Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 28:4 - ކިތާބުލް މުޤައްދަސާ

4 އެކަލާނގެ އިބްރާހީމްގެފާނަށް ބަރަކާތް ލެއްވި ފަދައިން ދަރިފުޅާ އަދި ދަރިފުޅުގެ ދަރިފަސްކޮޅަށް ވެސް ރަޙުމަތް ލައްވާނެ. އަދި މި ބިމުގެ މިލްކުވެރިކަން ދަރިފުޅަށް ދެއްވާނެ. އެއީ މިއަދު ދަރިފުޅު ދިރިއުޅެމުން ތިޔަ ގެންދާ މި ބިމަކީ މާތްކަލާނގެ އިބްރާހީމްގެފާނަށް ދެއްވި ބިމެއް!⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 28:4
20 ပူးပေါင်းရင်းမြစ်များ  

ނަމަވެސް މާތްރަސްކަލާނގެ އަބްރާމުގެ ކުރިފުޅު މައްޗަށް ފާޅުވެވޮޑިގަންނަވައި ވަޙީކުރެއްވިއެވެ. ”⁠ތިބާގެ ދަރިކޮޅުގެ މީހުންނަށް ތިމަންކަލާނގެ މި ސަރަހައްދު ދެއްވާނަން.⁠“ ދެން އަބްރާމް މާތްރަސްކަލާނގެއަށް އަޅުކަމެއްގެ ގޮތުގައި ޤުރުބާންތައް ކުރެއްވުމަށްޓަކައި އެތާނގައި ހިލައިން އައްޓެއް ހެއްދެވިއެވެ. އަދި އެކަލާނގެ އަބްރާމަށް ފާޅުވެވޮޑިގެންނެވީތީ އެކަލާނގެ ކިބަފުޅަށް ޙަމްދާއި ޝުކުރު ދެންނެވިއެވެ.


އެ ހިނދު އިސްޙާޤުގެފާނު ތުރުތުރުއަޅާ ޙާލުކޮޅުގައި ވިދާޅުވިއެވެ. ”⁠އެހެން ކަމަށް ވާނަމަ ދަރިފުޅު އައުމުގެ ކުރިން ޝިކާރަ ކުރެވުނު ޖަނަވާރުގެ މަހުން ތައްޔާރުކޮށްފައިވާ ކެއުމެއް މިތަނަށް އެ ގެނައީ ކާކު؟ ދަރިފުޅު މިތަނަށް އައުމުގެ ކުރިން އަހަރެން އެ ކާނާ ކައިފިން. އަދި އެ މީހަކަށް ބަރަކާތް ލެއްވުމަށް އެދި ދުޢާކޮށްފީމު. ހަމަކަށަވަރުން އެމީހަކަށް ބަރަކާތް ލެވިގެންވާނެ.⁠“


ޔަޢުޤޫބުގެފާނު ކަންޢާނުގައި ވަޒަންވެރިވެ ވަޑައިގެންނެވުމަށް ފަހު އެކަލޭގެފާނުގެ ދިރިއުޅުއްވުން އެރަށުގައި ކުރިއަށް ގެންދެވިއެވެ. އަދި ކަންޢާނުއަކީ އެކަލޭގެފާނުގެ ބައްޕާފުޅު ބީރައްޓެއްސެއްގެ ގޮތުގައި ކުރިން ދިރިއުޅުއްވި ރަށް ވެސްމެއެވެ.


އެމީހުންނަށް ކަންޢާނުގެ ބިން ދިނުމަށް އަހަރެން ޢަހުދުކަށަވަރު ކުރިން. އެއީ އެމީހުން ބީރައްޓެހިންގެ ގޮތުގައި ކުރީގައި އުޅުނު ބިން.


މާތްރަސްކަލާނގެ އިބްރާހީމްގެފާނަށް ވަޢުދުކުރެއްވި ރަޙުމަތްފުޅު ބަނީއިސްރާއީލު މީހުން ނޫން މީހުންނަށް ވެސް ލިބޭނެ މަގު އީސާގެފާނު އެކުރެއްވި ކަންތަކުގެ ސަބަބުން ފަހިވެއްޖެއެވެ. އަދި އީސާގެފާނަށް އީމާންވުމުން އެންމެންނަށް ދެއްވުމަށް މާތްރަސްކަލާނގެ ވަޢުދުފުޅުކުރެއްވި އެކަލާނގެ މާތްރޫޙުފުޅު ވެސް އަހަރެމެންނަށް ލިބޭނެއެވެ.


އަދި ކޮބައި ހެއްޔެވެ؟ މާތްރަސްކަލާނގެ ބަސްފުޅުގައި ވެސް ލިޔެވިގެން ވަނީ ބަނީއިސްރާއީލު މީހުން ނޫން މީހުން އެކަލާނގެ ކިބަފުޅަށް އީމާންވުމުގެ ސަބަބުން އެކަލާނގެ ޙަޟްރަތުގައި ޞާލިޙުން ކަމުގައި ލައްވާނެއެވެ. މިކަން ހާމަކޮށް މާތްރަސްކަލާނގެ އިބްރާހީމްގެފާނަށް މިފަދައިން އެންގެވި ކަމުގައި ލިޔެވިގެންވެއެވެ. ”⁠ކަލޭގެފާނު މެދުވެރިކޮށް ތިމަންކަލާނގެ ދުނިޔޭގެ އެންމެހާ މީސްތަކުންގެ މައްޗަށް ރަޙުމަތް ލައްވާހުށީމެވެ.⁠“


އެންމެހާ ހަމްދާ ޘަނާއެއް ޙައްޤުވެގެން ވަނީ މާތްސާހިބާ އީސާއަލްމަސީޙުގެ ބައްޕާފުޅު މާތްރަސްކަލާނގެއަށެވެ. އެއީ އަހަރެމެން އަލްމަސީޙާއި އެކުގައި ވީ އެއްބައިވަންތަކަމުން އެކަލާނގެ އަހަރެމެންނަށް އުޑުތަކުގެ ހުރިހާ ރޫހާނީ ރަޙުމަތެއްލެއްވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ