ފެށުން 27:30 - ކިތާބުލް މުޤައްދަސާ30 އިސްޙާޤުގެފާނު ޔަޢުޤޫބުގެފާނުގެ މައްޗަށް ބަރަކާތް ލެއްވުން އެދި ދުޢާކުރައްވައި ނިންމެވިއެވެ. އެއަށް ފަހު ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ ބައްޕާފުޅު އިސްޙާޤުގެފާނުގެ އަރިހުން ވަޑައިގެންނެވިއެވެ. އެ ހިނދު ޢީސޫ ޝިކާރަ ކޮށްގެން އަތުވެއްޖެއެވެ. အခန်းကိုကြည့်ပါ။ |
އެންމެހާ ވަންހަތަކުގެ މީސްތަކުން ދަރިފުޅުގެ އަމުރަށް ކިޔަމަންތެރިވެ ދަރިފުޅަށް ޚިދުމަތް ކުރާނެ. ދަރިފުޅުގެ ގާތްތިމާގެ މީހުންގެ މައްޗަށް ދަރިފުޅު ވެރިކަން ހިންގުމަށް މާތްރަސްކަލާނގެ މެދުވެރި ކުރައްވާނެ. އަދި ދަރިފުޅުގެ އެއްބަނޑު ކުދިން ދަރިފުޅަށް ކުރުނީސް ކުރާނެ. ދަރިފުޅަށް ބަދު ކަންތައްތަކަށް ހިތާ ފަރާތްތަކާއި މެދު މާތްރަސްކަލާނގެ ލަޢުނަތް ލައްވާނެ. އަދި ދަރިފުޅަށް ބަރަކާތަށް އެދޭ ފަރާތްތަކަށް ބަރަކާތް ލެވިގެންވާނެ.“
އަދި އެކަލޭގެފާނު ވެސް ވަރަށް މީރު ފަރިއްކޮޅެއް ތައްޔާރު ކުރައްވައިގެން ބަފައިކަލުންނަށް ވެދުމަށް އެރުވުމަށް ވަޑައިގެންނެވުމަށް ފަހު ދެންނެވިއެވެ. ”ބައްޕާފުޅާ، ތެދެވެވަޑައިގަންނަވާ، އަދި ބައްޕާފުޅުގެ ދަރިފުޅުގެ ޝިކާރައިން ގެނައި ފަރިއްކޮޅުން ފަރީއްކުޅުއްވާ. އެއަށް ފަހު އަޅުގަނޑަށް ބަރަކާތަށް އެދިވަޑައިގެން ދުޢާކޮށްދެއްވާ!“