެވިއެވެ.