6 އެ ހިނދު އެކަމަނާގެ ދަރިކަލުން ޔަޢުޤޫބުގެފާނަށް ވިދާޅުވިއެވެ. ”އަޑުއަހާ! ދަރިފުޅުގެ ބޭބެއަށް ދަރިފުޅުގެ ބައްޕާފުޅު މިފަދައިން ވިދާޅުވެލެއްވި އަޑު މަންމަ އަހައިފީމު.
ޢީސޫ ޝިކާރަ ކުރައްވައި ވަލު ޖަނަވާރުތަކުގެ މަސް އެކަލޭގެފާނުގެ ބައްޕާފުޅު އިސްޙާޤުގެފާނު ފަރިއްކުޅުއްވުމަށް އަރުވައެވެ. އިސްޙާޤުގެފާނު ޢީސޫ ދެކެ ނުހަނު ލޯބިފުޅުވެއެވެ. ނަމަވެސް ޔަޢުޤޫބުގެފާނަކީ އެކަލޭގެފާނުގެ މަންމާފުޅު، ރިފްޤާ އެންމެ ރުހޭ ދަރިކަލުންނެވެ.
އިސްޙާޤުގެފާނު މިފަދައިން ޢީސޫއަށް ވިދާޅުވިއިރު ރިފްޤާ ހުންނެވީ އަޑު އައްސަވާށެވެ. ދެން ޢީސޫ ޝިކާރަ ކުރުމަށް ދިޔައެވެ.
’ޝިކާރައެއް ހިއްޕަވައިގެން އައިސް ބައްޕާފުޅަށް މީރު ކެއުމެއް ކައްކަވައިގެން ގެނެސް ދެއްވުމަށް އެދިވަޑައިގެންނެވި. އެއީ ބައްޕާފުޅު އަވަހާރަވުމުގެ ކުރިން ޢީސޫއަށް މާތްރަސްކަލާނގެ ޙަޟްރަތުން ބަރަކާތް ލެއްވުން އެދިވަޑައިގެން އެކަލާނގެއަށް ދެންނެވުމަށް ކަމުގައި ވެސް ވިދާޅުވި.‘