ފެށުން 28:3 - ކިތާބުލް މުޤައްދަސާ3 ކުޅަދުންވަންތަ ކަލާނގެ ދަރިފުޅުގެ ކައިވެންޏަށް ރަޙުމަތްލައްވައި ގިނަގުނަ ދަރިން ދެއްވާހުށި. އެގޮތުން ދަރިފުޅު ގިނަ ޤައުމުތަކެއްގެ ބަފައިކަލުން ކަމުގައިވާނެ! အခန်းကိုကြည့်ပါ။ |
އިސްމާޢީލްއާ މެދު ތިބާ ބުނިބަސްތައް ތިމަންކަލާނގެ އަޑު އެއްސެވީމު. ތިމަންކަލާނގެ ރަޙުމަތް އޭނާއާ އެކުގައި ވާނެ. އަދި ގިނަ ދަރިންތަކެއް އޭނާއަށް ދެއްވައި ގިނަ ދަރިފަސްކޮޅެއް ދެއްވާނަން. ބާރަ ރަސްދަރިކަލުންގެ ބަފައެއް ކަމުގައި އޭނާ ލައްވާނަން. އަދި އޭނާގެ ދަރިފަސްކޮޅުން ފުރިހަމަ ވެގެންވާ ޤައުމެއް ގާއިމުވާނެ.
އެ ރަށަށް އެކަލޭގެފާނު ވަޑައިގެންނެވި ރޭ އެކަލޭގެފާނުގެ ކުރިފުޅުމައްޗަށް މާތްރަސްކަލާނގެ ފައުޅުވެވަޑައިގެން ވަޙީކުރެއްވިއެވެ. ”ބިރު ނުގަނޭ. ތިމަންކަލާނގެއީ ތިބާގެ ބައްޕާފުޅުގެ ވެރިރަސްކަލާނގެމެ. ތިމަންކަލާނގެ ޚާދިމު އިބްރާހީމްގެފާނަށް ތިމަންކަލާނގެ ވަޢުދުވެ ވޮޑިގެންނެވި ފަދައިން، ތިމަންކަލާނގެ އެކަލޭގެފާނަށްޓަކައި ތިބާއަށް ބަރަކާތްލައްވައި ތިބާއާ އެކުގައި ވޮޑިގެންވަމު. އަދި ތިބާއަށް ގިނަ ދަރިކޮޅު ދެއްވާނަން. އެ މީހުން ވާހުށީ ބޮޑު ޤައުމަކަށް.“
އެ ހިނދު އިސްޙާޤުގެފާނު ތުރުތުރުއަޅާ ޙާލުކޮޅުގައި ވިދާޅުވިއެވެ. ”އެހެން ކަމަށް ވާނަމަ ދަރިފުޅު އައުމުގެ ކުރިން ޝިކާރަ ކުރެވުނު ޖަނަވާރުގެ މަހުން ތައްޔާރުކޮށްފައިވާ ކެއުމެއް މިތަނަށް އެ ގެނައީ ކާކު؟ ދަރިފުޅު މިތަނަށް އައުމުގެ ކުރިން އަހަރެން އެ ކާނާ ކައިފިން. އަދި އެ މީހަކަށް ބަރަކާތް ލެއްވުމަށް އެދި ދުޢާކޮށްފީމު. ހަމަކަށަވަރުން އެމީހަކަށް ބަރަކާތް ލެވިގެންވާނެ.“
އަދި މާތްކަލާނގެ އެކަލޭގެފާނަށް ވަޙީކުރެއްވިއެވެ. ”ތިމަންކަލާނގެއީ ކުޅަދުންވަންތަ ކަލާނގެ. ތިމަންކަލާނގެ ތިބާގެ ދަރިފަސްކުޅު ގިނަކުރައްވާނަން. އެ ދަރިފަސްކޮޅުން ބޮޑެތި ވެގެންވާ ޤައުމުތަކެއް އުފެދިގެންދާނެ. އަދި ތިބާގެ ދަރިފަސްކޮޅުން ގިނަގުނަ ރަސްކަލުން އުފަންވާނެވެސްމެ. ތިބާއަކީ އެ ހުރިހާ އެންމެންގެ ކާބަފައި ކަމުގައި ވެސް ވާނެމެ.
ކަލޭމެން އެ ރަށުގެ އަމީރާއި ބައްދަލުކުރާ ހިނދު އޭނާ ކަލޭމެންނަށް ރަޙުމް ކުރައްވައި ޝިމްޢޫން ދޫކޮށްލައި އަދި ބަންޔާމީން ކަލޭމެންނާއި އެކުގައި އެނބުރި ފޮނުވުމަށް އެދި ކުޅަދުންވަންތަ ކަލާނގެ ކިބަފުޅަށް އަހަރެން ދުޢާ ދަންނަވާނަމު. ނަމަވެސް އަހަރެންގެ ދަރިން އަހަރެންނަށް ގެއްލުނަސް އަހަރެންނަށް ލިބޭ ހިތާމަތަކަށް އަހަރެން ކެތްތެރިވާނަމު.“
އެއަށް ފަހު ޔަޢުޤޫބުގެފާނު ޔޫސުފުގެފާނަށް މިފަދައިން ވިދާޅުވިއެވެ. ”އަހަރެން ކަންޢާނުގެ ލޫޒްގައި ވަނިކޮށް ކުޅަދުންވަންތަ ކަލާނގެ އަހަރެންގެ ކުރިމައްޗަށް ފައުޅުވެ ވަޑައިގެންނެވުމަށް ފަހު، އެތަނުގައި އަހަރެންނަށް ބަރަކާތްލައްވައި އެކަލާނގެ އަހަރެންނަށް މިފަދައިން ވަޙީ ކުރެއްވި. ’ތިމަންކަލާނގެ ތިބާގެ ދަރިފަސްކޮޅު އިތުރު ކުރައްވައި ބޮޑު ޤައުމެއްގެ ގޮތުގައި ލައްވާނަމޭ. އަދި ކަންޢާނުގެ މިބިން ތިބާއަށާއި ތިބާގެ ދަރިފަސްކޮޅުގެ މީސްތަކުންނަށް އަބަދަށްޓަކައި މިލްކުވެގެންވާ ތަނެއްގެ ގޮތުގައި ދެއްވާނަމޭ.‘