Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 28:18 - ކިތާބުލް މުޤައްދަސާ

18 އެދުވަހުގެ ވަރަށް ހެނދުނާ ޔަޢުޤޫބުގެފާނު ތެދުވެ ވަޑައިގެންނެވިއެވެ. އެކަލޭގެފާނު އަވަހާރަފުޅު ލެއްޕެވުމަށް އެރޭ ބޯ އަޅުއްވައިގެން އޮންނެވި ހިލަ ހަނދާނީ ތަނބެއްގެ ގޮތުގައި އެތާނގައި ކޮޅަށް ޖެއްސެވިއެވެ. އެއަށް ފަހު މުޅި އެ ހިލައަށް ޒައިތޫނި ތެޔޮ އެޅުއްވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 28:18
16 ပူးပေါင်းရင်းမြစ်များ  

އޭގެ އަނެއްދުވަހު ވަރަށް ހެނދުނުގެ ވަގުތެއްގައި ކެއިންބުއިމަށް ބޭނުންވާނޭ ތަކެއްޗާއި ޖަނަވާރުގެ ހަމުން ހަދާފައިވާ ހަމެއްގެފުރާ ފެންއެޅުމަށް ފަހު އިބްރާހީމްގެފާނު އެހަން ހާޖަރުގެ ކޮނޑަށް ލައްވައި ދެއްވިއެވެ. އެއަށް ފަހު އިސްމާޢީލްގެފާނާއި ދެމައިން އެގެއިން ފޮނުއްވާލެއްވިއެވެ. ދެން އެ ދެމައިން ވަކި މިޞްރާބެއްނެތި ބިއުރުސަބްޢައާ ކައިރީގައިވާ ސަހަރާތެރޭގައި ހިނގަމުން ދިޔައެވެ.


އެގޮތުން ޖެހިގެން އައި ދުވަހުގެ ވަރަށް ހެނދުނާ އިބްރާހީމްގެފާނު ތެދުވެ ވަޑައިގެން އެކަލޭގެފާނުގެ ހިމާރު ތައްޔާރު ކުރެއްވިއެވެ. އަދި އިސްޙާޤުގެފާނާއި އެކަލޭގެފާނުގެ ދެ ޚާދިމުން އެކަލޭގެފާނާއި އެކުގައި ގެންދެވިއެވެ. އަދި އަންދާލެވޭ ޤުރުބާނަކަށް ބޭނުންވާނޭ ދަރު ކަނޑުއްވައި އެކަލޭގެފާނަށް މާތްކަލާނގެ އެންގެވި ތަނަށް އެބައިމީހުންނާއެކު ވަޑައިގެންނެވިއެވެ.


އިރު އޮއްސެމުން ދިޔަ ހިނދު އެކަލޭގެފާނަށް ވަޑައިގެންނެވިފައިވީ ހިސާބަކީ އެދެވޭ ހިސާބެއްކަމުގައި ދެކެވަޑައިގަންވައި އެތަނުގައި އޮތް ހިލައެއްގައި އިސްތަށިފުޅު އަޅުއްވައިގެން އަވަހާރަފުޅު ލެއްޕެވުމަށް އޮށޯވެ ވަޑައިގަންނެވިއެވެ.


ތިމަންކަލާނގެއީ އެތަނެއްގައި ތިބާ ނިދަން ބޯއަޅައިގެން އޮތް ހިލަ ތިމަންކަލާނގެ ކިބަފުޅަށް ހުށަހަޅައި އަދި އެ ހިލަ ހަނދާނީ ތަނބެއްގެ ގޮތުގައި އެތަނުގައި ޖަހައި ޒައިތޫނި ތެޔޮ އަޅައި ތިމަންކަލާނގެ އާއިމެދު ވަޢުދުވި ތަން ކަމުގައިވާ ބައިތުއީލްގައި ތިބާއާ އެކުގައި ވީ ކަލާނގެއޭ. ތިބާ މިތަން ދޫކޮށް އުފަންވި ރަށަށް އެނބުރި ދިއުމަށް ތިމަންކަލާނގެ މިހާރު އެދިވޮޑިގަންނަވަމޭ.⁠‘⁠“


އެގޮތުން ޔަޢުޤޫބުގެފާނު ހިލައެއް ގެންނަވައި އެތަނުގައި އެ ހިލަ ތަނބެއްހެން ކޮޅަށް ޖެއްސެވިއެވެ.


މާތްކަލާނގެ އެކަލޭގެފާނަށް ބަސްވަޙީ ކުރެއްވިތަން ފާހަގަ ކުރެއްވުމުގެ ގޮތުން އެތަނުގައި ހިލައިގެ ތަނބެއް ޔަޢުޤޫބުގެފާނު ޖެއްސެވިއެވެ. އެއަށް ފަހު މާތްކަލާނގެ ކިބަފުޅަށް ހުށަހެޅުއްވުމުގެ ގޮތުން އެ ހިލަ ތަނބުގެ މައްޗަށް މޭބިސްކަދުރުގެ ދިޔައާއި ޒައިތޫނިތެޔޮ އޮއްސެވިއެވެ.


އަދި ރާޙީލްއަށް އިޙްތިރާމް ކުރުމުގެ ގޮތުން އެކަނބުލޭގެ މަހާނައިގައި ޔަޢުޤޫބުގެފާނު ހިލައެއް ޖެއްސެވިއެވެ. އެހިލަ މިއަދު ވެސް އެތަނުގައި އެބަހުރިމެއެވެ.


އަބްޝާލޫމް ދުނިޔޭގައި ހުރިއިރު އޭނާ ވަނީ ރަސްގެފާނުގެ ވާދީގައި މިހެން ކިޔައި ހިލައެއް ބަހައްޓާފައެވެ. ”⁠މިއީ އަހަރެންގެ ދަރިޔަކު ނެތީމާ އަހަރެންގެ ނަން ދަމަހައްޓަން ބަހައްޓާ ހަނދާނީ ހިލައެއް.⁠“ އަބްޝާލޫމްގެ ހަނދާނީ ހިލައޭ ކިޔާހިލަ މި ލިޔާއިރު ވެސް އެބަހުއްޓެވެ.


ދެން ޞަމޫއީލް މިޞްފާތާއި ޝީންއާ ދެމެދު ހިލައިގެ ބިނާއެއް ހަދައި އެތަނަށް ”⁠އިބްނު ޢާޒަރު⁠“ އޭ ކިޔާ ނަން ދިނީ މިހެން ބުނަމުންނެވެ. ”⁠މިހާތަނަށް މާތްރަސްކަލާނގެ އަހަރެމެންނަށް އެހީތެރިވެ ވޮޑިގެންނެވި.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ