Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 28:2 - ކިތާބުލް މުޤައްދަސާ

2 އޭގެ ބަދަލުގައި ދަރިފުޅުގެ މަންމަގެ ބައްޕަ ބަތޫއީލްގެ ގެއަށް މެސޮޕޮޓޭމިއާއަށް ދޭ. އަދި ދަރިފުޅުގެ މައިފުށުގެ ބޮޑު ބޭބެ ލަބާންގެ އަންހެން ދަރިންގެ ތެރެއިން ކުއްޖަކާއި ކައިވެނިކުރޭ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 28:2
16 ပူးပေါင်းရင်းမြစ်များ  

އެއަށް ފަހު އިބްރާހީމްގެފާނުގެ ޖަމަލުތަކުގެ ތެރެއިން ދިހަ ޖަމަލަށް އަގުހުރި އެތަކެއް ހަދިޔާތަކެއް އަރުވާ ބަރާ ކުރުމަށް ފަހު، މި ޚާދިމުކަލޭގެ ދަތުރުކޮށް ގޮސް މެސޮޕޮޓޭމިއާގެ ހުޅަނގު އުތުރުގައިވާ ނާޙޫރުގެ ސަހަރަށް ދިޔައެވެ.


އެކަނބުލޭގެ ގެއަށް އައިސް ޚާދިމުކަލޭގެ ދެއްކި ވާހަކަތައް ކިޔާދިން ހިނދު އޭނާގެ ބޭބެ ލަބާން އަޑުއަހަން ހުއްޓެވެ. އަދި އެކަނބުލޭގެ ނޭފަތުގައިއޮތް ރަނުގެ ނޭފަތު މުއްޖާއި އަތުގައި އަޅާފައިވީ ރަނުގެ އުޅާތައް އޭނާއަށް ފެނުނެވެ. ދެން ލަބާން ދުވެފައިގޮސް އިބްރާހީމްގެފާނުގެ ޚާދިމާއި ބައްދަލު ކުރިއެވެ. އޭރު ވެސް ޚާދިމުކަލޭގެ ހުރީ ސަހަރުގެ ބޭރުގައިވާ ވަޅުގެ ކައިރީގައެވެ.


އޭގެ ބަދަލުގައި އަހަރެންގެ ބަފައިކަލުންގެ ރަށަށް ގޮސް އަހަރެންގެ ގާތްތިމާގެ މީހުންގެ ތެރެއިން އަހަރެންގެ ދަރިފުޅު އިސްޙާޤަށް އަނތްބަކު ހޯދައިދީ.⁠“


ލަބާން އާއި ބަތޫއީލް ޖަވާބު ދިނެވެ. ”⁠މިހުރިހާ ކަމަކީ މާތްރަސްކަލާނގެ ނިންމެވުން. އަދި މިހިނގާދިޔަ އެއްވެސް ކަމެއް ބަދަލު ކުރުމަކަށް އަހަރެމެން ނޭދެން.


އިސްޙާޤުގެފާނުގެ އުމުރުފުޅުން ސާޅީސް އަހަރުގައި ބަތޫއެލްގެ އަންހެންދަރި ރިފްޤާ އާ ކައިވެނި ކުރެއްވިއެވެ. (މި ބަތޫއީލް އަކީ މެސޮޕޮޓޭމިއާގެ އަރާމީންގެ މީހެކެވެ.) އަދި ރިފްޤާ އަކީ ލަބާންގެ އަންހެން ކޮއްކޮވެސް މެއެވެ.


އެގޮތުން އިސްޙާޤުގެފާނު އެކަލޭގެފާނުގެ ދަރިކަލުން ޔަޢުޤޫބުގެފާނު ފޮނުވާލެއްވިއެވެ. އަދި ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ މައިފުށު ބޮޑުބޭބެ ލަބާންގެ ގާތުގައި ހުރުމަށް މެސޮޕޮޓޭމިއާއަށް ވަޑައިގެންނެވިއެވެ. މި ލަބާން އަކީ ޔަޢުޤޫބުގެފާނުގެ މައިކަމަނާ ރިފްޤާގެ އެއްބަނޑު އެއްބަފާ ބޭބެއެވެ. ރިފްޤާއި އާއި ލަބާންގެ ބަފައިކަލުންނަކީ އަރާމީންގެ މީހެއް ކަމުގައިވާ ބަތޫއީލްއެވެ.


އެއަށް ފަހު ޔަޢުޤޫބުގެފާނު އެކަލޭގެފާނު ކުރައްވަމުން ގެންދެވި ދަތުރުގައި ކުރިއަށް ވަޑައިގެންނެވިއެވެ. އަދި އިރުމަތީގައި މީސްތަކުން ދިރިއުޅެމުން ގެންދާ ރަށްތަކާއި ހަމައަށް ވަޑައިގެންނެވިއެވެ.


އިނބަރަސްކަލާނގެ އޯގާތެރިކަމާއި ނިމުމެއް ނުވާ ލޯތްބަކީ އަޅާއަށް ޙައްޤު ކަންތައްތަކެއް ނޫންމެ. އަޅާ މިދަތުރަށް ގެއިން ނުކުތް ހިނދު ހިނގަން ގެންގުޅުނު އަސާ ފިޔަވައި އިތުރު އެއްވެސް އެއްޗެއް އަޅާގެ މިލްކުގައި ނުވޭމެ. ނަމަވެސް އަދު އަޅާ އައިސް މިހުރީ މި ބޮޑު ދެ ޖަމާޢަތާއެކުގައި!


އެއަށް ފަހު ޔަޢުޤޫބުގެފާނު ސަލާމަތްކަމާއެކު މެސޮޕޮޓޭމިއާއިން ދަތުރު ކުރައްވައި ކަންޢާނަށް ވަޑައިގެންނެވިއެވެ. އަދި ކަންޢާނުގެ ރަށެއް ކަމުގައިވާ ޝަކީމްގެ ރަށްބޭރުގައި އެކަލޭގެފާނު ފޭލިގެތައް ޖެއްސެވިއެވެ.


އެބައިމީހުން މި ހިނދު ދިރިއުޅެމުން ދިޔައީ ބައިތުއީލްގައެވެ. އަނެއްފަހަރު މާތްކަލާނގެ ޔަޢުޤޫބުގެފާނަށް ފައުޅުވެ ވަޑައިގަންނަވައި އެކަލޭގެފާނަށް ބަރަކާތްލެއްވިއެވެ.


މަތީގައި ބަޔާން ކުރެވިފައި އެވަނީ ޔަޢުޤޫބުގެފާނަށާއި ލައިއަތުއަށް މެސޮޕޮޓޭމިއާގައި ލިބިފައިވާ އަންހެން ދަރިފުޅު ދީނާގެ އިތުރުން ލިބިފައިވީ ދަރިންނެވެ. ޔަޢުޤޫބުގެފާނުގެ އާއިލާގައި ފިރިހެން ދަރިންނާއި އަންހެން ދަރިންގެ އަދަދު މިހާހިސާބަށް ޖުމުލަ ތިރީސްތިނެއް ކަމުގައި ވެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ