ފެށުން 29:16 - ކިތާބުލް މުޤައްދަސާ16 ލަބާންއަށް ދެއަންހެން ދަރިން ލިބިފައިވެއެވެ. އެ ދެދަރިންގެ ތެރެއިން ދޮށީ ދަރިފުޅަކީ ލައިއަތުއެވެ. އަދި ހަގު ދަރިފުޅަކީ ރާޙީލްއެވެ. အခန်းကိုကြည့်ပါ။ |
ލައިއަތު އާއި ޔަޢުޤޫބުގެފާނަށް ހަ ފިރިހެން ދަރިން ލިބިފައިވިއެވެ. އެ ދަރިންގެ ތެރެއިން އެންމެ ދޮށީ ރައޫބައިންއެވެ. އެއަށް ފަހު ޝިމްޢޫން، ލާވީ، ޔަހޫޛާ، ޔައްސާކަރު އަދި ޒަބޫލޫން އެވެ. އަދި ލައިއަތުގެ ޖާރިޔާ ޒިލްފާ ކިބައިން ޔަޢުޤޫބުގެފާނަށް ދެ ފިރިހެން ދަރިން ލިބިފައިވިއެވެ. އެއީ ޖާދު އާއި އަޝީރު އެވެ. ރާޙީލްއާއި ޔަޢުޤޫބުގެފާނަށް ދެ ފިރިހެން ދަރިން ލިބިފައި ވެއެވެ. އެއީ ޔޫސުފުގެފާނާއި ބަންޔާމީންއެވެ. އަދި ރާޙީލްގެ ޖާރިޔާ ބިލްހާގެ ކިބައިން ޔަޢުޤޫބުގެފާނަށް ދެ ފިރިހެން ދަރިން ލިބިފައިވިއެވެ. އެއީ ދާނު އާއި ނަފްތާލީ އެވެ. މި ހުރިހާ ދަރިންމެ އުފަންވީ މެސޮޕޮޓޭމިއާގައެވެ.
އަވަށުގެ ބޮޑުންނާއި އަދި ވެސް އެތާނގައި ވީ ހުރިހާ އެންމެން ބޫޢަޒުއަށް ބުންޏެވެ. ”އަހަރެމެން ތިޔަ ކަންތައްތަކަށް ހެކި ވެއްޖައީމު. މާތްރަސްކަލާނގެ ކަލޭގެ އަންހެނުންނަށް އެކަލާނގެ ޔަޢުޤޫބުގެފާނުގެ ދެއަނބިކަބަލުން ލައިއަތު އާއި ރާޙީލް އަށް ދެއްވި ފަދަ ދަރިން ދެއްވާށި. އެ ދަރިން ވަނީ އިސްރާއީލުގެ ޤައުމު ބިނާކޮށްފައި. އަދި ކަލެއަކީ އަފްރާތާ ގަބީލާގައި މުއްސަންޖަކު ކަމުގައި ލައްވައި ބައިތުލަޙަމުގައި ބޮޑަކު ކަމުގައި ލައްވާފާނދޭވެ!