Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 27:4 - ކިތާބުލް މުޤައްދަސާ

4 އަދި އޭގެ މަހުން އަހަރެންނަށް މީރު ގޮތަށް ކެއުމެއް ކައްކައިގެން ދަރިފުޅު އަހަރެންނަށް ގެނެސްދީ. އަހަރެން މަރުވުމުގެ ކުރިން އެ ކެއުން ކެއުމަށް ފަހު ދަރިފުޅަށް ބަރަކާތް ލެއްވުމަށް ދަންނަވާނަން.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 27:4
23 ပူးပေါင်းရင်းမြစ်များ  

”⁠އުޑުތަކާއި ބިން ހެއްދެވި އެންމެ މަތިވެރި ރަސްކަލާނގެ ޙަޟްރަތުން ތިބާއަށް ނިޢުމަތް ލެއްވުމަށް އަހަރެން އެދެން. ހުރިހާ ތަޢުރީފެއް ޙައްޤުވެގެން ވަނީ ދުޝްމަނުންގެ މައްޗަށް ތިބާއަށް ފަތަޙަ ދެއްވި އެންމެ މަތިވެރި ރަސްކަލާނގެއަށް.⁠“ އެއަށް ފަހު އަބްރާމްގެ ޣަނީމާ މުދަލުގެ ދިހަބައިކުޅަ އެއްބައި މަލްކީޞާދިޤުއަށް ވެދުން ކުރެއްވިއެވެ.


ރިފްޤާގެ އާއިލާ އެކަނބުލޭގެއަށް ރަޙުމަތް ލެއްވުން އެދި މިފަދައިން ދުޢާކުރިމެއެވެ. ”⁠އުޚުތާ، ތިބާއަކީ އެތައްހާސް ބައެއްގެ މަޔަކަށް ވާށި. އަދި ތިބާގެ ދަރިފަސްކޮޅު، އެމީހުންގެ ޢަދާވާތްތެރިންގެ ޤައުމުތައް ޙިސާރު ކުރާށި.⁠“


އެހެންވެ ޔަޢުޤޫބުގެފާނު ވަޑައިގެން މައިކަމަނާއަށް ޅަ ދެބަކަރި ގެނެސްދެއްވިއެވެ. ދެން އެކަލޭގެފާނުގެ ބަފައިކަލުން އެންމެ ރުހިލައްވާ އަދި އެކަލޭގެފާނަށް އެންމެ މީރު ފަރިއްކޮޅު އެ ތަކެތިން ކައްކުވައިފިއެވެ.


އެއަށް ފަހު އެކަމަނާ ތައްޔާރު ކޮށްދެއްވި މީރު ފަރިއްކޮޅާއި އަދި އެކަމަނާ ފިއްސެވި ބޯފޮޅި އެކަމަނާގެ ދަރިކަލުން ޔަޢުޤޫބުގެފާނުގެ އަތްޕުޅަށް ދެއްވިއެވެ.


ޔަޢުޤޫބުގެފާނުގެ ރައްދުގައި ދެންނެވިއެވެ. ”⁠މިއީ ބައްޕަގެ ދޮށީ ފިރިހެންދަރިފުޅު ޢީސޫ. އަޅުގަނޑު މިއައީ ބައްޕަ ވިދާޅުވި ފަދައިން ކަންތައް ކޮށްގެން. ތެދުވެ ވަޑައިގެން އަޅުގަނޑު ތައްޔާރު ކޮށްގެން މިގެނައި ތަކެތި ފަރީއްކުޅުއްވާ. އެއަށް ފަހު އަޅުގަނޑަށް ބަރަކާތް ލެއްވުމަށް އެދި ދުޢާ ކޮށްދެއްވާ.⁠“


އެއަށް ފަހު އިސްޙާޤުގެފާނު، ޢީސޫ ކަމަށް ހީކުރައްވާ ޔަޢުޤޫބުގެފާނަށް ބަރަކާތް ލެއްވުމަށް އެދި ދުޢާ ކުރެއްވިއެވެ.


ދެން އިސްޙާޤުގެފާނު ވިދާޅުވިއެވެ. ”⁠ދަރިފުޅު ތިޔަގެނައި ކެއުން ބައްޕައަށް ދީ. އެ ތަކެތި ކެއުމަށް ފަހު ދަރިފުޅަށް ބަރަކާތް ލެއްވުމަށް އެދި ބައްޕަ ދުޢާ ކޮށްދެއްވާނަމު.⁠“ ދެން ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ ބައްޕާފުޅަށް ފަރިއްކޮޅު އެރުވިއެވެ. އަދި އެތަކެތި އިސްޙާޤުގެފާނު ފަރިއްކުޅުއްވުމުން މޭބިސްކަދުރުގެ ދިޔަ ވެސް އެރުއްވިއެވެ. ދެން އިސްޙާޤުގެފާނު އެ ދިޔަ ފޮދު ވެސް ހިއްޕެވިއެވެ.


އެހެންވެ ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ ބައްޕާފުޅު އިސްޙާޤުގެފާނަށް ބޮސްދިނުމަށް އެކަލޭގެފާނާއި ކައިރިއަށްޖެހި ވަޑައިގަތެވެ. އެ ހިނދު އިސްޙާޤުގެފާނަށް ޢީސޫގެ ހެދުމުގެ ވަސްދުވެ ވަޑައިގަތުމުން އެކަލޭގެފާނަށް ބަރަކާތް ލެއްވުމަށް އެދި މިފަދައިން ދެންނެވިއެވެ. ”⁠އާހ، ދަރިފުޅުގެ ހެދުމުގެ ވަސް އަހަރެންނަށް ދުވި ހިނދު، މާތްރަސްކަލާނގެ ބަރަކާތް ލައްވާފައިވާ ތާޒާ މައިދާނެއް ފަދަ.


އަދި އެކަލޭގެފާނު ވެސް ވަރަށް މީރު ފަރިއްކޮޅެއް ތައްޔާރު ކުރައްވައިގެން ބަފައިކަލުންނަށް ވެދުމަށް އެރުވުމަށް ވަޑައިގެންނެވުމަށް ފަހު ދެންނެވިއެވެ. ”⁠ބައްޕާފުޅާ، ތެދެވެވަޑައިގަންނަވާ، އަދި ބައްޕާފުޅުގެ ދަރިފުޅުގެ ޝިކާރައިން ގެނައި ފަރިއްކޮޅުން ފަރީއްކުޅުއްވާ. އެއަށް ފަހު އަޅުގަނޑަށް ބަރަކާތަށް އެދިވަޑައިގެން ދުޢާކޮށްދެއްވާ!⁠“


އިސްޙާޤުގެފާނު މިފަދައިން ޢީސޫއަށް ވިދާޅުވިއިރު ރިފްޤާ ހުންނެވީ އަޑު އައްސަވާށެވެ. ދެން ޢީސޫ ޝިކާރަ ކުރުމަށް ދިޔައެވެ.


’⁠ޝިކާރައެއް ހިއްޕަވައިގެން އައިސް ބައްޕާފުޅަށް މީރު ކެއުމެއް ކައްކަވައިގެން ގެނެސް ދެއްވުމަށް އެދިވަޑައިގެންނެވި. އެއީ ބައްޕާފުޅު އަވަހާރަވުމުގެ ކުރިން ޢީސޫއަށް މާތްރަސްކަލާނގެ ޙަޟްރަތުން ބަރަކާތް ލެއްވުން އެދިވަޑައިގެން އެކަލާނގެއަށް ދެންނެވުމަށް ކަމުގައި ވެސް ވިދާޅުވި.⁠‘


އަހަރެމެންގެ ބަކަރިތައް ކައިރިއަށް ގޮސް އެ ބަކަރިތަކުގެ ތެރެއިން އެންމެ ރަނގަޅު ޅަ ދެބަކަރި ކަތިލައިގެން މަންމަގެ ގާތަށް ގެނެސްދީ. އަހަރެން ދަރިފުޅުގެ ބައްޕާފުޅު އެންމެ ރުހިވަޑައިގަންނަވާ މީރު ފަރިއްކޮޅު ކައްކާނަން.


ކުޅަދުންވަންތަ ކަލާނގެ ދަރިފުޅުގެ ކައިވެންޏަށް ރަޙުމަތްލައްވައި ގިނަގުނަ ދަރިން ދެއްވާހުށި. އެގޮތުން ދަރިފުޅު ގިނަ ޤައުމުތަކެއްގެ ބަފައިކަލުން ކަމުގައިވާނެ!


ޔޫސުފުގެފާނު އެކަލޭގެފާނުގެ ބަފައިކަލުންނަށް މިފަދައިން ދެންނެވިއެވެ. ”⁠މިއީ މިޞްރުގައި މާތްކަލާނގެ އަހަރެންނަށް ދެއްވި ދެ ފިރިހެން ދަރިން.⁠“ އިސްރާއީލުގެފާނު މިފަދައިން ވިދާޅުވިއެވެ. ”⁠ތިބާގެ އެ ފިރިހެން ދަރިން އަހަރެންގެ ކައިރިއަށް ގެނޭ. އޭރުން އެ ދަރިންގެ ބަރަކާތަށް އެދި އަހަރެން ދަންނަވާނަން.⁠“


މަތީގައި ބަޔާންކުރެވިފައި އެވަނީ ބަނީއިސްރާއީލުގެ ބާރަ ގަބީލާއެވެ. އަދި އެބައިމީހުންނާއި މުޚާތަބު ކުރައްވައި ޔަޢުޤޫބުގެފާނު ވިދާޅުވި ބަސްފުޅުން ކޮންމެ ކުއްޖަކަށް އެކަށޭނަ ގޮތުގެ މަތިން އެކަލޭގެފާނު ބަރަކާތް ލެއްވުމަށް އެދި ދެންނެވިއެވެ.


ދެން ސިމިއޯން އެމީހުންނަށް ބަރަކާތް ލެއްވުމަށް އެދި ދުޢާ ކުރިއެވެ. އަދި މަރިޔަމްގެފާނަށް ބުންޏެވެ. ”⁠މިކުއްޖާއަކީ ބަނީއިސްރާއީލުގެ އެތައްބަޔެއްގެ ނެތި ދިއުން ކަމުގައި އަދި އަނެއްބައެއްގެ މަތިވެރިވުން ކަމުގައި މާތްރަސްކަލާނގެ ލައްވާނެ. މިދަރިފުޅަކީ މާތްރަސްކަލާނގެ މީސްތަކުންނަށް ފޮނުއްވާ އިންޒާރެއް. އެތައްބަޔަކުމެ މި އިންޒާރާއި ދެކޮޅުވާނެ.


އަދި ހަމަ އެވަގުތު މާތްރަސްކަލާނގެ އެކަލޭގެފާނު އުޑަށް އުފުއްލެވިއެވެ.


އިސްޙާޤުގެފާނުގެ ކިބަފުޅުގައި ވެސް އީމާންތެރިކަން ހުއްޓެވެ. އެކަލޭގެފާނު ޔަޢުޤޫބުގެފާނާއި ޢީސޫގެ މުސްތަގުބަލަށް ބަރަކާތްލެއްވީ އެހެންވީމައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ