Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 29:20 - ކިތާބުލް މުޤައްދަސާ

20 އެގޮތުން ޔަޢުޤޫބުގެފާނު ހަތް އަހަރު ދުވަހު ލަބާންއަށް މަސައްކަތް ކޮށްދެއްވިއެވެ. ރާޙީލްގެ މައްޗަށް އެކަލޭގެފާނުގެ ހިތްޕުޅުގައިވާ ފުން ލޯބީގެ ބޮޑުކަމުން އެ ހުރިހާ ދުވަސްތައް އެކަލޭގެފާނަށް ހީފުޅުވީ މަދު ދުވަސް ކޮޅެއް ކަމުގައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 29:20
14 ပူးပေါင်းရင်းမြစ်များ  

ދެން އިސްޙާޤުގެފާނު، އެކަލޭގެފާނުގެ މައިކަމަނާ ސާރާ އަވަހާރަވެ ވަޑައިގެންނެވުމަށް ދާންދެން އުޅުއްވި ފޭލިގެކޮޅަށް ރިފްޤާ ގެންދިޔައެވެ. އަދި ރިފްޤާ އާއި ކައިވެނި ބައްލަވައިގަތެވެ. ރިފްޤާ ދެކެ އިސްޙާޤުގެފާނު ނިހާޔަތަށް ލޯބިފުޅުވިއެވެ. އަދި މި ކައިވެނީގެ ސަބަބުން އެކަލޭގެފާނުގެ މައިކަމަނާ ނެތުމުގެ އުނިކަން ފިލައި ހިތްޕުޅު ހަމަޖެހިވަޑައިގަތެވެ.


ލަބާން ރައްދުގައި ބުންޏެވެ. ”⁠ރާޙީލް އެހެންމީހަކާއި ކައިވެނި ކުރުމަށް ވުރެން އެކަނބުލޭގެ ތިބާއާއި ކައިވެނި ކުރުން އަހަރެންނަށް މާއެދެވޭ.⁠“


ކައިވެނީގެ މުނާސަބުގެ ފުރަތަމަ ހަފްތާ ނިމެންދެން މަޑުކުރައްވާ. ތިބާއަށް ރާޙީލް އާއި ކައިވެނި ކުރެއްވޭނެ. ނަމަވެސް ތިބާ އިތުރު ހަތް އަހަރު ދުވަހު އަހަރެންނަށް ޚިދުމަތް ކޮށްދޭން ޖެހޭނެ.⁠“


އެއަށް ފަހު ޔަޢުޤޫބުގެފާނު ރާޙީލް އާއި އެކުގައި އެއްދާން ކުރެއްވިއެވެ. އެކަލޭގެފާނު ލައިއަތުއަށް ވުރެން ބޮޑަށް ރާޙީލްދެކެ ލޯބިފުޅު ވެ ވަޑައިގަތެވެ. އޭގެ ފަހުން އެކަލޭގެފާނު އިތުރު ހަތް އަހަރު ދުވަހު ލަބާންއަށް ޚިދުމަތް ކުރުމުގައި އެމީހުންގެ ގާތު މަޑުކުރެއްވިއެވެ.


އަހަރެންނާއެކު އަހަރެންގެ އަނބިދަރިން ވެސް ގެންދިއުމަށް އެދެމު. އެބައިމީހުން އަހަރެންނަށް ޙައްޤު ވާވަރަށް އަހަރެންގެ މަސައްކަތުންވާނީ އަގު އަދާ ކޮށްދީފައި. އަހަރެންގެ މަގުގައި ކުރިޔަށް ދާން އަހަރެން ބޭނުންވޭ. އަހަރެން ތިބާއަށް ޚިދުމަތް ކޮށްދިނީ ވަރަށް ބުރަކޮށްކަން ވެސް ތިބާ ދަންނާނެ.⁠“


އަހަރެމެންނާއިމެދު ބައްޕަ އަމަލުކުރަނީ ދުރުހިލޭ މީހުންނާއިމެދު އަމަލުކުރާ ފަދައިން. ބައްޕަ، އަހަރެމެން ކަލޭގެފާނަށް ވިއްކާލެއްވި. އަދި އަހަރެމެންނަށް ލިބިދޭންޖެހޭ ކައިވެނީގެ ރަނަށް ލިބުނުހާ ފައިސާ ބައްޕަ ބޭނުންކުރީ ބައްޕަގެ އަމިއްލަ ބޭނުމަށް.


ސަބަބަކީ އޭނާ ޔަޢުޤޫބުގެފާނުގެ އަންހެންދަރިފުޅު ދީނާ ދެކެ އެހާ ލޯބިވާތީއެވެ. ޝަކީމްއަކީ އެ އާއިލާގެ އެންމެ ޤަދަރު ލިބިގެންވާ މީހާއެވެ. އެހެންވެ، ވަގުތު ނަގާނުލައި ޔަޢުޤޫބުގެފާނުގެ ދަރިންގެ ހުށަހެޅުން ފުރިހަމަކުރުމަށް އޭނާ ނިންމިއެވެ.


އަލްމަސީޙަކީ މިސާލެއް ކަމުގައި ބަލައި އަނެކުންނާއި މެދުގައި ލޮބުވެތި ކަމުގައިވެ ޙަޔާތް ވޭތުކުރާށެވެ. އެހެނީ އެކަލޭގެފާނުގެ މުޅި ޙަޔާތްޕުޅު އަހަރެމެންނަށްޓަކައި މާތްރަސްކަލާނގެ ކިބަފުޅަށް ޤުރުބާން ކުރެއްވީ އަހަރެމެންގެ ފާފަތައް ޢަފޫކޮށްދެއްވުމަށްޓަކައިމެ އެވެ. ހަމައެހެންމެ މާތްރަސްކަލާނގެ އުފާކުރެއްވުމަށެވެ. އެކަލޭގެފާނުގެ ޤުރުބާން ވަޑައިގެންނެވުމަކީ އެކަލާނގެއަށް މީރުވަސްދުވާ ހުވަނދެއް ކަމުގައިވުމެވެ.


މިވާހަކަ ދާއޫދުގެ ގާތުގައި އެމީހުން ބުނުމުން އޭނާ ބުންޏެވެ. ”⁠ރަސްގެފާނުގެ ދަރިކަނބަލަކާ ކައިވެނި ކުރެވުމަކީ ވަރަށް ބޮޑު ޝަރަފެއް. އެކަމަކު ތިއީ އަހަރެން ކަހަލަ ފަގީރު ނިކަމެތި މީހަކާ އެކަށީގެންވާ ވަރުގެ ކަމެއް ނޫން.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ