Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 27:43 - ކިތާބުލް މުޤައްދަސާ

43 އެހެންވީމާ، މަގޭ ދަރިފުޅާ، މަންމަ މި އެދޭ ފަދައިން ކަންތައް ކުރޭ. މަންމަގެ ބޭބެ ލަބާން ޙާރާން ސަހަރުގައި ދިރިއުޅެމުން ދާނެ. އެ ސަހަރަށް ދޭ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 27:43
14 ပူးပေါင်းရင်းမြစ်များ  

ތާރަޙު ކަންޢާނުކަރައަށް ދިއުމަށްޓަކައި ދަތުރު ފެށިއެވެ. އޭނާގެ ދަރިކަލުން އަބްރާމްއާއި ކާފަދަރިކަލުން ލޫޠުއާއި އޭނާގެ ދަނބިދަރިކަނބަލުން ސާރާއީ ގޮވައިގެން އެންމެން އެއްކޮށް ކަލްދާނީންގެ މީހުން ދިރިއުޅޭ ރަށް ކަމުގައިވާ އޫރު ސަހަރު ދޫކޮށް ވަޑައިގެންނެވިއެވެ. އެބޭކަލުން ކަންޢާނުކަރައާއި ހަމައަށް ނުގޮސް ޙާރާންއަށް ވަޑައިގެން އެތާނގައި ވަޒަންވެރިވެ ވަޑައިގެންނެވިއެވެ.


އެކަނބުލޭގެ ގެއަށް އައިސް ޚާދިމުކަލޭގެ ދެއްކި ވާހަކަތައް ކިޔާދިން ހިނދު އޭނާގެ ބޭބެ ލަބާން އަޑުއަހަން ހުއްޓެވެ. އަދި އެކަނބުލޭގެ ނޭފަތުގައިއޮތް ރަނުގެ ނޭފަތު މުއްޖާއި އަތުގައި އަޅާފައިވީ ރަނުގެ އުޅާތައް އޭނާއަށް ފެނުނެވެ. ދެން ލަބާން ދުވެފައިގޮސް އިބްރާހީމްގެފާނުގެ ޚާދިމާއި ބައްދަލު ކުރިއެވެ. އޭރު ވެސް ޚާދިމުކަލޭގެ ހުރީ ސަހަރުގެ ބޭރުގައިވާ ވަޅުގެ ކައިރީގައެވެ.


އިސްޙާޤުގެފާނުގެ އުމުރުފުޅުން ސާޅީސް އަހަރުގައި ބަތޫއެލްގެ އަންހެންދަރި ރިފްޤާ އާ ކައިވެނި ކުރެއްވިއެވެ. (މި ބަތޫއީލް އަކީ މެސޮޕޮޓޭމިއާގެ އަރާމީންގެ މީހެކެވެ.) އަދި ރިފްޤާ އަކީ ލަބާންގެ އަންހެން ކޮއްކޮވެސް މެއެވެ.


މައިކަމަނާ އެކަލޭގެފާނަށް ވިދާޅުވިއެވެ. ”⁠ދަރިފުޅާ. ބައްޕާފުޅު ބަދު ދުޢާއެއް ކުރައްވައިފިނަމަ އެ ބަދުނާމު މަންމަ ބަލައިގަންނާނަން. މަންމަ މިބުނާ ފަދައިން ކަންތައް ކުރޭ. ގޮސް ބަކަރި ގެނެސްދީ!⁠“


ޔަޢުޤޫބުގެފާނު އަވަހާރަ ކޮށްލެއްވުމުގެ ރޭވުން ޢީސޫ ރާވަމުން ގެންދާކަން މީސްތަކުންނަށް އެނގުމުން އެބައިމީހުން ރިފްޤާއަށް މި ޚަބަރު ދިނެވެ. އެއަށް ފަހު އެކަމަނާ ޔަޢުޤޫބުގެފާނު ގެންނަވާ މިފަދައިން ވިދާޅުވިއެވެ. ”⁠އަޑުއަހާ، ދަރިފުޅުގެ ބޭބެ ދަރިފުޅުގެ މައްޗަށް ބަދަލުހިފުމުގެ ގޮތުން ދަރިފުޅު މަރާލުމުގެ ރޭވުން އެބަރާވާ.


އެހެންވީމާ، މަގޭ ދަރިފުޅާ މަންމައަށް ކިޔަމަންވޭ. އަދި މަންމަ މި އެދޭފަދައިން އަމަލުކުރޭ.


ޔަޢުޤޫބުގެފާނު ބިއުރުސަބްޢައިން ޙާރާން އާ ދިމާއަށް ދަތުރު ފެއްޓެވިއެވެ.


އެގޮތުން އިސްޙާޤުގެފާނު އެކަލޭގެފާނުގެ ދަރިކަލުން ޔަޢުޤޫބުގެފާނު ފޮނުވާލެއްވިއެވެ. އަދި ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ މައިފުށު ބޮޑުބޭބެ ލަބާންގެ ގާތުގައި ހުރުމަށް މެސޮޕޮޓޭމިއާއަށް ވަޑައިގެންނެވިއެވެ. މި ލަބާން އަކީ ޔަޢުޤޫބުގެފާނުގެ މައިކަމަނާ ރިފްޤާގެ އެއްބަނޑު އެއްބަފާ ބޭބެއެވެ. ރިފްޤާއި އާއި ލަބާންގެ ބަފައިކަލުންނަކީ އަރާމީންގެ މީހެއް ކަމުގައިވާ ބަތޫއީލްއެވެ.


ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ މައިންބަފައިންނަށް ކިޔަމަންތެރިކަން އަދާކުރައްވައި މެސޮޕޮޓޭމިއާއަށް ވަޑައިގެންނެވިކަން ވެސް ޢީސޫއަށް އެނގިއްޖެއެވެ.


މާތްކަލާނގެ ޔަޢުޤޫބުގެފާނަށް ވަޙީކުރެއްވިއެވެ. ”⁠ބައިތުއީލްއަށް ގޮސް އެތަނުގައި ދިރިއުޅެން ފަށާ! އެއީ ތިބާގެ ބޭބެ ޢީސޫއަށް ތިބާއަށް ފިލަން ދުވި ހިނދު އެތަނެއްގައި ތިބާގެ ކުރިމައްޗަށް ތިމަންކަލާނގެ ފާޅުވެގެންވިތަންމެ. އަދި ތިމަންކަލާނގެ ކިބަފުޅަށް ޤުރުބާން ކުރުމަށް ޚާއްސަ އައްޓެއް އެތަނުގައި ބިނާކުރޭ.⁠“


ބަފާއަށް މަލާމާތް ކޮށް އަމާގެ ބަސްނާހާ މީހާ މިނިކާމާދޫނިތައް އައިސް ކާލާނެއެވެ. ގޮނޑުދޮށުގައި އުޅޭ ކާޅުތައް އައިސް މަލާމާތްކުރާ ލޯތަކަށް ކޮއްޖަހާނެއެވެ.


ޕަތަރަސްއާއި އެހެން ވެސް މަންދޫބުން މި ފަދައިން ބުނެ ޖަވާބުދިނެވެ. ”⁠އަޅުގަނޑުމެން ކިޔަމަން ވަނީ އިންސާނުންގެ ބަސްތަކަކަށް ނޫން. އަޅުގަނޑުމެން ކިޔަމަން ވަނީ މާތްރަސްކަލާނގެ ބަސްފުޅަށް.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ