Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 29:3 - ކިތާބުލް މުޤައްދަސާ

3 ހުރިހާ ކަންބަޅިތައް އެތަނަށް ޖަމާވުމުން ވަޅުގެ އަނގަ މަތީގައިވާ ހިލަ ބަކަރިގޮވިން އެއްފަރާތްކޮށް ކަންބަޅިތަކަށް ފެންދެއެވެ. އަދި ހުރިހާ ކަންބަޅިތަކަށް ފެންދިނުމަށް ފަހު އިހުނެކޭ އެއްގޮތަށް ވަޅުގެ އަނގަމަތީގައި އެމީހުން އެހިލަ ބާއްވައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 29:3
6 ပူးပေါင်းရင်းမြစ်များ  

އެތަނުގައި ވީ ބަކަރިގޮވިން އެބައިމީހުންގެ ކަންބަޅިތަކަށް ފެންދިނުމަށް އެ މައިދާނުގައި ހުރި ވަޅެއްގެ ކައިރިއަށް ގެންދަމުން ދިޔަތަން އެކަލޭގެފާނަށް ފެނިވަޑައިގަތެވެ. އޭރު ތިން ކަންބަޅި އައިނު އެ ވަޅުގެ ވަށައިގެން ތިއްބެވެ. ނަމަވެސް އެވަޅުގެ އަނގަމަތިވަނީ ވަރަށް ބޮޑު ހިލައަކުން ފޮރުވާފައެވެ.


ޔަޢުޤޫބުގެފާނު އެ ބަކަރިގޮވިންގެ ގާތަށް ވަޑައިގެންނެވުމަށް ފަހު އެމީހުންނަށް ވިދާޅުވިއެވެ. ”⁠ތިޔަބައިމީހުންނީ ކޮންތަނަކުން އައި ބައެއް؟⁠“ އެމީހުން މިފަދައިން ޖަވާބުދިނެވެ. ”⁠އަހަރެމެންނަކީ ޙާރާންގެ ބަޔަކީމު.⁠“


ނަމަވެސް އެބައިމީހުން ބުންޏެވެ. ”⁠ދެންތިބި ބަކަރިގޮވިން އެބައިމީހުންގެ ކަންބަޅިތައް ގެނެސް ޖަމާކުރަންދެން އަހަރެމެން މަޑުކުރަންޖެހޭ. އެއީ ވަޅުމަތީގައިވާ ހިލަ ފުރޮޅާލެވުމުގެ ކުޅަދާނަކަމެއް ލިބެނީ އަހަރެމެން އެންމެން އެއްތަން ވުމުން. އޭގެ ފަހުން އަހަރެމެންގެ ޖަނަވާރުތަކަށް ފެންދެވޭނީ.⁠“


އެކަމަކު އެހެން ހުއިހައްޕާ ބަޔަކު އައިސް އެކުދިން ފައްސާލައިފިއެވެ. މިތަން ފެނިވަޑައިގެން މޫސާގެފާނު އެ ހުއިހައްޕާ މީހުންގެ ކިބައިން އެކުދިން ސަލާމަތް ކުރައްވައިފިއެވެ. އަދި އެކަލޭގެފާނު އެކުދިންގެ ކަންބަޅިބަކަރިތަކަށް ފެން ވެސް ދެއްވައިފިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ