Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 29:21 - ކިތާބުލް މުޤައްދަސާ

21 ހަތްއަހަރަށް ފަހު ޔަޢުޤޫބުގެފާނު ލަބާންއަށް ވިދާޅުވިއެވެ. ”⁠ތިބާ އެއްބަސްވި ގޮތުގެ މަތިން އަހަރެން ތިބާއަށް މަސައްކަތް ކޮށްދީފީމު. އެގޮތުން އަހަރެން ރާޙީލް އާއި ކައިވެނި ކުރުމަށް އެދޭ ވަގުތު މިވަނީ އައިސްފަ!⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 29:21
9 ပူးပေါင်းရင်းမြစ်များ  

ޔަޢުޤޫބުގެފާނު ރާޙީލްގެ ޖަޒުބާތުގައި ޖެހި ރާޙީލް ދެކެ ލޯބިވާތީވެ، އެކަލޭގެފާނު ލަބާންއަށް ވިދާޅުވިއެވެ. ”⁠ތިބާގެ ހަގު އަންހެން ދަރިފުޅު، ރާޙީލް އާއި އަހަރެން ކައިވެނި ކުރުމަށް ތިބާ އެއްބަސް ވެއްޖެނަމަ އަހަރެން ހަތް އަހަރު ތިބާއަށް މަސައްކަތް ކޮށްދޭނަން.⁠“


އެގޮތުން ޔަޢުޤޫބުގެފާނު ހަތް އަހަރު ދުވަހު ލަބާންއަށް މަސައްކަތް ކޮށްދެއްވިއެވެ. ރާޙީލްގެ މައްޗަށް އެކަލޭގެފާނުގެ ހިތްޕުޅުގައިވާ ފުން ލޯބީގެ ބޮޑުކަމުން އެ ހުރިހާ ދުވަސްތައް އެކަލޭގެފާނަށް ހީފުޅުވީ މަދު ދުވަސް ކޮޅެއް ކަމުގައެވެ.


އެގޮތުން ޔަޢުޤޫބުގެފާނުގެ ކައިވެނީގެ މުނާސަބަތުގައި ވަރަށް ބޮޑު ޖާފަތެއް ތައްޔާރުކޮށް އެންމެހާ އަވަށްޓެރިންނަށް ލަބާން ދަޢުވަތު ދިނެވެ.


މިފަދަ އަޅުވެތި ގޮތެއްގައި ވިހިއަހަރު ތިބާއަށް ޚިދުމަތް ކޮށްދީފީމު. ތިބާގެ ދެ އަންހެން ދަރިން ޙާސިލުކުރުމުގައި އޭގެތެރެއިން ސާދައަހަރު ހޭދަކޮށް އަދި އޭގެ އިތުރުން ތިބާގެ އަތުން މި ކަންބަޅިބަކަރިތައް ލިބިގަތުމަށްޓަކައި ހަ އަހަރު ދުވަސް ހޭދަކުރީމު. އަދި މި މުއްދަތުގައި ތިބާ އަހަރެންގެ އުޖޫރައަށް ދިހަ ފަހަރު ބަދަލު ގެނައި!


އެހެންވީމާ، ޔަހޫޛާ އެކަނބުލޭގެ ގާތަށް ދިޔައެވެ. އަދި މި ކަނބުލޭގެ އަކީ އޭނާގެ ޅީދަރިފުޅުކަން އެނގިގެންނުވާ ޙާލުގައި އެކަނބުލޭގެ އާއިއެކުގައި ޖިމާޢުވުމަށް އެދި މިފަދައިން ވާހަކަ ދެއްކިއެވެ. ”⁠އަހަރެން ކަނބުލޭގެއާ އެކުގައި ޖިންސީގުޅުން ހިންގުމަށް އެދިގެންވަމު.⁠“ އެކަނބުލޭގެ މިފަދައިން ޖަވާބު ދިނެވެ. ”⁠އަހަރެން ތިބާއާއި އެކުގައި ޖިންސީގުޅުން ހިންގުމުން ތިބާ އަހަރެންނަށް ދޭނީ ކޮންއެއްޗެއް؟⁠“


އާދަމްގެފާނު އެކަލޭގެފާނުގެ އަނބިކަނބަލުން ޙައްވާގެފާނާއި އެކު ރޭކުރެއްވިއެވެ. އެއަށް ފަހު ޙައްވާގެފާނު އާލާސްވެ އިންނަވާ ފިރިހެން ދަރިކަލަކާއިގެން ރައްކާވެ ވަޑައިގެންނެވިއެވެ. އެދަރިކަލުންނަށް ޤާޔީންގެ ނަމުން ނަންދެއްވިއެވެ. ޙައްވާގެފާނު ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެ އޯގާވަންތަކަމުން އަހަންނަށް ފިރިހެންދަރިކަލަކު ދެއްވައިފި.⁠“


އީސާ އަލްމަސީޙު އުފަންވެ ވަޑައިގަތް ހާދިސާ ހިނގީ މިފަދައިންނެވެ. އެކަލޭގެފާނުގެ މައިކަމަނާ މަރިޔަމްގެފާނު އޭރު ވަނީ ޔޫސުފު ކިޔާ މީހަކާއި ކައިވެނި ކުރެއްވުމަށް ޓަކައި ރަންކިޔާފައެވެ. ނަމަވެސް އެމީހުން ކައިވެނި ކުރުމުގެ ކުރިން މަރިޔަމްގެފާނު އާލާސްވެ އިންނެވިއެވެ. އެކަމަނާ އާލާސްވެ އިންނެވީ މާތްރަސްކަލާނގެ މަތިވެރި ރޫޙުފުޅުންނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ