Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 27:42 - ކިތާބުލް މުޤައްދަސާ

42 ޔަޢުޤޫބުގެފާނު އަވަހާރަ ކޮށްލެއްވުމުގެ ރޭވުން ޢީސޫ ރާވަމުން ގެންދާކަން މީސްތަކުންނަށް އެނގުމުން އެބައިމީހުން ރިފްޤާއަށް މި ޚަބަރު ދިނެވެ. އެއަށް ފަހު އެކަމަނާ ޔަޢުޤޫބުގެފާނު ގެންނަވާ މިފަދައިން ވިދާޅުވިއެވެ. ”⁠އަޑުއަހާ، ދަރިފުޅުގެ ބޭބެ ދަރިފުޅުގެ މައްޗަށް ބަދަލުހިފުމުގެ ގޮތުން ދަރިފުޅު މަރާލުމުގެ ރޭވުން އެބަރާވާ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 27:42
11 ပူးပေါင်းရင်းမြစ်များ  

މިކަމާއި ގުޅިގެން ޢީސޫގެ ހިތުގައި ޔަޢުޤޫބުގެފާނުގެ މައްޗަށް ގަދަވެގެންވާ ޙަސަދަވެރިކަމެއް އުފެދިގެން ދިޔައެވެ. އެއީ ޔަޢުޤޫބުގެފާނު އެކަލޭގެފާނަށް މަކަރު ހެއްދެވުމުގެ ސަބަބުންނެވެ. އެގޮތުން ޔަޢުޤޫބުގެފާނު އަވަހާރަ ކޮށްލުމަށްޓަކައި ޢީސޫ، އެކަލޭގެފާނުގެ ހިތުގެ ތެރޭގައި މިފަދައިން ރާވަމުން ގެންދިޔައެވެ. ”⁠އަހަރެންގެ ބައްޕާފުޅު އަވަހާރަވީހާ އަވަހަކަށް އެކަލޭގެފާނުގެ މައްޗަށް އަހަރެން ހިތާމަ ކޮށް ނިމުމުން އަހަރެން ޔަޢުޤޫބު މަރާލާނަން.⁠“


އެހެންވީމާ، މަގޭ ދަރިފުޅާ، މަންމަ މި އެދޭ ފަދައިން ކަންތައް ކުރޭ. މަންމަގެ ބޭބެ ލަބާން ޙާރާން ސަހަރުގައި ދިރިއުޅެމުން ދާނެ. އެ ސަހަރަށް ދޭ.


މާތްރަސްކަލާކޮ! އަޅާގެ ބޭބެ، ޢީސޫގެ ކިބައިން އަޅާއަށް ސަލާމަތާއި ރައްކާތެރިކަން ދެއްވާނދޭވެ. އެކަލޭގެފާނު އައިސް އަޅާއަށް ޙަމަލާދީ އަޅާއާ އެކުގައި އަޅުގެ އަނބިންނާއި ދަރިން ގަތުލުކޮށްފާނޭ ކަމުގެ މައްޗަށް އަޅާ ބިރުވެތިވަމު.


ޔަޢުޤޫބުގެފާނު އެތަނުގައި ހުންނަވައި އެކަލޭގެފާނުގެ ބޭބެ ޢީސޫގެ ގާތަށް ޚަބަރާއިގެން ބަޔަކު ފޮނުއްވިއެވެ. އަދި އެ ދުވަސްތަކުގައި ޢީސޫ ދިރިއުޅެމުން ގެންދިޔައީ ސަޢީރުގެ ބިން ނުވަތަ އަދޫމް ގައެވެ.


އެމީހުންނަކީ ނުބައިކަންތައް ކުރާ ހިތްވާ ބައެކެވެ. އެމީހުން ގަޔާވަނީ ނުބައިނުލަފާ ކަންތަކާއެވެ.


ދާއޫދުގެ ދެ އަނބިން ކަމުގައިވާ ޔަޒްރަޢީލުގެ އަޚީނޫޢަމް އާއި ނާބާލްގެ ހުވަފަތް އަނބި ކަރްމަލުގެ އަބީޖާއިލް ވެސް ވަނީ އަތުލައިގެންފަ އެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ