21 އެއަށް ފަހު އިސްޙާޤުގެފާނު ޔަޢުޤޫބުގެފާނަށް ބުންޏެވެ. ”މަގޭ ދަރިފުޅާ، ކައިރިއަށް އާދޭ. ތިޔައީ ޢީސޫތޯ ފާހަގަ ކުރުމަށް ބައްޕަ ދަރިފުޅު ގައިގައި އަތްލާން ބޭނުން.“
ބައްޕާފުޅު އަޅުގަނޑުގެ ގައިގައި އަތް ބީއްސަވާލައްވައި، އަޅުގަނޑު ބައްޕާފުޅަށް އޮޅުވާލައްވަނީ ކަން އެނގިވަޑައިގެން، އަޅުގަނޑަށް ބަރަކާތް ލެއްވުމުގެ ބަދަލުގައި އަޅުގަނޑުގެ މައްޗަށް ބަދު ދުޢާފުޅެއް ކުރައްވައިފާނެ.“ ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ މައިކަމަނާއަށް ހަނދުމަ ކޮށްދެއްވިއެވެ.
ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ ކަރިއަށް ވަޑައިގަތުމުން ޔަޢުޤޫބުގެފާނުގެ ގައިކޮޅުގައި އަތްޕުޅު ބީއްސަވާ ލެއްވުމަށް ފަހު އިސްޙާޤުގެފާނު ވިދާޅުވިއެވެ. ”ދަރިފުޅުގެ އަޑު ހީވަނީ ޔަޢުޤޫބުގެ އަޑުހެން. އެހެނަސް ދަރިފުޅުގެ އަތުގައި ތިޔަވަނީ ޢީސޫ ފަދައިން އިސްތަށި ފަޅާފަ.“
މާތްރަސްކަލާނގެ އާއިމެދު ގާތް ގުޅުމެއްގައިވާށެވެ. އޭރުން އެކަލާނގެ ކަލޭމެންނާއި ކައިރިވެ ވޮޑިގެންވާނެއެވެ. އޭ ދެފުށަށްކެނޑޭ ފާފަވެރިންނޭވެ! ކަލޭމެންގެ ޙަޔާތުން ފާފަވެރިކަން ފޮހެލާށެވެ. ކަލޭމެންގެ ހިތްތައް ވެސް ތާހިރު ކުރާށެވެ.