22 އެގޮތުން ޔަޢުޤޫބުގެފާނުގެ ކައިވެނީގެ މުނާސަބަތުގައި ވަރަށް ބޮޑު ޖާފަތެއް ތައްޔާރުކޮށް އެންމެހާ އަވަށްޓެރިންނަށް ލަބާން ދަޢުވަތު ދިނެވެ.
ހަތްއަހަރަށް ފަހު ޔަޢުޤޫބުގެފާނު ލަބާންއަށް ވިދާޅުވިއެވެ. ”ތިބާ އެއްބަސްވި ގޮތުގެ މަތިން އަހަރެން ތިބާއަށް މަސައްކަތް ކޮށްދީފީމު. އެގޮތުން އަހަރެން ރާޙީލް އާއި ކައިވެނި ކުރުމަށް އެދޭ ވަގުތު މިވަނީ އައިސްފަ!“
ނަމަވެސް އެރޭގެ އަނދިރީގެ ތެރޭގައި ރާޙީލްގެ ބަދަލުގައި ޔަޢުޤޫބުގެފާނާއި ކައިވެނި ކުރެއްވުމަށްޓަކައި ލަބާން ގެންދިޔައީ ލައިއަތު އެވެ. އަދި އެކަލޭގެފާނު ލައިއަތު އާއި ކައިވެނި ކުރެއްވުމަށް ފަހު އެރޭ އެކަނބުލޭގެ ކައިރީގައި އެއްދާން ކުރެއްވިއެވެ.
އެއަށް ފަހު، އެ މަލާއިކަތާ އަހަރެންނަށް ވިދާޅުވިއެވެ. ”މި ތަކެތި ލިޔޭ: ޅަކަންބަޅީގެ ކައިވެނީގެ ޖާފަތަށް ދަޢުވަތު ލިބިގެންވާ ހުރިހާ އެންމެންނަށް އުފާވެރިކަން ލިބިގެންވޭ.“ އަދި އިތުރަށް ވެސް އެ މަލާއިކަތާ ވިދާޅުވިއެވެ. ”މިއީ މާތްރަސްކަލާނގެ ޙައްޤު ތެދު ބަސްފުޅު.“