23 އެއަށް ފަހު އިސްޙާޤުގެފާނު، ޢީސޫ ކަމަށް ހީކުރައްވާ ޔަޢުޤޫބުގެފާނަށް ބަރަކާތް ލެއްވުމަށް އެދި ދުޢާ ކުރެއްވިއެވެ.
”އަޅުގަނޑުގެ ބޭބެ ޢީސޫ އަކީ އިސްތަށިގިނަ މީހެއް. އަޅުގަނޑަކީ ގައިގެ ހަން އޮމާން މީހެއް.
އަދި ޔަޢުޤޫބުގެފާނުގެ ގައިގެ ހަމުގައި ފާޅުވެފައިވާ ހިސާބުން އަތްޕުޅާއި ކަރުފުޅު ބަކަރި ކެހެރީން ފޮރުވައި ދެއްވިއެވެ.
ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ ކަރިއަށް ވަޑައިގަތުމުން ޔަޢުޤޫބުގެފާނުގެ ގައިކޮޅުގައި އަތްޕުޅު ބީއްސަވާ ލެއްވުމަށް ފަހު އިސްޙާޤުގެފާނު ވިދާޅުވިއެވެ. ”ދަރިފުޅުގެ އަޑު ހީވަނީ ޔަޢުޤޫބުގެ އަޑުހެން. އެހެނަސް ދަރިފުޅުގެ އަތުގައި ތިޔަވަނީ ޢީސޫ ފަދައިން އިސްތަށި ފަޅާފަ.“
އިސްޙާޤުގެފާނު ސުވާލު ކުރެއްވިއެވެ. ”ތިޔައީ ޙަޤީޤަތުގައި ވެސް ހަމަ ޢީސޫތަ؟“ ޔަޢުޤޫބުގެފާނު ވިދާޅުވިއެވެ. ”އާދެ، ބައްޕާ. އަޅުގަނޑަކީ ހަމަ ޢީސޫ.“
އިސްޙާޤުގެފާނުގެ ކިބަފުޅުގައި ވެސް އީމާންތެރިކަން ހުއްޓެވެ. އެކަލޭގެފާނު ޔަޢުޤޫބުގެފާނާއި ޢީސޫގެ މުސްތަގުބަލަށް ބަރަކާތްލެއްވީ އެހެންވީމައެވެ.