Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 29:33 - ކިތާބުލް މުޤައްދަސާ

33 އެކަނބުލޭގެ ދޭތެރެއަވަސްކޮށް ބަލިވެއިނެވެ. އަދި އެހެން ފިރިހެން ދަރިއަކު ލިބުނެވެ. މި ދަރީގެ ނަމަކަށް ޝިމްޢޫންގެ ނަމުން އެކަނބުލޭގެ ނަންދިނެވެ. މިނަމުގެ ސަބަބެއް ކަމުގައި އެކަނބުލޭގެއަށް މިފަދައިން ބުނެވުނެވެ. ”⁠އަހަރެންގެ ފިރިކަލުން އަހަރެންދެކެ ލޯބިނުވާކަމުގެ ޚަބަރު މާތްރަސްކަލާނގެ އައްސަވާ ވޮޑިގެންފި.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 29:33
12 ပူးပေါင်းရင်းမြစ်များ  

އަދި އެދަރިފުޅަށް ޔައްސާކަރުގެ ނަމުން ނަންދިނެވެ. މި ނަމުގެ ސަބަބެއް ކަމުގައި އެކަނބުލޭގެއަށް މިފަދައިން ބުނެވުނެވެ. ”⁠އަހަރެންގެ އަޅު އަންހެންނޯކަރު އަހަރެންގެ ފިރިކަލުންނަށް އަނތްބެއްގެ ގޮތުގައި ދީގެން އަހަރެން އަދާކުރި އަގު މާތްކަލާނގެ އަހަރެންނަށް ދެއްވައިފި.⁠“


އެ ދަރިފުޅަށް ޒަބޫލޫންގެ ނަމުން އެކަނބުލޭގެ ނަންދިނެވެ. އަދި މި ނަމުގެ ސަބަބެއްކަމުގައި އެކަނބުލޭގެއަށް މިފަދައިން ބުނެވުނެ. ”⁠އަހަރެންގެ ފިރިކަލުންނަށް މާތްކަލާނގެ އަހަރެންގެ ފުށުން ހެޔޮ ހަދިޔާއެއް ދެއްވައިފި. މިހާރު އެކަލޭގެފާނު އަހަރެންނަށް އިޙުތިރާމު ކުރާނެ. އަހަރެންގެ ފުށުން އެކަލޭގެފާނަށް ހަ ފިރިހެން ދަރިން ލިބިދެއްވައިފި.⁠“


އެ ދަރިފުޅުގެ ނަމަކަށް ދާނުއޭ ކިޔައި ރާޙީލް ނަންދިނެވެ. މި ނަމުގެ ސަބަބެއް ކަމުގައި އެކަނބުލޭގެއަށް މިފަދައިން ބުނެވުނެވެ. ”⁠އަހަރެންގެ މަޢުސޫމު ކަމުގެ މައްޗަށް މާތްކަލާނގެ އިންސާފުވަންތަވެ ވޮޑިގަންނަވައިފި! އަހަރެންގެ ދުޢާ އެކަލާނގެ އައްސަވާ ވޮޑިގަންނަވައި އަހަރެންނަށް ދަރިއަކު ދެއްވައިފި.⁠“


ނަފްތާލީގެ ނަމުން މިދަރިއަށް ރާޙީލް ނަންދިނެވެ. މި ނަމުގެ ސަބަބެއްކަމުގައި އެކަނބުލޭގެއަށް މިފަދައިން ބުނެވުނެވެ. ”⁠އަހަރެންގެ ދައްތަގެ މައްޗަށް ގަދަވެގަތުމަށް އަހަރެން ގަދައަޅައި ކުރި މަސައްކަތް މިއަދު އަހަރެންނަށް ކާމިޔާބު ކުރެވިއްޖެ!⁠“


އެއަށް ފަހު އެރަށުގެ އެންމެހާ ފިރިހެނުން ޚިތާނު ކުރެވި، އޭގެ ތިންވަނައަށް ވީ ދުވަހު އެކަމުގެ ތަދު އިޙުސާސް ކުރަމުން ދިޔަ ހިނދު ދީނާގެ ދެބެއިން ކަމުގައިވާ ޝިމްޢޫން އާއި ލާވީ އެމީހުންގެ ކަނޑިތައް ހިފައިގެން ސިއްރިޔާތުގައި ރަށު ތެރެއަށް ވަދެ އެރަށުގެ އެންމެހާ ފިރިހެނުންނަށް ޙަމަލާދީ ގަތުލުކޮށްފިއެވެ.


އެއަށް ފަހު ޔަޢުޤޫބުގެފާނު ޝިމްޢޫން އާއި ލާވީއަށް މިފަދައިން ވިދާޅުވިއެވެ. ”⁠ތިޔަ ދެބެއިން ކުރި އަމަލުތަކުގެ ސަބަބުން އަހަރެން މުސީބާތުގެ ތެރެއަށް ވެއްޓިއްޖެ! މިރަށުގައި ދިރިއުޅެމުން ގެންދާ މީހުން ކަމުގައިވާ ކަންޢާނުންނާއި ފިރިއްޒީނުގެ ދަރިކޮޅުގެ އަހުލުވެރިން އަހަރެންދެކެ ނަފްރަތުކުރާނެ. އަހަރެމެންގެ މީސްތަކުންގެ އަދަދު އެމީހުންނަށް ވުރެން މާމަދު. އެދެބައިމީހުން ގުޅިގެން އައިސް އަހަރެމެންނަށް ޙަމަލާދީ އަހަރެންގެ އާއިލާގެ ހުރިހާ އެންމެން ނެތިކޮށްލާފާނެ.⁠“


ލައިއަތު އާއި ޔަޢުޤޫބުގެފާނަށް ހަ ފިރިހެން ދަރިން ލިބިފައިވިއެވެ. އެ ދަރިންގެ ތެރެއިން އެންމެ ދޮށީ ރައޫބައިންއެވެ. އެއަށް ފަހު ޝިމްޢޫން، ލާވީ، ޔަހޫޛާ، ޔައްސާކަރު އަދި ޒަބޫލޫން އެވެ. އަދި ލައިއަތުގެ ޖާރިޔާ ޒިލްފާ ކިބައިން ޔަޢުޤޫބުގެފާނަށް ދެ ފިރިހެން ދަރިން ލިބިފައިވިއެވެ. އެއީ ޖާދު އާއި އަޝީރު އެވެ. ރާޙީލްއާއި ޔަޢުޤޫބުގެފާނަށް ދެ ފިރިހެން ދަރިން ލިބިފައި ވެއެވެ. އެއީ ޔޫސުފުގެފާނާއި ބަންޔާމީންއެވެ. އަދި ރާޙީލްގެ ޖާރިޔާ ބިލްހާގެ ކިބައިން ޔަޢުޤޫބުގެފާނަށް ދެ ފިރިހެން ދަރިން ލިބިފައިވިއެވެ. އެއީ ދާނު އާއި ނަފްތާލީ އެވެ. މި ހުރިހާ ދަރިންމެ އުފަންވީ މެސޮޕޮޓޭމިއާގައެވެ.


އެ ހިނދު ޔޫސުފުގެފާނު އެތަނުން ދުރަށް ވަޑައިގެން ކީރިތިކުރައްވަން ފެއްޓެވިއެވެ. އޭގެ ފަހުން އެކަލޭގެފާނު އެބައިމީހުންގެ ކައިރިއަށް އެނބުރި ވަޑައިގެންނެވުމަށް ފަހު އިތުރަށް ވާހަކަފުޅު ދެއްކެވިއެވެ. އަދި ޖަލުގައި ހައްޔަރު ކުރާނޭ މީހަކަށް އެކަލޭގެފާނު ޝިމްޢޫން ޚިޔާރު ކުރެއްވިއެވެ. ހަމަ އެ ހިނދު އެމީހުންގެ ކުރިމަތީގައި ޝިމްޢޫން ބަނދެލައިފިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ