Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 29:34 - ކިތާބުލް މުޤައްދަސާ

34 އަދި ލައިއަތު ތިންވަނަ ދަރިފުޅަށް ބަލިވެއިނދެ ވިހެއެވެ. އަދި މި ދަރިފުޅަށް ލާވީ އޭ ކިޔާ އެކަނބުލޭގެ ނަން ދިނެވެ. މިނަމުގެ ސަބަބެއްކަމުގައި އެކަނބުލޭގެއަށް މިފަދައިން ބުނެވުނެވެ. ”⁠މި ތިން ދަރިންގެ ސަބަބުން މިހާރު އަހަރެންގެ ފިރިކަލުންނާއި އަހަރެންނާއި ދެމެދުގައިވާ ގުޅުން ބަދަހިވާނެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 29:34
11 ပူးပေါင်းရင်းမြစ်များ  

އެ ދަރިފުޅަށް ޒަބޫލޫންގެ ނަމުން އެކަނބުލޭގެ ނަންދިނެވެ. އަދި މި ނަމުގެ ސަބަބެއްކަމުގައި އެކަނބުލޭގެއަށް މިފަދައިން ބުނެވުނެ. ”⁠އަހަރެންގެ ފިރިކަލުންނަށް މާތްކަލާނގެ އަހަރެންގެ ފުށުން ހެޔޮ ހަދިޔާއެއް ދެއްވައިފި. މިހާރު އެކަލޭގެފާނު އަހަރެންނަށް އިޙުތިރާމު ކުރާނެ. އަހަރެންގެ ފުށުން އެކަލޭގެފާނަށް ހަ ފިރިހެން ދަރިން ލިބިދެއްވައިފި.⁠“


އެއަށް ފަހު އެރަށުގެ އެންމެހާ ފިރިހެނުން ޚިތާނު ކުރެވި، އޭގެ ތިންވަނައަށް ވީ ދުވަހު އެކަމުގެ ތަދު އިޙުސާސް ކުރަމުން ދިޔަ ހިނދު ދީނާގެ ދެބެއިން ކަމުގައިވާ ޝިމްޢޫން އާއި ލާވީ އެމީހުންގެ ކަނޑިތައް ހިފައިގެން ސިއްރިޔާތުގައި ރަށު ތެރެއަށް ވަދެ އެރަށުގެ އެންމެހާ ފިރިހެނުންނަށް ޙަމަލާދީ ގަތުލުކޮށްފިއެވެ.


ލައިއަތު އާއި ޔަޢުޤޫބުގެފާނަށް ހަ ފިރިހެން ދަރިން ލިބިފައިވިއެވެ. އެ ދަރިންގެ ތެރެއިން އެންމެ ދޮށީ ރައޫބައިންއެވެ. އެއަށް ފަހު ޝިމްޢޫން، ލާވީ، ޔަހޫޛާ، ޔައްސާކަރު އަދި ޒަބޫލޫން އެވެ. އަދި ލައިއަތުގެ ޖާރިޔާ ޒިލްފާ ކިބައިން ޔަޢުޤޫބުގެފާނަށް ދެ ފިރިހެން ދަރިން ލިބިފައިވިއެވެ. އެއީ ޖާދު އާއި އަޝީރު އެވެ. ރާޙީލްއާއި ޔަޢުޤޫބުގެފާނަށް ދެ ފިރިހެން ދަރިން ލިބިފައި ވެއެވެ. އެއީ ޔޫސުފުގެފާނާއި ބަންޔާމީންއެވެ. އަދި ރާޙީލްގެ ޖާރިޔާ ބިލްހާގެ ކިބައިން ޔަޢުޤޫބުގެފާނަށް ދެ ފިރިހެން ދަރިން ލިބިފައިވިއެވެ. އެއީ ދާނު އާއި ނަފްތާލީ އެވެ. މި ހުރިހާ ދަރިންމެ އުފަންވީ މެސޮޕޮޓޭމިއާގައެވެ.


އާދަމްގެފާނު އެކަލޭގެފާނުގެ އަނބިކަނބަލުން ޙައްވާގެފާނާއި އެކު ރޭކުރެއްވިއެވެ. އެއަށް ފަހު ޙައްވާގެފާނު އާލާސްވެ އިންނަވާ ފިރިހެން ދަރިކަލަކާއިގެން ރައްކާވެ ވަޑައިގެންނެވިއެވެ. އެދަރިކަލުންނަށް ޤާޔީންގެ ނަމުން ނަންދެއްވިއެވެ. ޙައްވާގެފާނު ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެ އޯގާވަންތަކަމުން އަހަންނަށް ފިރިހެންދަރިކަލަކު ދެއްވައިފި.⁠“


ލާވީގެ ދަރިންނަކީ ޖަރްޝޫން، ޤަހާތު، އަދި މަރާރީ އެވެ.


އެދުވަސްވަރު ލާވީ ގަބީލާގެ ފިރިހެނަކު އެގަބީލާގެއަންހެނަކާ ކައިވެނިކުރިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ