Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 29:24 - ކިތާބުލް މުޤައްދަސާ

24 ލަބާންގެ އަޅު އަންހެން ނޯކަރުންގެ ތެރެއިން ޒިލްފަތު ލައިއަތުގެ ޚިދުމަތަށްޓަކައި ލަބާން ވަނީ ދީފައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 29:24
7 ပူးပေါင်းရင်းမြစ်များ  

އަބްރާމްގެ އަނބި ސާރާއީއަށް ދަރިއަކު ލިބުން ވަނީ ނުކުޅެދިފައެވެ. އޭރު ސާރާއީގެ އަޅު އަންހެނުންގެ ތެރޭގައި ހާޖަރުއޭ ކިޔުނު މިޞްރުގެ އަޅުއަންހެނަކު ވިއެވެ. ސާރާއީ އަބްރާމްއަށް ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެ އަހަރެންނަށް ދަރިއަކު ނުދެއްވި. ވީއިރު އަހަރެންގެ އަޅު އަންހެން ކުއްޖާ އާއިއެކު ރޭކުރައްވާ. އޭރުން އޭނާގެ ފުށުން އަހަންނަށް ދަރިއަކު ލިބިދާނެ.⁠“ އަބްރާމް އާއި ސާރާއީ މިކަމަށް އެއްބަސްވެ ވަޑައިގަތެވެ.


އެހެންވެ ރިފްޤާ އާއި އޭނާގެ ބާނދީއާއި އިބްރާހީމްގެފާނުގެ ޚާދިމުކަލޭގެއާއި އަދި އެކަލޭގެ އާއި އެކުގައި ވީ މީސްތަކުންނާ އެކުގައި ދިއުމުގެ ހުއްދަ އެބައިމީހުން ދިނެވެ.


ނަމަވެސް އެރޭގެ އަނދިރީގެ ތެރޭގައި ރާޙީލްގެ ބަދަލުގައި ޔަޢުޤޫބުގެފާނާއި ކައިވެނި ކުރެއްވުމަށްޓަކައި ލަބާން ގެންދިޔައީ ލައިއަތު އެވެ. އަދި އެކަލޭގެފާނު ލައިއަތު އާއި ކައިވެނި ކުރެއްވުމަށް ފަހު އެރޭ އެކަނބުލޭގެ ކައިރީގައި އެއްދާން ކުރެއްވިއެވެ.


އަނެއްދުވަހުގެ ހެނދުނު ޔަޢުޤޫބުގެފާނަށް ހޭފުޅުލެއްވުނު ހިނދު އެކަލޭގެފާނުގެ އަރިހުގައި ލައިއަތު އޮންނެވިތަން ފެނިވަޑައިގަންނަވާ އެކަލޭގެފާނަށް އެއްދާން ކުރެއްވުނީ ލައިއަތު އާ އެކުގައިކަން އެނގިވަޑައިގެންނެވިއެވެ. އެ ހިނދު ޔަޢުޤޫބުގެފާނު ކޯފާވެ ލަބާންގެ ގާތަށް ވަޑައިގެން މިފަދައިން ވިދާޅުވިއެވެ. ”⁠މިއީ ކޮންފަދަ މަކަރުވެރި ކަމެއް؟ ރާޙީލްގެ ކައިވެންޏަށްޓަކައި ހަތް އަހަރު ދުވަހު ތިބާއަށް އަހަރެން މަސައްކަތް ކޮށްދިނީމު. މިފަދަ ހިންތާއެއް ހެދުމުގެ ބޭނުމަކީ ކޮބާ؟⁠“


މަތީގައި ބަޔާން ކުރެވިފައި އެވަނީ ލަބާން އޭނާގެ އަންހެން ދަރި ލައިއަތުއަށް ދިން އަޅު އަންހެން ކުއްޖާކަމުގައިވާ ޒިލްފާއާއި ޔަޢުޤޫބުގެފާނަށް ލިބިވަޑައިގެންނެވި ދަރިންނެވެ. މިބައިގައި މުޅި އެކުޖުމުލަ ސޯޅަ ދަރިން ލިބިފައިވެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ