ފެށުން 29:25 - ކިތާބުލް މުޤައްދަސާ25 އަނެއްދުވަހުގެ ހެނދުނު ޔަޢުޤޫބުގެފާނަށް ހޭފުޅުލެއްވުނު ހިނދު އެކަލޭގެފާނުގެ އަރިހުގައި ލައިއަތު އޮންނެވިތަން ފެނިވަޑައިގަންނަވާ އެކަލޭގެފާނަށް އެއްދާން ކުރެއްވުނީ ލައިއަތު އާ އެކުގައިކަން އެނގިވަޑައިގެންނެވިއެވެ. އެ ހިނދު ޔަޢުޤޫބުގެފާނު ކޯފާވެ ލަބާންގެ ގާތަށް ވަޑައިގެން މިފަދައިން ވިދާޅުވިއެވެ. ”މިއީ ކޮންފަދަ މަކަރުވެރި ކަމެއް؟ ރާޙީލްގެ ކައިވެންޏަށްޓަކައި ހަތް އަހަރު ދުވަހު ތިބާއަށް އަހަރެން މަސައްކަތް ކޮށްދިނީމު. މިފަދަ ހިންތާއެއް ހެދުމުގެ ބޭނުމަކީ ކޮބާ؟“ အခန်းကိုကြည့်ပါ။ |
ދެން އަބީމާލިކުގެ ގާތަށް އިބްރާހީމްގެފާނު ގެންނަވައި ވިދާޅުވިއެވެ. ”ކަލޭގެފާނު ތިޔަ ކުރެއްވީ ކޮންފަދަ ކަމެއް؟! އަހަރެންގެ ރަސްކަމާއި އަދި މި ޤައުމުގެ މައްޗަށް މިފަދަ ބޮޑު މުސީބާތެއް ޖެހުމަށް ކަލޭގެފާނު ބޭނުންފުޅުވީ އަހަރެން ކަލޭގެފާނާމެދު ކޮންކަމެއް ކޮށްގެންކަން ބުނެދެއްވަ ބައްލަވާ؟ މިއީ އިންސާނުން ކުރާ ކަހަލަ ކަންތައްތޯ؟
އަނެއްކާވެސް އީސާގެފާނު ސުވާލު ކުރެއްވިއެވެ. ”ޔޫޙަންނާގެ ދަރި ޝަމްއޫނު! ކަލޭ އަހަރެން ދެކެ ލޯބިވަންތަ؟!“ ޕަތަރަސްގެ ހިތަށް ވަރަށް އަސަރު ކުރިއެވެ. އެއީ އީސާގެފާނު ތިން ފަހަރަށް އޭނާ ކުރެން މިހެން އެއްސެވީތީއެވެ. ”އާދެ، ސާހިބާ! ސާހިބާއަށް ހުރިހާ ކަމެއް ވެސް އެނގި ވަޑައިގަންނަވާނެ. އަޅުގަނޑު ސާހިބާ ދެކެ ލޯބިވާކަން ސާހިބާއަށް އެނގި ވަޑައިގަންނަވާނެ.“ ދެން އީސާގެފާނު ވިދާޅުވިއެވެ. ”އެހެން ވިއްޔާ އަހަރެންގެ ކަންބަޅި ބަކަރިތައް ގެންގުޅެ ބަލަހައްޓާ!“
އަވަށުގެ ބޮޑުންނާއި އަދި ވެސް އެތާނގައި ވީ ހުރިހާ އެންމެން ބޫޢަޒުއަށް ބުންޏެވެ. ”އަހަރެމެން ތިޔަ ކަންތައްތަކަށް ހެކި ވެއްޖައީމު. މާތްރަސްކަލާނގެ ކަލޭގެ އަންހެނުންނަށް އެކަލާނގެ ޔަޢުޤޫބުގެފާނުގެ ދެއަނބިކަބަލުން ލައިއަތު އާއި ރާޙީލް އަށް ދެއްވި ފަދަ ދަރިން ދެއްވާށި. އެ ދަރިން ވަނީ އިސްރާއީލުގެ ޤައުމު ބިނާކޮށްފައި. އަދި ކަލެއަކީ އަފްރާތާ ގަބީލާގައި މުއްސަންޖަކު ކަމުގައި ލައްވައި ބައިތުލަޙަމުގައި ބޮޑަކު ކަމުގައި ލައްވާފާނދޭވެ!