Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 27:19 - ކިތާބުލް މުޤައްދަސާ

19 ޔަޢުޤޫބުގެފާނުގެ ރައްދުގައި ދެންނެވިއެވެ. ”⁠މިއީ ބައްޕަގެ ދޮށީ ފިރިހެންދަރިފުޅު ޢީސޫ. އަޅުގަނޑު މިއައީ ބައްޕަ ވިދާޅުވި ފަދައިން ކަންތައް ކޮށްގެން. ތެދުވެ ވަޑައިގެން އަޅުގަނޑު ތައްޔާރު ކޮށްގެން މިގެނައި ތަކެތި ފަރީއްކުޅުއްވާ. އެއަށް ފަހު އަޅުގަނޑަށް ބަރަކާތް ލެއްވުމަށް އެދި ދުޢާ ކޮށްދެއްވާ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 27:19
15 ပူးပေါင်းရင်းမြစ်များ  

ފުރަތަމަ ދަރިކަލުން ވަނީ ރަތް ކުލައިގައެވެ. އޭނާގެ ގައިގެ ހަން ވަނީ ލޯލީގެ ރިދާއެއް ފަދައިންނެވެ. އެދަރިފުޅަށް ޢީސޫ އޭކިޔައި ނަންދެއްވިއެވެ.


ޢީސޫ ޝިކާރަ ކުރައްވައި ވަލު ޖަނަވާރުތަކުގެ މަސް އެކަލޭގެފާނުގެ ބައްޕާފުޅު އިސްޙާޤުގެފާނު ފަރިއްކުޅުއްވުމަށް އަރުވައެވެ. އިސްޙާޤުގެފާނު ޢީސޫ ދެކެ ނުހަނު ލޯބިފުޅުވެއެވެ. ނަމަވެސް ޔަޢުޤޫބުގެފާނަކީ އެކަލޭގެފާނުގެ މަންމާފުޅު، ރިފްޤާ އެންމެ ރުހޭ ދަރިކަލުންނެވެ.


ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ ބައްޕާފުޅުގެ އަރިހަށް ވަޑައިގެންނެވުމަށް ފަހު މިފަދައިން ދެންނެވިއެވެ. ”⁠ބައްޕާފުޅާ!⁠“ އަދި އެކަލޭގެފާނުގެ ބައްޕާފުޅު ޖަވާބުގައި ވިދާޅުވިއެވެ. ”⁠އަހަރެންގެ ދެދަރިކަލުންގެ ތެރެއިން ތިޔައީ ކޮން ދަރިކަލެއްތަ؟⁠“


އެއަށް ފަހު އިސްޙާޤުގެފާނު ޔަޢުޤޫބުގެފާނަށް ބުންޏެވެ. ”⁠މަގޭ ދަރިފުޅާ، ކައިރިއަށް އާދޭ. ތިޔައީ ޢީސޫތޯ ފާހަގަ ކުރުމަށް ބައްޕަ ދަރިފުޅު ގައިގައި އަތްލާން ބޭނުން.⁠“


އަދި އެކަލޭގެފާނު ވެސް ވަރަށް މީރު ފަރިއްކޮޅެއް ތައްޔާރު ކުރައްވައިގެން ބަފައިކަލުންނަށް ވެދުމަށް އެރުވުމަށް ވަޑައިގެންނެވުމަށް ފަހު ދެންނެވިއެވެ. ”⁠ބައްޕާފުޅާ، ތެދެވެވަޑައިގަންނަވާ، އަދި ބައްޕާފުޅުގެ ދަރިފުޅުގެ ޝިކާރައިން ގެނައި ފަރިއްކޮޅުން ފަރީއްކުޅުއްވާ. އެއަށް ފަހު އަޅުގަނޑަށް ބަރަކާތަށް އެދިވަޑައިގެން ދުޢާކޮށްދެއްވާ!⁠“


އެހެނަސް އިސްޙާޤުގެފާނު ރައްދުގައި ވިދާޅުވިއެވެ. ”⁠ދަރިފުޅުގެ ކޮއްކޮ މަކަރުވެރިގޮތުގައި މިތަނަށް އައިސް ދަރިފުޅަށް ލިބިދޭންޖެހޭ ބަރަކާތް ލިބިގެންފި.⁠“


އަދި އޭގެ މަހުން އަހަރެންނަށް މީރު ގޮތަށް ކެއުމެއް ކައްކައިގެން ދަރިފުޅު އަހަރެންނަށް ގެނެސްދީ. އަހަރެން މަރުވުމުގެ ކުރިން އެ ކެއުން ކެއުމަށް ފަހު ދަރިފުޅަށް ބަރަކާތް ލެއްވުމަށް ދަންނަވާނަން.⁠“


ދަރިފުޅު ޢީސޫ އާއިމެދު ކުރިކަންތައް ހަނދާންނެތި އަދި އެކަލޭގެފާނުގެ ރުޅިވެރިކަން ދަރިފުޅުގެ މަތިން ފިލައި ދިއުމުން ގެއަށް އައުމަށް މަންމަ އަންގާނަން. ތިޔަ ދެބެއިން އެކުގައި ނިމި ދާކަށް މަންމައެއް ނޭދެމު.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ