Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 29:18 - ކިތާބުލް މުޤައްދަސާ

18 ޔަޢުޤޫބުގެފާނު ރާޙީލްގެ ޖަޒުބާތުގައި ޖެހި ރާޙީލް ދެކެ ލޯބިވާތީވެ، އެކަލޭގެފާނު ލަބާންއަށް ވިދާޅުވިއެވެ. ”⁠ތިބާގެ ހަގު އަންހެން ދަރިފުޅު، ރާޙީލް އާއި އަހަރެން ކައިވެނި ކުރުމަށް ތިބާ އެއްބަސް ވެއްޖެނަމަ އަހަރެން ހަތް އަހަރު ތިބާއަށް މަސައްކަތް ކޮށްދޭނަން.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 29:18
11 ပူးပေါင်းရင်းမြစ်များ  

ދެން އިސްޙާޤުގެފާނު، އެކަލޭގެފާނުގެ މައިކަމަނާ ސާރާ އަވަހާރަވެ ވަޑައިގެންނެވުމަށް ދާންދެން އުޅުއްވި ފޭލިގެކޮޅަށް ރިފްޤާ ގެންދިޔައެވެ. އަދި ރިފްޤާ އާއި ކައިވެނި ބައްލަވައިގަތެވެ. ރިފްޤާ ދެކެ އިސްޙާޤުގެފާނު ނިހާޔަތަށް ލޯބިފުޅުވިއެވެ. އަދި މި ކައިވެނީގެ ސަބަބުން އެކަލޭގެފާނުގެ މައިކަމަނާ ނެތުމުގެ އުނިކަން ފިލައި ހިތްޕުޅު ހަމަޖެހިވަޑައިގަތެވެ.


ލަބާން ރައްދުގައި ބުންޏެވެ. ”⁠ރާޙީލް އެހެންމީހަކާއި ކައިވެނި ކުރުމަށް ވުރެން އެކަނބުލޭގެ ތިބާއާއި ކައިވެނި ކުރުން އަހަރެންނަށް މާއެދެވޭ.⁠“


އެގޮތުން ޔަޢުޤޫބުގެފާނު ހަތް އަހަރު ދުވަހު ލަބާންއަށް މަސައްކަތް ކޮށްދެއްވިއެވެ. ރާޙީލްގެ މައްޗަށް އެކަލޭގެފާނުގެ ހިތްޕުޅުގައިވާ ފުން ލޯބީގެ ބޮޑުކަމުން އެ ހުރިހާ ދުވަސްތައް އެކަލޭގެފާނަށް ހީފުޅުވީ މަދު ދުވަސް ކޮޅެއް ކަމުގައެވެ.


އެއަށް ފަހު ޔަޢުޤޫބުގެފާނު ރާޙީލް އާއި އެކުގައި އެއްދާން ކުރެއްވިއެވެ. އެކަލޭގެފާނު ލައިއަތުއަށް ވުރެން ބޮޑަށް ރާޙީލްދެކެ ލޯބިފުޅު ވެ ވަޑައިގަތެވެ. އޭގެ ފަހުން އެކަލޭގެފާނު އިތުރު ހަތް އަހަރު ދުވަހު ލަބާންއަށް ޚިދުމަތް ކުރުމުގައި އެމީހުންގެ ގާތު މަޑުކުރެއްވިއެވެ.


އަހަރެންނާއެކު އަހަރެންގެ އަނބިދަރިން ވެސް ގެންދިއުމަށް އެދެމު. އެބައިމީހުން އަހަރެންނަށް ޙައްޤު ވާވަރަށް އަހަރެންގެ މަސައްކަތުންވާނީ އަގު އަދާ ކޮށްދީފައި. އަހަރެންގެ މަގުގައި ކުރިޔަށް ދާން އަހަރެން ބޭނުންވޭ. އަހަރެން ތިބާއަށް ޚިދުމަތް ކޮށްދިނީ ވަރަށް ބުރަކޮށްކަން ވެސް ތިބާ ދަންނާނެ.⁠“


މިފަދަ އަޅުވެތި ގޮތެއްގައި ވިހިއަހަރު ތިބާއަށް ޚިދުމަތް ކޮށްދީފީމު. ތިބާގެ ދެ އަންހެން ދަރިން ޙާސިލުކުރުމުގައި އޭގެތެރެއިން ސާދައަހަރު ހޭދަކޮށް އަދި އޭގެ އިތުރުން ތިބާގެ އަތުން މި ކަންބަޅިބަކަރިތައް ލިބިގަތުމަށްޓަކައި ހަ އަހަރު ދުވަސް ހޭދަކުރީމު. އަދި މި މުއްދަތުގައި ތިބާ އަހަރެންގެ އުޖޫރައަށް ދިހަ ފަހަރު ބަދަލު ގެނައި!


މަޙުރުގެ ފައިސާ އާއި އެނޫން ވެސް ހަދިޔާބަދިޔާއަށް ތިޔަބައިމީހުން މިންވަރެއް ކަނޑައަޅާ. ކޮންމެ މިންވަރަކަށް ތިޔަބައިމީހުން އެދެނު ކަމުގައި ވިޔަސް އެ މިންވަރެއް އަހަރެމެން ތިޔަބައިމީހުންނަށް އަދާ ކުރާނަން. ހަމައެކަނި އަހަރެން ބޭނުން ވަނީ އެކަނބުލޭގެ އަހަރެންގެ އަނތްބަކަށް ހެދުން.⁠“


ދެން ދާއޫދުގެފާނު އިޝްބޫސަތުގެ ގާތަށް ޚަބަރާއިގެން މީހުން ފޮނުވިއެވެ. ”⁠އަހަރެން ސަތޭކަ ފިލިސްޠީނީންގެ ޚިތާނު ކުރި ހަންކޮޅު ދީގެން ގަނެފައިވާ އަހަރެންގެ އަނބިމީހާ މީކާލް އަނބުރާ އަހަންނަށް ދީ!⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ