Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 28:20 - ކިތާބުލް މުޤައްދަސާ

20-21 ދެން ޔަޢުޤޫބުގެފާނު މަޑުމޮޅިވެ ވަޑައިގަންނަވައި މާތްކަލާނގެއާމެދު މިފަދައިން ވަޢުދުވެ ވަޑައިގެންނެވިއެވެ. ”⁠މާތްކަލާނގެ. އިނބަ ރަސްކަލާނގެ އަޅާއާއި އެކުގައި ވޮޑިގެންވާނަމަ އަޅާގެ މިދަތުރުގައި އަޅާއަށް ސަލާމަތާއި ރައްކާތެރިކަން ދެއްވައި ކާބޯތަކެއްޗާއި އުނުއަންނައުނު ދެއްވުމުގެ އިތުރުން ސަލާމަތްތެރިކަމާއެކު އަޅާގެ ބަފައިކަލުންގެ އަރިހަށް ގެއަށް ގެންގޮސް ދެއްވާނެ. އޭރުން އިނބަ މާތްކަލާނގެއީ އަޅާގެ ވެރި ރަސްކަލާނގެ ކަމުގައި ވެސް ވާނެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 28:20
29 ပူးပေါင်းရင်းမြစ်များ  

މީގެ އިތުރުން ތިމަންކަލާނގެ ތިބާއާއި އެކުގައި ވޮޑިގެންވެ، ތިބާ ކޮންމެ ތަނަކަށް ދިޔަކަމުގައިވިއަސް ތިމަންކަލާނގެ ތިބާ ރައްކާތެރި ކުރައްވާހުށީމު. ކޮންމެވެސް ދުވަހަކުން ސަލާމަތްތެރި ކަމާއިއެކުގައި ތިމަންކަލާނގެ ތިބާ މި ބިމަށް ގެންނަވާހުށީމު. އަދި ތިމަންކަލާނގެ ތިބާއަށް މި ވަޢުދުވެވޮޑިގެންނެވި ފަދައިން އަމަލުކުރެއްވުމާއި ހަމައަށް ތިމަންކަލާނގެ ތިބާ ދޫކޮށްނުލައްވާ ހުށީމު.⁠“


ތިމަންކަލާނގެއީ އެތަނެއްގައި ތިބާ ނިދަން ބޯއަޅައިގެން އޮތް ހިލަ ތިމަންކަލާނގެ ކިބަފުޅަށް ހުށަހަޅައި އަދި އެ ހިލަ ހަނދާނީ ތަނބެއްގެ ގޮތުގައި އެތަނުގައި ޖަހައި ޒައިތޫނި ތެޔޮ އަޅައި ތިމަންކަލާނގެ އާއިމެދު ވަޢުދުވި ތަން ކަމުގައިވާ ބައިތުއީލްގައި ތިބާއާ އެކުގައި ވީ ކަލާނގެއޭ. ތިބާ މިތަން ދޫކޮށް އުފަންވި ރަށަށް އެނބުރި ދިއުމަށް ތިމަންކަލާނގެ މިހާރު އެދިވޮޑިގަންނަވަމޭ.⁠‘⁠“


މިތަން ދޫކޮށް އަހަރެމެން ބައިތުއީލްއަށް ދިއުމަށް އަވަސްވޭ. އެ އަވަށުގައި މާތްކަލާނގެ ކިބަފުޅަށް މުޤައްދަސް އައްޓެއް އަހަރެން ޢިމާރާތް ކުރަންޖެހޭ. އެކަލާނގެއީ އަހަރެން މުސީބާތުގައި ވީ ހިނދު އަހަރެންނަށް އެހީތެރިވެވޮޑިގެންނެވި ކަލާނގެ. އަދި އަހަރެން ކޮންމެތަނަކަށް ދިޔަނަމަވެސް އެތަނެއްގައި އެކަލާނގެ އަހަރެންނާއި އެކުގައި ވޮޑިގެންވޭމެ.⁠“


އަޅުގަނޑު ސީރިއާގެ ޖަޝޫރުގައި ހުރި އިރު ގަތް ނަދުރެއް އެއީ. އަޅުގަނޑު ނަދުރު ބުނެފައި ވަނީ ’⁠މިއަޅާއަށް ޖެރޫސަލަމަށް އަނބުރާ ދެވޭނެ ގޮތް އިނބަރަސްކަލާނގެ ހައްދަވައި ދެއްވައިފިއްޔާ އިނބަރަސްކަލާނގެ އަށް އަޅުކަން ކުރުމަށް އެނބުރި ގަންނާނަން.⁠‘⁠“


އެކަލޭގެފާނުގެ ނިމުމެއް ނުވާ ޚަޒާނާއިން އަހަރެމެން އެންމެންނަށް ނިޢުމަތަކަށް ފަހު ނިޢުމަތެއް ލިބިގެން ދިޔައެވެ.


އޭގެ ފަހުން ވެސް އެތައް ދުވަހެއްވަންދެން ޕައުލް ކޮރިންތުގައި ހުއްޓެވެ. އަދި އެއަށް ފަހު އީސާގެފާނަށް އީމާންވެގެން ތިބިމީހުންނާއި ހިތްހެޔޮކޮށް އެރަށުން ފުރިއެވެ. ދެން އަކީލާ އާއި ޕްރިސިލާ އާއިއެކު ޕައުލް އެރަށުން ފުރައިގެން، ކަންޚަރިޔާގައި ސޫރިޔާއަށް ދިއުމަށް ދަތުރުކުރާ އޮޑިއެއްގައި ދިޔައެވެ. އަދި އޭގެ ކުރިން ސެންކުރޭގައި ޕައުލް ބަނީއިސްރާއީލުގެ އާދަކާދައިގެ މަތިން އޭނާ ބުނި ނަދުރަކަށް ބޯ ވެސް ބޭލިއެވެ.


އެހެންވީމާ، އަހަރެމެންގެ އެދުމުގެ މަތިން ކާބޯތަކެއްޗާއި އަންނައުނު ލިބުމުން އަހަރެމެން ހިތްހަމަ ޖެހެއެވެ.


”⁠ކުޅަދުންވަންތަ މާތްރަސްކަލާނކޯ! މިއަޅާގެ ހިތާމަތަކަށް ބައްލަވާ ވޮޑިގަންނަވައި، މިއަޅާގެ މަތިން ހަނދުމަފުޅު ނައްތަވާ ނުލައްވައި، މިއަޅާއަށް ފިރިހެން ދަރިފުޅަކު ދެއްވާފާނދޭ! އޭރުން މިއަޅާ އެ ދަރިފުޅު އިނބަ ރަސްކަލާނގެއަށް ޚިދުމަތް ކުރުމަށްޓަކައި މުޅި އުމުރަށް ވެދުން ކުރާހުށީން! އަދި އޭނާގެ ބޮލުގެ އިސްތައްޓަކު ކުރަފަތް ވެސް ޖައްސައި ނުލާ ހުށީން!⁠“


އަޅުގަނޑު އައިސް މިހިރީ މިދަރިފުޅު މާތްރަސްކަލާނގެ ކިބަފުޅަށް ވެދުމަށް އެރުވުމަށް. މި ދަރިފުޅުގެ މުޅި އުމުރަށް އެކަލާނގެ ކިބަފުޅަށް ހިބަކޮށް ހަދިޔާ ކުރުމަށް.⁠“ ދެން އެކުއްޖާ އެތަނަށް ދޫކޮށްލާފައި އެމީހުން އެތަނުގައި ތިބެ މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރިއެވެ.


އިސްރާއީލު މީހުން އެދުވަހު ތިބީ ނުތަނަވަސްކަން މަތީގައެވެ. އެހެނީ ޝާއުލްގެފާނު އެމީހުންނާ ހުވައެއް މަތިކުރައްވައިފިވެ. ”⁠އެކަކު ވެސް މިއަދު އިރުއޮއްސުމުގެ ކުރީގައި އަދާވާތްތެރިން ބަލިކޮށްފައި ނޫނީ އެއްޗެއް ކައިބޮއި ހަދައިފި މީހަކަށް ލަޢުނަތް ހުރި.⁠“ އެހެންވެ އެދުވަހު އެކަކު ވެސް ކާއެއްޗެއް ނުކައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ