Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 28:14 - ކިތާބުލް މުޤައްދަސާ

14 ތިބާގެ ދަރިފަސްކޮޅު މިބިމުގައިވާ ހިރަފުސް ފަދައިން ގިނަވާނެ! އެބައިމީހުން އިރުމައްޗާއި ހުޅަނގަށް އަދި އުތުރާ ދެކުނަށް ފެތުރިގެންދާނެ. ތިބާއާއި ތިބާގެ ދަރިފަސްކޮޅު މެދުވެރިކޮށް ދުނިޔޭގެ މީސްތަކުންނަށް ބަރަކާތް ލެއްވޭނެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 28:14
26 ပူးပေါင်းရင်းမြစ်များ  

ތިބާއަށް ހެޔޮއެދޭ މީހުންނަށް ތިމަންކަލާނގެ ރަޙުމަތް ލައްވާނަން. ތިބާއަށް ނުބައިކޮށް ކަންތައްކުރި މީހަކަށް ތިމަންކަލާނގެ ކޯފާ ލައްވާނަން. އަދި ތިމަންކަލާނގެ ދުނިޔޭގެ ކޮންމެ އާއިލާއަކަށް ތިބާ މެދުވެރިކޮށް ރަޙުމަތް ލައްވާނަން.⁠“


އަބްރާމްއާއި ލޫޠުގެފާނު ވަކިވީ ފަހުން މާތްރަސްކަލާނގެ އަބްރާމަށް ވަޙީކުރެއްވިއެވެ. ”⁠އުތުރާއި ދެކުނާއި އިރުމައްޗާއި ހުޅަނގަށް ބަލާލަބަލަ.


ތިބާއަށް ތިޔަ ފެންނަ ހުރިހާ ސަރަހައްދަކުން ތިބާއަށާއި ތިބާގެ ދަރިފަސްކޮޅަށް ތިމަންކަލާނގެ އަބަދަށްޓަކައި ބިންދޭނަން.


ތިމަންކަލާނގެ ތިބާގެ ދަރިފަސްކޮޅު ދުނިޔޭގައިވާ ވެއްޔަށް ވުރެން އިތުރުކުރައްވައި ގުނާ އަދަދު ނުކުރެވޭ ވަރަށް ގިނަ ކުރައްވާނަން.


އޭނާގެ ދަރިކޮޅު ފެތުރި ގިނަ މީސްތަކުންވާ މަތިވެރި ޤައުމެއް ކަމުގައިވާނެ. އަދި އޭނާ މެދުވެރިކޮށް ތިމަންކަލާނގެ ދުނިޔޭގެ ހުރިހާ ޤައުމަކަށް ރަޙުމަތް ލައްވާ ހުށީން.


’⁠ތިމަންކަލާނގެ ހަމަ ޔަޤީނުން ވެސް ތިބާގެ މައްޗަށް ރަޙުމަތް ލައްވައި ތިބާގެ ދަރިފަސްކޮޅު އިތުރު ކުރައްވާހުށިން. ތިބާގެ ދަރިފަސްކޮޅުގެ އަދަދު އުޑުގައިވާ ތަރިތަކާއި ބިމުގައިވާ ވެލިފަދައިން ގިނަވެ އިތުރުކުރައްވާނަން. އަދި އެބައިމީހުންގެ ދުޝްމިނުންގެ ރަށްތަކުގެ މައްޗަށް އެބައިމީހުން ވެރިކުރައްވާނެ.


ތިބާގެ ދަރިފަސްކޮޅު މެދުވެރިކުރައްވާ ތިމަންކަލާނގެ ދުނިޔޭގެ ހުރިހާ އެންމެންގެ މައްޗަށް ރަޙުމަތް ލައްވާހުށިން. އެއީ ތިބާ ތިމަންކަލާނގެ ކިބަފުޅަށް ކިޔަމަންތެރިކަން އަދާކުރެއްވުމުން.⁠‘⁠“


ތިމަންކަލާނގެ ތިބާއަށް އުޑުގައިވާ ތަރިތަކާއި އެއްފަދައިން ގުނާ އަދަދު ނުކުރެވޭފަދަ ދަރިފަސްކޮޅެއް ދެއްވާނަމު. އަދި އެ ދަރިފަސްކޮޅަށް މި ބިން ދެއްވާނަމު. އަދި ތިބާގެ ދަރިފަސްކޮޅު މެދުވެރި ކުރައްވައި މި ދުނިޔޭގައިވާ އެންމެހާ ޤައުމުތަކުގައިވާ މީސްތަކުންނަށް ރަޙުމަތް ލައްވާނަމު.


އަޅާއާ މެދު އޯގާތެރިވެވޮޑިގަންނަވާ އަދި އަޅާގެ ދަރިފަސްކޮޅު ބިމުގެ ވެލި ފަދައިން ގުނައި އަދަދު ނުކުރެވޭފަދަ މިންވަރަށް އިތުރު ކޮށްދެއްވާނެ ކަމުގެ ވަޢުދު ބަސްފުޅު އިނބަރަސްކަލާނގެ އަޅާއަށް ވަޙީކުރެއްވީމު.⁠“


އަހަރެންނަށް ދިމާވި އެންމެހާ އުނދަގޫތަކުން މާތްރަސްކަލާނގެ މަލާއިކަތާ އަހަރެން ސަލާމަތް ކޮށްދެއްވި. މި ހިނދު މި ދެ ކުދިންގެ މައްޗަށް އެކަލާނގެ ބަރަކާތް ލެއްވުމަށް އަޅާ ދުޢާ ދަންނަވަމު. މި ދެ ކުދިން މެދުވެރި ކުރައްވައި އަޅާގެ ނަން ދަމަހައްޓަވާދޭނވެ! ހަމައެހެންމެ މިއަޅާގެ ކާބަފައިކަލުން ކަމުގައިވާ އިބްރާހީމްގެފާނާއި އަދި އިސްޙާޤުގެފާނުގެ ނަންފުޅު ވެސް މި ދެ ކުދިން މެދުވެރި ކުރައްވައި ދަމަހައްޓަވައި މި ދުނިޔޭގެ ބިމުގައި މި ކުދިންގެ ދަރިކޮޅު އިތުރު ކުރައްވައިފާނދޭވެ.⁠“


އެހެނަސް އެކަމާއި އިންކާރު ކުރައްވައި ޔަޢުޤޫބުގެފާނު މިފަދައިން ވިދާޅުވިއެވެ. ”⁠ނޫން ދަރިފުޅާ. ބައްޕަ މިކުރާ ކަންތައް ބައްޕައަށް ރަނގަޅަށް އެނގޭ. މަނައްސާ މަތިވެރިވެ އޭނާއަށް ދަރިފަސްކޮޅެއް ދެއްވާނެ. ނަމަވެސް އޭނާގެ ކޮއްކޮ އަފްރާއިމް އޭނާއަށް ވުރެން މަތިވެރިވެ، އޭނާގެ ދަރިފަސްކޮޅު ގިނަވެ އެ ދަރިފަސްކޮޅަކީ މަތިވެރި ޤައުމެއް ކަމުގައި ވާނެ.⁠“


އިބްރާހީމްގެފާނާއި އިސްޙާޤުގެފާނާއި ޔަޢުޤޫބުގެފާނުގެ މަތިން ހަނދުމަފުޅު ކުރައްވާ! އިނބަރަސްކަލާނގެ އިސްމަފުޅު ގަންދެއްވައި ހުވާ ވަޙީކުރެއްވީމު ނޫންތޯ، ’⁠ތިމަންކަލާނގެ ކަލޭގެފާނުގެ ދަރިކޮޅު އުޑުގައިވާހައި ތަރިތަކާ އެއްވަރަށް އިތުރު ކުރައްވާނަމޭ، އަދި އެމީހުންގެ ދަރިކޮޅުގެ މީހުންނަށް މި ހުރިހާ ބިމެއް ދެއްވާނަމޭ، އެބިންތައް އެމީހުންނަށް ދާއިމަށް ހިބަ ކޮށްދެއްވާނަމޭ.⁠‘⁠“


ގިނަ ބަޔަކު އިރުމަތީ ފަރާތުންނާއި ހުޅަނގުފަރާތުން އައިސް އިބްރާހީމްގެފާނާއި، އިސްޙާޤުގެފާނާއި، އަދި ޔަޢުޤޫބުގެފާނާއި އެކުގައި އިށީނދެ ތިބެ މާތްރަސްކަލާނގެ ރަސްކަންފުޅުގައި ޖާފަތުން ކާނެ.


އެކަލާނގެ ރަސޫލުންނާއި ނަބީބޭކަލުންނަށް އެކަލާނގެ އެންގެވީ ހަމަ ތިޔަބައިމީހުންނަށް މި ކަންތައްތައް އަންގައިދިނުމަށް. އަދި މާތްރަސްކަލާނގެ ކަލޭމެންގެ ކާބަފައިކަލުން ކަމުގައިވާ އިބްރާހީމްގެފާނަށް ކުރެއްވި ޢަހުދުނާމާއަކީ ހަމަ ކަލޭމެންނާއެކުގައި ވެސް ކުރެވިފައިވާ ޢަހުދުނާމާއެއް. އަދި މި ޢަހުދުނާމާއާ ބެހޭ ގޮތުން ކަލޭމެންނަށް ވެސް ވަނީ އެންގެވިފަ. މާތްރަސްކަލާނގެ އިބްރާހީމްގެފާނަށް ވަޙީކުރެއްވި. ’⁠ކަލޭގެ ދަރިކޮޅުގެ މީހެއް މެދުވެރިކޮށް ތިމަންކަލާނގެ މުޅި ދުނިޔޭގެ އެންމެންގެ މައްޗަށް ރަޙުމަތް ލައްވާނަމޭ.⁠‘


މާތްރަސްކަލާނގެ އެ ވަޢުދުފުޅު ކުރެއްވީ އިބްރާހީމްގެފާނަށާއި އެކަލޭގެފާނުގެ ”⁠ދަރިކޮޅުގެ މީހާ⁠“ އަށެވެ. ”⁠ކަލެއާއި ކަލޭގެ ދަރިކޮޅުގެ މީހުންނެކޭ⁠“ އެކަލާނގެ އިބްރާހީމްގެފާނަކަށް ވަޙީއެއް ނުކުރައްވައެވެ. އެހެން ވަޙީކުރެއްވިނަމަ އޭގެ މާނައަކީ އެތައް ބަޔެކޭ އެވެ. ނަމަވެސް މާތްރަސްކަލާނގެ އެކަލޭގެފާނަށް ވަޙީކުރެއްވީ ކަލެއާއި ކަލޭގެ ދަރިކޮޅުގެ މީހާއޭ، މިފަދައިންނެވެ. އޭގެ މާނައަކީ އެއީ ހަމަ އެންމެ މީހެކޭ އެވެ. އެމީހާއަކީ އީސާ އަލްމަސީޙު އެވެ.


އަދި ކޮބައި ހެއްޔެވެ؟ މާތްރަސްކަލާނގެ ބަސްފުޅުގައި ވެސް ލިޔެވިގެން ވަނީ ބަނީއިސްރާއީލު މީހުން ނޫން މީހުން އެކަލާނގެ ކިބަފުޅަށް އީމާންވުމުގެ ސަބަބުން އެކަލާނގެ ޙަޟްރަތުގައި ޞާލިޙުން ކަމުގައި ލައްވާނެއެވެ. މިކަން ހާމަކޮށް މާތްރަސްކަލާނގެ އިބްރާހީމްގެފާނަށް މިފަދައިން އެންގެވި ކަމުގައި ލިޔެވިގެންވެއެވެ. ”⁠ކަލޭގެފާނު މެދުވެރިކޮށް ތިމަންކަލާނގެ ދުނިޔޭގެ އެންމެހާ މީސްތަކުންގެ މައްޗަށް ރަޙުމަތް ލައްވާހުށީމެވެ.⁠“


އެންމެހާ ހަމްދާ ޘަނާއެއް ޙައްޤުވެގެން ވަނީ މާތްސާހިބާ އީސާއަލްމަސީޙުގެ ބައްޕާފުޅު މާތްރަސްކަލާނގެއަށެވެ. އެއީ އަހަރެމެން އަލްމަސީޙާއި އެކުގައި ވީ އެއްބައިވަންތަކަމުން އެކަލާނގެ އަހަރެމެންނަށް އުޑުތަކުގެ ހުރިހާ ރޫހާނީ ރަޙުމަތެއްލެއްވިއެވެ.


މާތްރަސްކަލާނގެ ސިއްކައިން އެބައެއްގެ ނިތްކުރީގައި ފާހަގަ ލެވުނު މީހުންގެ ޢަދަދަކީ 144,000 މީހުން ކަމަށް ބުނި އަޑު އަހަންނަށް އިވުނެވެ. އެބައިމީހުންނީ ބަނީއިސްރާއީލުގެ ބާރަ ގަބީލާގެ އަޙުލުވެރިންނެވެ.


މިއަށް ފަހު، އެތަނުގައި ވަރަށް ގިނަ ޢަދަދެއްގެ ބަޔަކު އެއްވެފައިވާ ތަން އަހަރެން ދުށީމެވެ. އެއްވެސް މީހަކަށް އެތަނުގައި ތިބި މީސްތަކުން ގުނައި އަދަދު ކުރުމަކީ ކުރެވޭނޭ ކަމެއް ނޫނެވެ! އެބައިމީހުންނީ އެންމެހާ ޤައުމުތަކުންނާއި ޤަބީލާއަކުންނާއި ނަސްލުތަކުންނާއި ބަހުރުވަތަކުން އައިސްތިބި މީހުންނެވެ. އަދި އެބައިމީހުން ތިބީ ތަޚުތުގައި އިށީނދެވަޑައިގެން އިންނެވި ފަރާތާއި އަދި ޅަކަންބަޅީގެ ކުރިފުޅުމަތީގައި ކޮއްޅަށެވެ. އެމީހުން ލައިގެން ތިބީ ހުދު ކުލައިގެ ރިދާތަކެވެ. އަދި އެބައިމީހުންގެ އަތުން ކަދުރު ރުކުގެ ފަންތައް ހިފަހައްޓައިގެން ތިއްބެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ