Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 27:29 - ކިތާބުލް މުޤައްދަސާ

29 އެންމެހާ ވަންހަތަކުގެ މީސްތަކުން ދަރިފުޅުގެ އަމުރަށް ކިޔަމަންތެރިވެ ދަރިފުޅަށް ޚިދުމަތް ކުރާނެ. ދަރިފުޅުގެ ގާތްތިމާގެ މީހުންގެ މައްޗަށް ދަރިފުޅު ވެރިކަން ހިންގުމަށް މާތްރަސްކަލާނގެ މެދުވެރި ކުރައްވާނެ. އަދި ދަރިފުޅުގެ އެއްބަނޑު ކުދިން ދަރިފުޅަށް ކުރުނީސް ކުރާނެ. ދަރިފުޅަށް ބަދު ކަންތައްތަކަށް ހިތާ ފަރާތްތަކާއި މެދު މާތްރަސްކަލާނގެ ލަޢުނަތް ލައްވާނެ. އަދި ދަރިފުޅަށް ބަރަކާތަށް އެދޭ ފަރާތްތަކަށް ބަރަކާތް ލެވިގެންވާނެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 27:29
40 ပူးပေါင်းရင်းမြစ်များ  

ތިބާއަށް ހެޔޮއެދޭ މީހުންނަށް ތިމަންކަލާނގެ ރަޙުމަތް ލައްވާނަން. ތިބާއަށް ނުބައިކޮށް ކަންތައްކުރި މީހަކަށް ތިމަންކަލާނގެ ކޯފާ ލައްވާނަން. އަދި ތިމަންކަލާނގެ ދުނިޔޭގެ ކޮންމެ އާއިލާއަކަށް ތިބާ މެދުވެރިކޮށް ރަޙުމަތް ލައްވާނަން.⁠“


ނަމަވެސް ޔަޢުޤޫބުގެފާނު ވިދާޅުވިއެވެ. ”⁠މިތަނުގައި ހަމަމިހާރު އެ ޙައްޤު އަހަރެންނަށް ދިނުމަށް ތިބާ ވަޢުދުވޭ!⁠“ އަދި ޔަޢުޤޫބުގެފާނު އެދިވަޑައިގެންނެވި ފަދައިން ޔަޢުޤޫބުގެފާނަށް އެ ޙައްޤު ދިނުމަށް ޢީސޫ ވަޢުދުވެ އެ ޙައްޤު ދެއްވިއެވެ.


އިސްޙާޤުގެފާނު ޔަޢުޤޫބުގެފާނުގެ މައްޗަށް ބަރަކާތް ލެއްވުން އެދި ދުޢާކުރައްވައި ނިންމެވިއެވެ. އެއަށް ފަހު ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ ބައްޕާފުޅު އިސްޙާޤުގެފާނުގެ އަރިހުން ވަޑައިގެންނެވިއެވެ. އެ ހިނދު ޢީސޫ ޝިކާރަ ކޮށްގެން އަތުވެއްޖެއެވެ.


އިސްޙާޤުގެފާނު ވިދާޅުވިއެވެ. ”⁠ދަރިފުޅުގެ މައްޗަށް ވެރިކަން ކުރުމުގެ ބާރު ޔަޢުޤޫބުއަށް އަހަރެން ދީފިން. އަދި އެކަލޭގެފާނުގެ އެއްބަނޑު މީހުންނާއި ގާތްތިމާގެ މީހުންނަކީ އެކަލޭގެފާނުގެ ޚާދިމުން ކަމުގައި ވުމަށް ނިންމައިފިން. އަދި އެކަލޭގެފާނަށް ގިނަގުނަ ގޮވާމާއި މޭބިސްކަދުރު ދެއްވުމަށް އެދި ދެންނެވިއްޖެ. މަގޭ ދަރިފުޅާ. ދަރިފުޅަށް ދިނުމަށް އިތުރު އެއްވެސް ކަމެއް ދޫކޮށްލެވިފައި ނުވޭ؟⁠“


ދަރިފުޅުގެ ދިރިއުޅުން ބިނާވާނީ ދަރިފުޅުގެ ކަނޑީގެ ބޭނުން ކޮށްގެން. އަދި ދަރިފުޅު ވާނީ ދަރިފުޅުގެ ކޮއްކޮގެ ޚާދިމެއްގެ ގޮތުގަ. ނަމަވެސް ދަރިފުޅަށް ކެތްނުވެގެން ދެކޮޅުވެރިވެގަތުމުން އެކަލޭގެފާނުގެ އަތްދަށުން ދަރިފުޅު ސަލާމަތް ވެދާނެ.⁠“


ޔޫސުފުގެފާނު އެކަލޭގެފާނަށް ފެނިވަޑައިގެންނެވި މި ހުވަފެންފުޅުގެ ވާހަކައިން އެކަލޭގެފާނުގެ ބަފައިކަލުންނަށް މިފަހަރު ޚަބަރު ދެއްވިއެވެ. ނަމަވެސް އެކަލޭގެފާނުގެ ބަފައިކަލުން މިފަދައިން އަޑުލެއްވިއެވެ. ”⁠ތިޔައީ ކޮންފަދަ ހުވަފެނެއް؟ އަހަރެންނާއި ތިބާގެ މައިމީހާގެ އިތުރުން ތިބާގެ އެންމެހާ އަޚުން ތިބާގެ ކުރިމައްޗަށް އައިސް ގުދުވެ ކުރުނީސް ކުރާނެކަމަށް ތިބާ ގަބޫލުކުރަމުތަ؟⁠“


އަހަރެމެން އެންމެން ދަނޑުގައި ތިބެ ގޮވާން ކެނޑުމަށް ފަހު ބޮނޑިބޮނޑިއަށް އެގޮވާން ބަންނަމުން ދިޔައިން. ކުއްލިއަކަށް އަހަރެން ބަނދެފައި އޮތް ގޮވާން ބޮނޑި ކޮޅަށް ޖެހުނު. އެ ހިނދު ތިބާމެން ބަނދެފައި ހުރި ބޮނޑިތައް އަހަރެންގެ ބޮނޑީގެ ވަށައިގެން އެއްވެ އެ ބޮނޑިއަށް ސަޖިދަކުރި.⁠“


މާތްކަލާނގެ ޔާފަޘުއަށް މިލްކުވެގެންވާ ސަރަހައްދު އިތުރު ކުރައްވާހުށި. ޔާފަޘު ސާމުގެ ފޭލިގެތަކުގައި ދިރިއުޅޭ ހުށި. އަދި ކަންޢާނުގެ ދަރިފަސްކޮޅަކީ އޭނާގެ ބައްޕަގެ ދެބޭބެއިންނާއި އެދެމީހުންގެ ދަރިފަސްކޮޅުގެ އަޅުން ކަމުގައި ވާހުށި.⁠“


ރަސްގެފާނު ޖަވާބުގައި ވިދާޅުވާނެ. ’⁠އަހަރެން މިބުނަނީ ތެދެއް. މީސްތަކުންގެ ތެރޭން އަހަރެންނަށް އިމާންވާ އެންމެ ދެރަ މީހާއާ މެދު އެފަދަ ކަމެއް ކުރިޔަސް އެކަމެއް އެކޮށްދެވުނީ އަހަރެންނަށް.⁠‘


ރަސްގެފާނު އެބައިމީހުންނަށް ވިދާޅުވާނެ. ’⁠އަހަރެން މިބުނަނީ ތެދެއް. ކަލޭމެން އަހަރެންނަށް އިމާންވާ މީހުންގެ ތެރެއިން އެންމެ ދެރަމީހަކަށް ވެސް އެފަދަ ކަމެއް ކޮށް ނުދީފިނަމަ އެކަމެއް ކޮށް ނުދެވުނީ ތިމަން މަނިކުފާނަށް.⁠‘⁠“


އެކަލޭގެފާނުގެ ރިދާކޮޅު ގައްޔާއި އެކަލޭގެފާނުގެ ފައިގެ ފަލަމަސްގަނޑުގައި މި ނަން ލިޔެވިގެން ވެއެވެ. ”⁠ރަސްރަސްކަލުންގެ ރަސްގެފާނު އަދި ސާހިބުންގެ ސާހިބާ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ