7 ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ މައިންބަފައިންނަށް ކިޔަމަންތެރިކަން އަދާކުރައްވައި މެސޮޕޮޓޭމިއާއަށް ވަޑައިގެންނެވިކަން ވެސް ޢީސޫއަށް އެނގިއްޖެއެވެ.
އިސްޙާޤުގެފާނުގެ އުމުރުފުޅުން ސާޅީސް އަހަރުގައި ބަތޫއެލްގެ އަންހެންދަރި ރިފްޤާ އާ ކައިވެނި ކުރެއްވިއެވެ. (މި ބަތޫއީލް އަކީ މެސޮޕޮޓޭމިއާގެ އަރާމީންގެ މީހެކެވެ.) އަދި ރިފްޤާ އަކީ ލަބާންގެ އަންހެން ކޮއްކޮވެސް މެއެވެ.
އެހެންވީމާ، މަގޭ ދަރިފުޅާ، މަންމަ މި އެދޭ ފަދައިން ކަންތައް ކުރޭ. މަންމަގެ ބޭބެ ލަބާން ޙާރާން ސަހަރުގައި ދިރިއުޅެމުން ދާނެ. އެ ސަހަރަށް ދޭ.
އިސްޙާޤުގެފާނު ޔަޢުޤޫބުގެފާނަށް ހެޔޮދުޢާ ކުރައްވައި މެސޮޕޮޓޭމިއާއަށް އަނތްބަކު ހޯދުމަށް ފޮނުއްވިކަން ޢީސޫއަށް އެނގުނެވެ. އަދި ކަންޢާނުގެ އަންހެނަކާއި ކައިވެނިބައްލަވައި ނުގަތުމަށް އިސްޙާޤުގެފާނު ޔަޢުޤޫބުގެފާނަށް އަމުރު ކުރެއްވިކަން ވެސް ޢީސޫ ދެނެގަތެވެ.
ޢީސޫއަށް އެކަލޭގެފާނުގެ ބަފައިކަލުން އިސްޙާޤުގެފާނު އެކަލޭގެފާނުގެ ދަރިން ކަންޢާނުގެ އަންހެނުންނާއި ކައިވެނި ކުރުމަށް އެދިވަޑައި ނުގަންނަވާކަން ފާހަގަ ކުރެވުނެވެ.
ކަލޭމެންގެ ބައްޕައާއި މަންމައަށް އިޙްތިރާމު ކުރޭ. އޭރުން ކަލޭމެންނަށް އަހަރެން މިދޭ ބިމުގައި ފުރިހަމަ ދިގު އުމުރެއްގައި އުޅެވޭނެ.
ދަރިފުޅާއެވެ! ބަފާ ބުނާ ބަސް އަހާށެވެ. އަމާ ދައްކާމަގުން ހިނގާށެވެ.
ބަފާއަށް މަލާމާތް ކޮށް އަމާގެ ބަސްނާހާ މީހާ މިނިކާމާދޫނިތައް އައިސް ކާލާނެއެވެ. ގޮނޑުދޮށުގައި އުޅޭ ކާޅުތައް އައިސް މަލާމާތްކުރާ ލޯތަކަށް ކޮއްޖަހާނެއެވެ.
ކުދިންނޭވެ. މާތްސާހިބާ އެދިވޮޑިގަންނަވާ ފަދައިން ދަރިން މައިންބަފައިންނަށް ކިޔަމަންތެރިވާށެވެ. ކަލޭމެން ކަންތައް ކުރަންވާ ރަނގަޅު ގޮތަކީ މިއީއެވެ.
އަދި އޭރުން ތިޔަބައިމީހުން އުފާ ފާގަތި ކަމާއެކު ދިގުޢުމުރެއްގައިވާނޭ.“ މި އަމުރުފުޅެވެ.
ދަރިންނޭވެ! އަބަދުވެސް މައިންބަފައިންގެ ކިޔަމަނުގައި ވާށެވެ. މާތްސާހިބާ އެދިވަޑައިގަންނަވާ ގޮތަކީ އެއީއެވެ.