ފެށުން 26:5 - ކިތާބުލް މުޤައްދަސާ5 ތިމަންކަލާނގެ ތިބާއަށް ރަޙުމަތްލައްވާ ސަބަބަކީ އިބްރާހީމްގެފާނު ތިމަންކަލާނގެ އެންގެވި އެންމެހާ އެންގެވުންތަކަށް ކިޔަމަންތެރިކަން އަދާ ކުރައްވައި ތިމަންކަލާނގެ އަމުރުކުރެއްވި ފަދައިން އަމަލު ކުރައްވާފައި ވާތީ.“ အခန်းကိုကြည့်ပါ။ |
ޖެހިގެން އައިދުވަހު މާތްކަލާނގެ ވަޙީބަސްފުޅަށް ޙުރުމަތްތެރިކޮށް ހިއްތަވައި ކިޔަމަންތެރިކަން އަދާ ކުރައްވައި، އިބްރާހީމްގެފާނު އެކަލޭގެފާނުގެ ދަރިކަލުން އިސްމާޢީލް ޚިތާނު ކުރެއްވިއެވެ. އަދި އެކަލޭގެފާނުގެ ހިޔާވަހިކަމުގެ ދަށުގައި ތިބިހާ ފިރިހެނުންނާއި އަޅުންގެ ގޮތުގައި ތިބި ދޭސީ އަދި ބިދޭސީ އެންމެހާ ފިރިހެނުން ވެސް ޚިތާނު ކުރެއްވިއެވެ.
ވުމާއެކު، މާތްރަސްކަލާނގެ އަމުރުފުޅުތަކުގެ ތެރެއިން އެންމެ ކުޑަ އަމުރުފުޅަކާއިމެދު ވެސް އިންކާރުކޮށް ކިޔަމަންނުވެ، އަދި އެއަމުރުފުޅަށް އިންކާރުކުރުމަށް މީސްތަކުންނަށް އުނގަންނައިދޭ މީހާއީ، މާތްރަސްކަލާނގެ ރަސްކަންފުޅުގައި އެންމެ ދަށުދަރައިޖައިގައި ވާނޭ ފަރާތެއް. އެކަމަކު އެންމެހާ އަމުރުފުޅުތަކަށް ކިޔަމަންތެރިވެ އަދި މީސްތަކުންނަށް އެ އަމުރުފުޅުތަކަށް ކިޔަމަންތެރިވުމަށް އުނގަންނައިދޭ މީހާއީ މާތްރަސްކަލާނގެ ރަސްކަންފުޅުގައި އެންމެ މަތިވެރި މީހާ.
އަދި އަހަރެމެން އީސާގެފާނަށް އީމާންވުމުން، އަހަރެމެންނަކީ، ޚިތާނު ކުރެވިފައި، ނުވަތަ ނުކުރެވިވާ ބަޔަކުތޯއެއް މާތްރަސްކަލާނގެ ނުބައްލަވައެވެ. އެއީއަކީ އެކަލާނގެ ކިބަފުޅަށް އެއްގޮތަކަށް ވެސް މުހިންމު ކަމެއް ނޫނެވެ. މުހިންމު ކަމަކީ ކަލޭމެން މީހުންދެކެ ވާލޯބީގެ ސަބަބުން، ކަލޭމެންގެ ކިބައިގައިވާ އީމާންތެރިކަން، ފާޅުވެ އެނގި ފެނިގެން ދިއުމެވެ.
އިބްރާހީމްގެފާނު އީމާންތެރިވެ މާތްރަސްކަލާނގެއަށް ކިޔަމަންތެރިވެ ވަޑައިގަތެވެ. އެހެންކަމުން އެކަލޭގެފާނަށް ދެއްވާނެކަމަށް މާތްރަސްކަލާނގެ އެންގެވި ބިމަށް ދިއުމަށް އެކަލޭގެފާނު ނުކުމެ ވަޑައިގެންނެވިއެވެ. އެކަލޭގެފާނު އަމިއްލަ ރަށް ދޫކުރައްވައި ވަޑައިގެންނެވީ ދުވަހަކު ވެސް ދެކެވަޑައިގެންފައި ނުވާ ތަނަކާ ދިމާއަށެވެ. އެކަލޭގެފާނު މި ދަތުރު ކުރައްވަން ފެއްޓެވީ އެކަލޭގެފާނުގެ އީމާންތެރިކަމުގެ ސަބަބުންނެވެ.
އަހަރެމެންގެ ކާބަފައިކަލުން އިބްރާހީމްގެފާނާއިމެދު މާތްރަސްކަލާނގެ އެދިވޮޑިގެންނެވީ ކިހިނަކުންކަން ތިބާ ހަނދާން އެބަހުރިތަ؟ އެއީ އެކަލޭގެފާނުގެ ޞާލިޙު އަމަލުފުޅުން. އެއީ އެކަލޭގެފާނުގެ ދަރިކަލުން އިސްޙާޤުގެފާނު މާތްރަސްކަލާނގެ ވަޙީބަސްފުޅާއި އެއްގޮތްވާ ގޮތުގެ މަތިން މުޤައްދަސް އަށިމަތީގައި ޤުރުބާނަށް ހުށަހެޅުއްވުން ވެސްމެ.