Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 29:32 - ކިތާބުލް މުޤައްދަސާ

32 އެއަށް ފަހު ލައިއަތު ބަލިވެ އިނދެ ފިރިހެން ދަރިއަކު ވިހެއެވެ. އަދި އެ ދަރިފުޅަށް ރައޫބައިން އޭ ކިޔައި ނަން ދިނެވެ. މިނަމުގެ ސަބަބެއްކަމުގައި އެކަނބުލޭގެއަށް މިފަދައިން ބުނެވުނެވެ. ”⁠މާތްރަސްކަލާނގެ އަހަރެންގެ އެންމެހާ މުސީބާތްތައް ބައްލަވާ ވޮޑިގަންނަވާ އެންމެހާ ހިތާމަތައް ފިއްލަވައި ދެއްވައިފި. ދެން އަހަރެންގެ ފިރިމީހާ އަހަރެން ދެކެ ލޯބިވެދާނެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 29:32
24 ပူးပေါင်းရင်းမြစ်များ  

ތިބާ މިހާރު ތިޔަ އިނީ ފިރިހެން ދަރިއަކަށް ބަލިވެ، އެ ދަރިފުޅުގެ ނަމަކަށް އިސްމާޢީލް އޭ ކިޔައި ނަންދީ. އެހެނީ މާތްރަސްކަލާނގެ ތިބާގެ ހިތްދަތިވެގެން ރުއި ރުއިމުގެ އަޑު އައްސަވައިފި. ތިބާއަށް ތިޔަ ލިބޭ ފިރިހެން ދަރިއަކީ ވަރުގަދަ ހިމާރެއް ފަދަ ކުއްޖެއް. އަދި އޭނާ އެންމެންނާއި ދެކޮޅުވެރިވާނެ. ހަމައެހެންމެ، އެމީހުން ވެސް އޭނާއާ ދެކޮޅުވެރިވާނެ. އޭނާގެ ދިރިއުޅުން ބިނާވާނީ އޭނާގެ އާއިލާއާއި ވަކިން.⁠“


ޔަޢުޤޫބުގެފާނު ލައިއަތު ދެކެ ލޯބި ނުވާކަން މާތްރަސްކަލާނގެ ދެނެވޮޑިގެންވިއެވެ. އެހެންކަމަށް ވުމާއެކު މާތްރަސްކަލާނގެ ލައިއަތުއަށް ދަރިން ލިބިދެއްވުމަށް އިރާދަކުރެއްވި އެވެ. އެ ހިނދު ރާޙީލް ވަނީ ދަރިމައިވުމުން މަޙުރޫމް ވެފައެވެ.


ނަމަވެސް އަހަރެންގެ ކާފަ އިބްރާހީމްގެފާނާއި އަހަރެންގެ ބައްޕަ އިސްޙާޤުގެފާނު ބިރުފުޅުގަންނަ ކަލާނގެ މާތްކަލާނގެ އަހަންނާއެކުގައި ނުވާނަމަ ތިބާ އަހަރެން ފޮނުވާލާނީ ހުސްއަތާ. ނަމަވެސް މާތްކަލާނގެ އަހަރެން ކުރި ބުރަ މަސައްކަތާއި ތިބާގެ އަނިޔާވެރިކަން ބައްލަވާވޮޑިގެންނެވި. ތިބާއަށް ރޭ ފެނުނު ހުވަފެނުގައި އެކަލާނގެ ތިބާގެ ނުބައިކަން އަންގަވައިދެއްވީ އެހެންވެ.⁠“


މިތަނުގައި އިސްރާއީލުގެފާނު ފޭލިގެ ޖައްސަވައި ދިރިއުޅުއްވަމުން ގެންދެވި ދުވަސްތަކުގައި އެކަލޭގެފާނުގެ އެންމެ ދޮށީ ފިރިހެން ދަރިފުޅު ރައޫބައިން އެކަލޭގެފާނުގެ ޖާރިޔާއެއް ކަމުގައިވާ ބިލްހާ އާއިއެކުގައި ޖިންސީގުޅުން ހިންގި ޚަބަރު ޔަޢުޤޫބުގެފާނަށް ލިބިވަޑައިގަތެވެ. ޔަޢުޤޫބުގެފާނަށް ލިބިވަޑައިގެންނެވީ ބާރަ ފިރިހެން ދަރިންނެވެ.


ލައިއަތު އާއި ޔަޢުޤޫބުގެފާނަށް ހަ ފިރިހެން ދަރިން ލިބިފައިވިއެވެ. އެ ދަރިންގެ ތެރެއިން އެންމެ ދޮށީ ރައޫބައިންއެވެ. އެއަށް ފަހު ޝިމްޢޫން، ލާވީ، ޔަހޫޛާ، ޔައްސާކަރު އަދި ޒަބޫލޫން އެވެ. އަދި ލައިއަތުގެ ޖާރިޔާ ޒިލްފާ ކިބައިން ޔަޢުޤޫބުގެފާނަށް ދެ ފިރިހެން ދަރިން ލިބިފައިވިއެވެ. އެއީ ޖާދު އާއި އަޝީރު އެވެ. ރާޙީލްއާއި ޔަޢުޤޫބުގެފާނަށް ދެ ފިރިހެން ދަރިން ލިބިފައި ވެއެވެ. އެއީ ޔޫސުފުގެފާނާއި ބަންޔާމީންއެވެ. އަދި ރާޙީލްގެ ޖާރިޔާ ބިލްހާގެ ކިބައިން ޔަޢުޤޫބުގެފާނަށް ދެ ފިރިހެން ދަރިން ލިބިފައިވިއެވެ. އެއީ ދާނު އާއި ނަފްތާލީ އެވެ. މި ހުރިހާ ދަރިންމެ އުފަންވީ މެސޮޕޮޓޭމިއާގައެވެ.


ކުޑަހިނދުކޮޅެއް ފަހުން ރައޫބައިން ވަޅުގެ ކައިރިއަށް އައެވެ. އަދި ޔޫސުފުގެފާނު އެވަޅުގެ އެތެރޭގައި ނެތްކަން އެނގުމުން އެކަމާއި އޭނާ ދެރަވާކަން ދެއްކުމުގެ ގޮތުން އޭނާ ލައިގެންހުރި ހެދުން އިރާލިއެވެ.


ރައޫބައިން އޭނާގެ އަޚުންނަށް މިފަދައިން ބުންޏެވެ. ”⁠އަހަރެން ތިޔަ އެންމެންގެ ކައިރީގައި އޭނާއަށް އެފަދައިން އަމަލު ނުކުރުމަށް ނޭދެމުތަ؟ ނަމަވެސް ތިޔަ އެންމެން އަހަރެންގެ އަޑެއް ނޭހި. އަދި މިއަދު އަހަރެމެން އޭނާ މަރާލުމުން އެކަމުގެ އަގު އަދާ ކުރަންޖެހޭނެ.⁠“


އެބައިމީހުން ދަތުރުކޮށް ދިޔަ މަގުމަތީގައި އިރުއޮއްސުމާއެކު އެބައިމީހުން މަޑުކުރިއެވެ. އެ ހިނދު އޭގެތެރެއިން އެކަކު އޭނާގެ ހިމާރަށް ކާންދިނުމަށްޓަކައި އޭނާގެ ގޯނި މޮހާލިއިރު އޭނާ ގޮވާން ގަތުމަށް ދިން ފައިސާތައް އެ ގޯނީގެ ތެރޭގައިވާ ގޮވާންތަކުގެ މަތީގައި ހުރިތަން އޭނާއަށް ފެނުނެވެ.


ޝިމްޢީ އަހަންނާ ދިމާލަށް އެކީ އެއްޗެހީގެ ބަދަލުގައި މާތްރަސްކަލާނގެ އެއަށް ވުރެ ރަނގަޅު ގޮތްތައް މެދުވެރި ކުރައްވާފާނެ ކަން ވެސް ނޭނގެއެއްނު.⁠“


މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠މިޞްރުގައި ތިބި އަހަރެންގެ މީސްތަކުންނަށް ލިބެމުން ދާ އަނިޔާތައް އަހަރެންނަށް ރީއްޗަށް އެބަ ފެނޭ. އެމީހުންގެ ސާހިބުންގެ އަޅުވެތިކަމުން މިންޖު ކޮށް ދިނުން އެދި އެމީހުން ރޯ ރުއިމުގެ އަޑު އަހަރެންނަށް އެބަ އަޑުއިވޭ. އެމީހުން އުޅޭހާލު އަހަރެންނަށް އެބަފެނޭ.


ދެން ބަނީއިސްރާއީލުގެ މީހުންނަށް މޫސާގެފާނާއި ހާރޫނުގެފާނު އެމީހުންގެ ގާތަށް ފޮނުއްވީ މާތްރަސްކަލާނގެ ކަން ޔަޤީންވެއްޖެއެވެ. އަދި އެމީހުންގެ ހިތްދަތި ހާލު މާތްރަސްކަލާނގެ ބައްލަވާ ވޮޑިގަންނަވައި އެކަމާމެދު އަޅާލައްވައިފި ކަން އެނގުމުން އެމީހުން ސަޖިދައަށް ތިރިވެ އެކަލާނގެއަށް އަޅުކަން ކޮށްފިއެވެ.


އެލިޒަބަތު ބުންޏެވެ. ”⁠އަހަރެންނަށް މިފަދައިން ހިންމަވައި ދެއްވެވީ މަތިވެރި މާތްރަސްކަލާނގެ. މާތްރަސްކަލާނގެ އެކަލާނގެ ރަޙުމަތްފުޅުން އަހަރެންނަށް ރަޙުމަތްލެއްވި. އަދި މިއަދު މީސްތަކުންގެ މަލާމާތުން އަހަރެން ސަލާމަތް ކުރައްވައިފި.⁠“


”⁠ކުޅަދުންވަންތަ މާތްރަސްކަލާނކޯ! މިއަޅާގެ ހިތާމަތަކަށް ބައްލަވާ ވޮޑިގަންނަވައި، މިއަޅާގެ މަތިން ހަނދުމަފުޅު ނައްތަވާ ނުލައްވައި، މިއަޅާއަށް ފިރިހެން ދަރިފުޅަކު ދެއްވާފާނދޭ! އޭރުން މިއަޅާ އެ ދަރިފުޅު އިނބަ ރަސްކަލާނގެއަށް ޚިދުމަތް ކުރުމަށްޓަކައި މުޅި އުމުރަށް ވެދުން ކުރާހުށީން! އަދި އޭނާގެ ބޮލުގެ އިސްތައްޓަކު ކުރަފަތް ވެސް ޖައްސައި ނުލާ ހުށީން!⁠“


އޭގެ ފަހުން ޙައްނާ ބަލިވެއިނދެ ދުވަސް ފުރާ ފިރިހެން ދަރިޔަކު ވިހައިފިއެވެ. އެކުއްޖާއަށް އޭނާ ޞަމޫއީލް އޭ ކިޔައި ނަން ދިނެވެ. ”⁠އަޅުގަނޑު މާތްރަސްކަލާނގެ ކިބަފުޅުން އެދުނު ކަންތައް ހިންމަވައި ދެއްވި.⁠“ އޭނާ އެނަން ކީ މިހެން ބުނަމުންނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ