އިބްރާހީމްގެފާނުގެ ޚާދިމާއި އޭނާއާ އެކުގައި ވީ މީސްތަކުން ކައިބޮއި ހެދުމަށް ފަހު އެރޭ އެގޭގައި ހޭދަކުރިއެވެ. އޭގެ އަނެއްދުވަހުގެ ހެނދުނު އެބައިމީހުންނަށް ނިދިން ހޭލެވުމާއިއެކު ރިފްޤާގެ މަންމައަށާއި ބޭބެއަށް ޚާދިމުކަލޭގެ ބުންޏެވެ. ”މިހާރު އަހަރެން އެނބުރި އަހަރެންގެ ސާހިބާގެ އަރިހަށް ދިއުމަށް އެދެން.“