13 މައިކަމަނާ އެކަލޭގެފާނަށް ވިދާޅުވިއެވެ. ”ދަރިފުޅާ. ބައްޕާފުޅު ބަދު ދުޢާއެއް ކުރައްވައިފިނަމަ އެ ބަދުނާމު މަންމަ ބަލައިގަންނާނަން. މަންމަ މިބުނާ ފަދައިން ކަންތައް ކުރޭ. ގޮސް ބަކަރި ގެނެސްދީ!“
މާތްރަސްކަލާނގެ އެކަމަނާއަށް ވަޙީކުރެއްވިއެވެ. ”ކަމަނާގެ ދެ ދަރިކަލުން ވާހުށީ ވަކި ދެ ޤައުމެއް ކަމުގައޭ. ދެ ދަރިކަލުންގެ ތެރެއިން ހަގު ދަރިކަލުން ދޮށީ ދަރިކަލުންގެ މައްޗަށް ބާރު ފޯރުވާނޭ. އަދި ދޮށީ ދަރިކަލުން ވާހުށީ ހަގު ދަރިކަލުންގެ ޚާދިމަކަށޭ.“
ނަމަވެސް ޔަޢުޤޫބުގެފާނު ވިދާޅުވިއެވެ. ”މިތަނުގައި ހަމަމިހާރު އެ ޙައްޤު އަހަރެންނަށް ދިނުމަށް ތިބާ ވަޢުދުވޭ!“ އަދި ޔަޢުޤޫބުގެފާނު އެދިވަޑައިގެންނެވި ފަދައިން ޔަޢުޤޫބުގެފާނަށް އެ ޙައްޤު ދިނުމަށް ޢީސޫ ވަޢުދުވެ އެ ޙައްޤު ދެއްވިއެވެ.
އެހެންވެ ޔަޢުޤޫބުގެފާނު ވަޑައިގެން މައިކަމަނާއަށް ޅަ ދެބަކަރި ގެނެސްދެއްވިއެވެ. ދެން އެކަލޭގެފާނުގެ ބަފައިކަލުން އެންމެ ރުހިލައްވާ އަދި އެކަލޭގެފާނަށް އެންމެ މީރު ފަރިއްކޮޅު އެ ތަކެތިން ކައްކުވައިފިއެވެ.
އެހެންވީމާ، މަގޭ ދަރިފުޅާ، މަންމަ މި އެދޭ ފަދައިން ކަންތައް ކުރޭ. މަންމަގެ ބޭބެ ލަބާން ޙާރާން ސަހަރުގައި ދިރިއުޅެމުން ދާނެ. އެ ސަހަރަށް ދޭ.
އެހެންވީމާ، މަގޭ ދަރިފުޅާ މަންމައަށް ކިޔަމަންވޭ. އަދި މަންމަ މި އެދޭފަދައިން އަމަލުކުރޭ.
އަހަރެން ބަންޔާމީނާއިމެދު ޒިންމާވާނަމު. އޭނާއަށް ރައްކާތެރިކަން ޚުދު އަހަރެން ދޭނަން. އަދި ބަފައިކަލުންގެ އަރިހަށް އޭނާ ގެނެސްދޭނަން ވެސްމެ. މިފަދައިން އަހަރެންނަށް އަމަލު ނުކުރެވިއްޖެނަމަ އެކަމުގެ އިލްޒާމު މުޅި އުމުރަށް އަހަރެންގެ ބޮލުގައި އަޅުއްވާ.
އެއަންހެނާ ރަސްގެފާނަށް ދެންނެވިއެވެ. ”އޭ އަޅުގަނޑުގެ ވެރި ސާހިބު ރަސްގެފާނު! މިކަމުގެ ކުށް އަޅުގަނޑާއި އަޅުގަނޑުގެ ބައްޕަގެ އާއިލާގެ މައްޗަށް އަޔަ ދެއްވާ. ރަސްގެފާނުގެ ރަސްކަމުގައި މިކަމުގެ އިލްޒާމު ނައަޅުއްވާ!“
ދެން އެ ހުރިހާ އެންމެން އެއްއަޑަކުން ޖަވާބު ދިނެވެ. ”އަހަރެމެންނާއި އަދި އަހަރެމެންގެ ދަރިން އޭނާގެ މަރުގެ ޒިންމާ އުފުލާނަން!“
އޭނާ ދާއޫދުގެ ފައިމައްޗަށް ވެއްޓިގެންފައި ބުނެފިއެވެ. ”ސާހިބާ! ތިޔަ ކަމުގެ ހުރިހާ ޒިންމާއެއް އަޅުގަނޑުގެ މައްޗަށް އަޅުވާ. ސާހިބުގެ ޚާދިމާ މި ދަންނަވާ އެއްޗެއް އަޑުއައްސަވާ!