16 އަދި ޔަޢުޤޫބުގެފާނުގެ ގައިގެ ހަމުގައި ފާޅުވެފައިވާ ހިސާބުން އަތްޕުޅާއި ކަރުފުޅު ބަކަރި ކެހެރީން ފޮރުވައި ދެއްވިއެވެ.
ފުރަތަމަ ދަރިކަލުން ވަނީ ރަތް ކުލައިގައެވެ. އޭނާގެ ގައިގެ ހަން ވަނީ ލޯލީގެ ރިދާއެއް ފަދައިންނެވެ. އެދަރިފުޅަށް ޢީސޫ އޭކިޔައި ނަންދެއްވިއެވެ.
އެއަށް ފަހު ރިފްޤާ، އެގޭގައި ހުރި އެކަމަނާގެ ދޮށީ ދަރިކަލުން ޢީސޫގެ އެންމެ މޮޅު ހެދުން ގެނެސް އެކަމަނާގެ ހަގު ދަރިކަލުން ޔަޢުޤޫބުގެފާނު ތުރުކުރެއްވިއެވެ.
އެއަށް ފަހު އެކަމަނާ ތައްޔާރު ކޮށްދެއްވި މީރު ފަރިއްކޮޅާއި އަދި އެކަމަނާ ފިއްސެވި ބޯފޮޅި އެކަމަނާގެ ދަރިކަލުން ޔަޢުޤޫބުގެފާނުގެ އަތްޕުޅަށް ދެއްވިއެވެ.
އެއަށް ފަހު އިސްޙާޤުގެފާނު، ޢީސޫ ކަމަށް ހީކުރައްވާ ޔަޢުޤޫބުގެފާނަށް ބަރަކާތް ލެއްވުމަށް އެދި ދުޢާ ކުރެއްވިއެވެ.