Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 26:7 - ކިތާބުލް މުޤައްދަސާ

7 އަދި ރިފްޤާގެ ރީތިކަމާއި ޅަނދޮޅު ކަމުގެ ސަބަބުން އެބައިމީހުންގެ ތެރެއިން މީހަކު ރިފްޤާގެ ބޭނުމުގައި އެކަލޭގެފާނު އަވަހާރަ ކޮށްލައިފާނޭ ކަމުގެ ބިރުފުޅަށްޓަކައި އެކަމަނާ އަކީ އެކަލޭގެފާނުގެ ކޮއްކޮ ކަމުގައި އެންމެހާ ރައްޔިތުންގެ ގާތު ވިދާޅުވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 26:7
15 ပူးပေါင်းရင်းမြစ်များ  

އެބޭކަލުން މިޞްރާ ވަރަށް ކައިރިވެފައި ވަނިކޮށް އަބްރާމް އެކަލޭގެފާނުގެ އަނބިކަނބަލުންނަށް ވިދާޅުވިއެވެ. ”⁠ސާރާއީ. ތިބާއަކީ ވަރަށް ރީތި އަންހެނެއް.


ތިބާ އެމީހުން ގާތު ތިބާ ތިޔައީ މަގޭ ކޮއްކޮއޭ ބުނޭ. އޭރުން ތިބާގެ ސަބަބުން އެމީހުން އަހަރެންނަށް ހެޔޮކޮށްހިތާނެ. އަދި އޭރުން އަހަރެންގެ ފުރާނަ ވެސް ސަލާމަތްވާނެ.⁠“


މިޞްރުގެ ރަސްގެފާނުގެ ވަޒީރުން ވެސް ސާރާއީގެ ރީތިކަން ފެނި އެރަސްގެފާނުގެ އަރިހުގައި އެކަމަނާގެ ރީތިކަމަށް ތައުރީފުކުރިއެވެ. ރަސްގެފާނަށް މިޚަބަރު ލިބިވަޑައިގަތުމުން ސާރާއީ އެރަސްގެފާނުގެ އަނބިކަނބަލަކަށް ހެއްދެވުމަށް ގަނޑުވަރަށް ގެންދަވައިފިވެ.


އިބްރާހީމްގެފާނު ވިދާޅުވިއެވެ. ”⁠އެއީ މިރަށުގައި މާތްކަލާނގެ ކިބަފުޅަށް ބިރުވެތިވާ އެއްވެސް މީހަކު ނުވާނެ ކަމުގައި އަހަންނަށް ކުރެވުނު ހީއެއްގެ ސަބަބުން. އަދި މިރަށުގެ މީހުން އަހަރެން މަރާލުމަށް ފަހު އަހަރެންގެ އަނބިމީހާ އަތުލައިގެންފާނެ ކަމަށްހީކޮށް.


އަދި އިބްރާހީމްގެފާނުގެ އަނބިކަނބަލުން ސާރާ އަކީ އެކަލޭގެފާނުގެ ކޮއްކޮ ކަމުގައި އެރަށުގެ މީހުންނަށް ވިދާޅުވިއެވެ. އެހެންވެ، އެރަށުގެ ރަސްގެފާނު، އަބީމާލިކު އޭނާގެ ގަނޑުވަރަށް ސާރާ ގެންދެވިއެވެ.


އިބްރާހީމްގެފާނުގެ ދޫފުޅުން ވިދާޅުވި އެކަމަނާއަކީ އެކަލޭގެފާނުގެ ކޮއްކޮ ކަމުގައި. އަދި އެބަސްފުޅާ ސާރާ ވެސް އެއްބަސްވެލެއްވި. އެކަލޭގެފާނަކީ އެ ކަމަނާގެ ބޭބެ ކަމުގައި ބުނުއްވި. އަޅާއަށް ކުރެވުނު ކަމެއް ކުރެވުނީ ހެޔޮ ނިޔަތެއްގައި.⁠“


ރިފްޤާ އަކީ ނުހަނު ރީތި ބިކުރުވެރި އަންހެންކުއްޖެކެވެ. މި ކަނބުލޭގެ ދުވަހަކު ވެސް ފިރިހެނަކާއެކު ރޭކޮށްފައި ނުވޭމެއެވެ. މި ކަނބުލޭގެ ފެންވަޅުގެ ކައިރިއަށް ގޮސް ބަނޑިޔަލަށް ފެން ފުރައިގެން ކުރިއަށް ހިނގައިގަތް ތަނާ އިބްރާހީމްގެފާނުގެ ޚާދިމު ދުވެފައި އައިސް އެ ކަނބުލޭގެއަށް ބުންޏެވެ. ”⁠ކަނބުލޭގެ އަތުގައިވާ ތިޔަ ފެން ބަނޑިޔަލުން އަހަރެންނަށް ފެންފޮދެއް ދީފާނުތަ؟⁠“


އެހެންވެ، އިސްޙާޤުގެފާނު އެކަލޭގެފާނުގެ ރީތި އަނބިކަނބަލުން ރިފްޤާއާއި އެކު ޖަރާރުގައި ދިރިއުޅުއްވަމުން ގެންދެވިއެވެ.


އިސްޙާޤުގެފާނު އެރަށުގައި ދުވަސްތަކެއް ވަންދެން ދިރިއުޅުއްވިއެވެ. މި ދުވަސްތަކުގެ ތެރެއިން އެއް ދުވަހަކު އަބީމާލިކު ރަސްގެފާނު އެމަނިކުފާނުގެ ގަނޑުވަރުގެ ކުޑަދޮރަކުން ބޭރު ބައްލަވައިލި ހިނދު އިސްޙާޤުގެފާނު ރިފްޤާއާއި ގައިގޯޅި ކަމާއެކު ލޯބިކުރައްވަމުން ގެންދަވަނިކޮށް ފެނިވަޑައިގަތެވެ.


ލައިއަތުއަށް ރީތި ދެލޯ ލިބިފައިވެއެވެ. ނަމަވެސް ހުރިހާ ގޮތަކުން ބަލާއިރު ރާޙީލް މާ ރީއްޗެވެ. އެކަނބުލޭގެ މޫނުގެ ފަރިކަމާއި ހަށިގަނޑުގެ ބައްޓަން ފުރިހަމައެވެ.


މީހުން ދެކެ ބިރުގަތުމަކީ ނުރައްކާތެރި ދަންތުރައެކެވެ. މާތްރަސްކަލާނގެ ކިބަފުޅަށް ވަކީލު ކުރުމުން އަމާން ކަން ލިބެއެވެ.


ތިޔަބައިމީހުންނަށް އަނިޔާދީ މަރާލަން އުޅޭ މީހުން ދެކެ ބިރު ގަންނާނެ ކަމެއްނެތް. އެބައިމީހުންނަށް ކުރެވޭނެ ކަމަކީ ތިޔަބައިމީހުންގެ ޖިސްމުތައް ގަތުލު ކުރުން. ނަމަވެސް ތިޔަބައިމީހުންގެ ފުރާނައަކަށް އަނިޔާއެއް އެބައިމީހުންނަކަށް ނުދެވޭނެ. އޭގެބަދަލުގައި ތިޔަބައިމީހުން މާތްރަސްކަލާނގެ ކިބަފުޅަށް ބިރުވެތިވޭ. އެކަލާނގެއީ ޖިސްމާއި ފުރާނަ ނަރަކައިގައި ހަލާކު ކުރެއްވޭނޭ ކަލާނގެ.


ފިރިންނޭވެ. ތިޔަބައިމީހުންގެ އަނބިންނާއިމެދު ތިޔަބައިމީހުން ލޮބުވެތި ކަމާއެކު ގުޅުން ބަހައްޓާށެވެ. އެހެނީ މަސީޙީ ޖަމާޢަތާމެދު އަލްމަސީޙު ވެސް ލޯބިވެ ވަޑައިގަންނަވަނީ އެކަލޭގެފާނުގެ އަނބިކަލެއް ފަދައިންނެވެ. އެކަލޭގެފާނުގެ ނަފްސުކޮޅު ދޫކޮށްލެއްވީވެސް އެޖަމާޢަތަށް އޮތް ލޯތްބަށްޓަކައެވެ.


އެކަކު އަނެކަކަށް ދޮގު ނަހަދާށެވެ. އެހެނީ ތިބައިމީހުންގެ ފާފަވެރި ތަބީޢަތުގައި ހުރި ހުރިހާ ނޭދެވޭ ކަންތަކެއް މިހާރު ތިޔަބައި މީހުން ވަނީ ކަނޑައި އެއްލާލާފައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ