Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 28:17 - ކިތާބުލް މުޤައްދަސާ

17 ދެން ޔަޢުޤޫބުގެފާނު ބިރުފުޅުން ހުންނަވައި މިފަދައިން ވިދާޅުވެވުނެވެ. ”⁠މިއީ ޢަޖާއިބުވެ އަންތަރީސްވާފަދަ ތަނެއް! މިތަނަކީ ޙުރުމަތްތެރި ވެގެންވާ މާތްކަލާނގެ ގެކޮޅު. އަދި މިއީ ސުވަރުގެއަށް ދިއުމަށް ވާ ދޮރޯށިކޮޅުކަން ޔަޤީން.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 28:17
16 ပူးပေါင်းရင်းမြစ်များ  

އެދުވަހުގެ ވަރަށް ހެނދުނާ ޔަޢުޤޫބުގެފާނު ތެދުވެ ވަޑައިގެންނެވިއެވެ. އެކަލޭގެފާނު އަވަހާރަފުޅު ލެއްޕެވުމަށް އެރޭ ބޯ އަޅުއްވައިގެން އޮންނެވި ހިލަ ހަނދާނީ ތަނބެއްގެ ގޮތުގައި އެތާނގައި ކޮޅަށް ޖެއްސެވިއެވެ. އެއަށް ފަހު މުޅި އެ ހިލައަށް ޒައިތޫނި ތެޔޮ އެޅުއްވިއެވެ.


މި ހަނދާނީ ތަނބަކީ އިނބަ ކަލާނގެއަށް އަޅުކަން ކުރުމަށް ހުރި އިނބަކަލާނގެ ގެކޮޅު. އިނބަކަލާނގެ އަޅާއަށް ދެއްވާ ކޮންމެ އެއްޗެއްގެ ދިހަބައިކުޅަ އެއްބައި އިނބަ ރަސްކަލާނގެ ކިބަފުޅަށް އަޅާ ހުށަހަޅާނަމު.⁠“


މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠ތިޔަށް ވުރެ ކައިރިއަށް ނާދޭ! ކަލޭ އަރައިގެން ތިޔަ ހުރި ފައިވާނުން ފައިބާ! ކަލޭ ތިޔަ ހުރީ ޙުރުމަތްތެރި ބިމެއްގަ.


އަހަރެން މިއީ ކަލޭގެ ބައްޕައާއި އިބްރާހީމާއި އިސްޙާޤާއި ޔަޢުޤޫބުގެ ވެރި އިލާހު.⁠“ މޫސާގެފާނަށް އެއަޑުފުޅު އިވިވަޑައިގަތުމުން އެކަލޭގެފާނުގެ އަތްޕުޅުން މޫނުފުޅު ފޮރުއްވިއެވެ. އެހެނީ މާތްކަލާނގެއާ ދިމާއަށް ބެލުމަށް އެކަލޭގެފާނު ބިރުފުޅުގެން ވަޑައިގަތީމައެވެ.


އީސާގެފާނުގެ އަސްޙާބީންނަށް މި އަޑު އިވުނު ހިނދު އެބޭކަލުން ބިރުގަނެގެން ބަންޑުން ބިންމައްޗަށް ވެއްޓުނެވެ.


މާތްރަސްކަލާނގެ އެކަލާނގެ މަލާއިކަތަކު އެބައިމީހުންގެ ކައިރިއަށް ފޮނުއްވިއެވެ. އެވަގުތު އެމީހުންގެ ވަށައިގެން މަތިވެރި މާތްރަސްކަލާނގެ ނޫރުފުޅު ވިދަން ފެށިއެވެ. އެބައިމީހުން މިތަން ދެކެ ވަރަށް ބޮޑަށް ބިރުގަތެވެ.


އެމީހުން އީސާގެފާނުގެ އަރިހަށް އައިއިރު އެތައް ބައިވަރު ޖިންނިއެއްގެ ސަބަބުން ޖިންނި މޮޔަވެފައި ވީ މީހާ ގައިގައި އަންނައުނު ލައިގެން ބުއްދި ހަމަކަން މަތީ އެތާ އިންތަން ދެކެ މިބައިމީހުން ބިރުގަތެވެ.


އެހެންވީމާ، ހިނދުކޮޅެއްގެ ވަގުތު ކޮޅަކަށް ނަމަވެސް ތިބާއާއި ބައްދުލުވުން ލަސްވިކަމުގައި ވިޔަސް މާތްރަސްކަލާނގެ ދަރުބާރުތަކުގައި މީސްތަކުން ތަރުބިއްޔަތު ކުރާނޭ ގޮތް ތިބާއަށް އަންގައި ދިނުމަށްޓަކައެވެ. އެ ދަރުބާރަކީ ދިރިދެމިވޮޑިގެންވާ ކަލާނގެ ކަނީސާއެވެ. އެއީ ޙައްޤުތެދުގެ ބިންގަލާއި ތަނބު ވެސް މެއެވެ.


މާތްރަސްކަލާނގެ މީސްތަކުންގެ މައްޗަށް އުއްތަމަ އިމާމެއްގެ ގޮތުގައި މިހާރު ލައްވާފައި ހުންނެވީ ވަރަށް ވެސް މަތިވެރި ބޭކަލެކެވެ.


އިންސާފު ކުރެވޭ ދުވަހުން މީސްތަކުންގެ މެދުގައި މާތްރަސްކަލާނގެ އެކަލާނގެ ދަރިންނަށް އިސްކަމެއްދެއްވަތެވެ. އަދި އަހަރެމެން މަސީޙީން ވެސް އެއްކިބާ ނުކުރައްވާ އެކަލާނގެ އިންސާފު ކުރައްވަތެވެ. ވީއިރު އެ ހެޔޮޚަބަރުފުޅާ މެދު އީމާންނުވެ ދެކޮޅުވެރިވީ ފަރާތްތަކާ މެދު ހުރި ބިރެއް އަދި ކިހާ ބޮޑުވާނެ ހެއްޔެވެ؟


އަހަރެންނަށް އެމީހަކު ފެނުނު ހިނދު މަރުވެގެން ވެއްޓުނު މީހަކު ފަދައިން އެމީހާގެ ފައިމައްޗަށް ވެއްޓުނީމެވެ. ނަމަވެސް އެމީހާގެ ކަނާއަތުން އަހަރެން ނަންގަވައި ވިދާޅުވިއެވެ. ”⁠ބިރު ނުގަނޭ! އަހަރެންނަކީ އެންމެ ފުރަތަމަ އަދި އެންމެ ފަސް ވެސްމެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ