ފެށުން 28:1 - ކިތާބުލް މުޤައްދަސާ1 އިސްޙާޤުގެފާނު ޔަޢުޤޫބުގެފާނު ގެންނަވައި ރަޙުމަތް ލެއްވުމަށް އެދި ދުޢާ ކުރެއްވުމަށް ފަހު މިފަދައިން ވިދާޅުވިއެވެ. ”މި ކަންޢާނުންގެ އަންހެންތަކުންގެ ތެރެއިން އަންހެނަކާ ދަރިފުޅު ކައިވެނިކޮށްގެން ނުވާނެ. အခန်းကိုကြည့်ပါ။ |
އެއަށް ފަހު ރިފްޤާ އިސްޙާޤުގެފާނުގެ އަރިހަށް ވަޑައިގެން މިފަދައިން ޝަކުވާ އުފުލެއްވިއެވެ. ”މި ކަންޢާނުގެ ޙިއްޘީންގެ އަންހެންވެރިންނާއި މެދު އަހަރެން ނަފްރަތު ކުރަމު. އެ އަންހެނުންތަކާއެކު ދިރިއުޅުން އަހަރެންނަށް މުސީބާތަކަށް ވެއްޖެ. ޢީސޫ ފަދައިން މި ރަށުގައި ދިރިއުޅެމުންގެންދާ ޙިއްޘީންގެ އަންހެނަކާ ޔަޢުޤޫބު ކައިވެނިކޮށްގެން އުޅޭތަން ބެލުމަށް ވުރެން އަހަރެން މަރުވުން ވެސް މާރަނގަޅު.“
މިފަދައިން ތިޔަބައިމީހުން އަމަލު ކުރުމަށް ފަހުގައި ތިޔަބައިމީހުންގެ އަނބިންނަށް ހެދުމަށް އަހަރެމެންގެ އަންހެން ދަރިން ތިޔަބައިމީހުން ގެންދޭ. އަދި އަހަރެމެން ވެސް ތިޔަބައިމީހުންގެ އަންހެން ދަރިންނާއި ކައިވެނި ކުރާނަން. އޭރުން އަހަރެމެންނަށް ތިޔަބައިމީހުންނާއި އެކުގައި ދިރިއުޅެވިދާނެ. އަދި އަހަރެމެން ދެބައިމީހުން އެއްބައެއްގެ ގޮތުގައި ވެސް ވާނެ.
އިސްރާއީލުގެފާނު ޔޫސުފުގެފާނަށް ބަރަކާތް ލެއްވުމަށް އެދިވަޑައިގެން މިފަދައިން ދެންނެވިއެވެ. ”އަހަރެންގެ ކާބަފައިކަލުން އިބްރާހީމްގެފާނާއި އަދި އިސްޙާޤުގެފާނު އަހަރެމެންގެ ރަސްކަލާނގެ ކިބަފުޅަށް ޚިދުމަތުގައިވި. އަދި އަހަރެންގެ މުޅި ޙަޔާތުގައި ހުއިހައްޕާ މީހަކު ފަދައިން އެކަލާނގެ އަހަރެންނަށް މަގުދެއްކެވި.