Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 26:4 - ކިތާބުލް މުޤައްދަސާ

4 ތިމަންކަލާނގެ ތިބާއަށް އުޑުގައިވާ ތަރިތަކާއި އެއްފަދައިން ގުނާ އަދަދު ނުކުރެވޭފަދަ ދަރިފަސްކޮޅެއް ދެއްވާނަމު. އަދި އެ ދަރިފަސްކޮޅަށް މި ބިން ދެއްވާނަމު. އަދި ތިބާގެ ދަރިފަސްކޮޅު މެދުވެރި ކުރައްވައި މި ދުނިޔޭގައިވާ އެންމެހާ ޤައުމުތަކުގައިވާ މީސްތަކުންނަށް ރަޙުމަތް ލައްވާނަމު.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 26:4
22 ပူးပေါင်းရင်းမြစ်များ  

ތިމަންކަލާނގެ ތިބާގެ ދަރިފަސްކޮޅު ދުނިޔޭގައިވާ ވެއްޔަށް ވުރެން އިތުރުކުރައްވައި ގުނާ އަދަދު ނުކުރެވޭ ވަރަށް ގިނަ ކުރައްވާނަން.


މާތްރަސްކަލާނގެ އެދުވަހު އަބްރާމް އާއިއެކު ޢަހުދުނާމާއެއް ކުރައްވާ މިފަދައިން ވަޙީކުރެއްވިއެވެ. ”⁠މިޞްރުގެ ސަރަހައްދު ކައިރީގައި އޮންނަ ކޯރުން ފެށިގެން ފުރާތު ކޯރާއި ހަމަޔަށް ކަލޭގެފާނުގެ ދަރިފަސްކޮޅު އާބާދުވާނެ. އެއީ ޤައިނީންގެ ރަށާއި، ޤަނިއްޒީންގެ ރަށާއި، ޤަދްމޫނީންގެ ރަށާއި، ޙިއްޘީންގެ ރަށާއި، ފިރިއްޒީނުގެ ރަށާއި، ރަފާއީމުގެ މީހުންގެ ރަށާއި، އަމޫރީންގެ ރަށާއި، ކަންޢާނުގެ މީހުންގެ ރަށާއި، ޖިރްޖާޝީންގެ ރަށާއި، އަދި ޔަބޫސީންގެ ރަށާއި ހަމައަށް ތިބާގެ ދަރިފަސްކޮޅު ދެމިގެން ދާނެ.⁠“


އެއަށް ފަހު މާތްރަސްކަލާނގެ އަބްރާމް ބޭރަށް ނެރުއްވާ ވަޙީކުރެއްވިއެވެ. ”⁠އުޑަށް ބަލާލަބަލަ. އުޑުގައިވާ ތަރިތައް ތިބާއަށް އަދަދު ކުރެވޭނެތަ؟ ތިބާގެ ދަރިފަސްކޮޅު ވެސް ތިމަންކަލާނގެ އެފަދައިން ގިނަކުރައްވާނަން.⁠“


އޭނާގެ ދަރިކޮޅު ފެތުރި ގިނަ މީސްތަކުންވާ މަތިވެރި ޤައުމެއް ކަމުގައިވާނެ. އަދި އޭނާ މެދުވެރިކޮށް ތިމަންކަލާނގެ ދުނިޔޭގެ ހުރިހާ ޤައުމަކަށް ރަޙުމަތް ލައްވާ ހުށީން.


އެ ރަށަށް އެކަލޭގެފާނު ވަޑައިގެންނެވި ރޭ އެކަލޭގެފާނުގެ ކުރިފުޅުމައްޗަށް މާތްރަސްކަލާނގެ ފައުޅުވެވަޑައިގެން ވަޙީކުރެއްވިއެވެ. ”⁠ބިރު ނުގަނޭ. ތިމަންކަލާނގެއީ ތިބާގެ ބައްޕާފުޅުގެ ވެރިރަސްކަލާނގެމެ. ތިމަންކަލާނގެ ޚާދިމު އިބްރާހީމްގެފާނަށް ތިމަންކަލާނގެ ވަޢުދުވެ ވޮޑިގެންނެވި ފަދައިން، ތިމަންކަލާނގެ އެކަލޭގެފާނަށްޓަކައި ތިބާއަށް ބަރަކާތްލައްވައި ތިބާއާ އެކުގައި ވޮޑިގެންވަމު. އަދި ތިބާއަށް ގިނަ ދަރިކޮޅު ދެއްވާނަން. އެ މީހުން ވާހުށީ ބޮޑު ޤައުމަކަށް.⁠“


ތިބާގެ ދަރިފަސްކޮޅު މިބިމުގައިވާ ހިރަފުސް ފަދައިން ގިނަވާނެ! އެބައިމީހުން އިރުމައްޗާއި ހުޅަނގަށް އަދި އުތުރާ ދެކުނަށް ފެތުރިގެންދާނެ. ތިބާއާއި ތިބާގެ ދަރިފަސްކޮޅު މެދުވެރިކޮށް ދުނިޔޭގެ މީސްތަކުންނަށް ބަރަކާތް ލެއްވޭނެ.


ކުޅަދުންވަންތަ ކަލާނގެ ދަރިފުޅުގެ ކައިވެންޏަށް ރަޙުމަތްލައްވައި ގިނަގުނަ ދަރިން ދެއްވާހުށި. އެގޮތުން ދަރިފުޅު ގިނަ ޤައުމުތަކެއްގެ ބަފައިކަލުން ކަމުގައިވާނެ!


ތިބާގެ ކާބަފައިކަލުން އިބްރާހީމްއަށާއި އިސްޙާޤުއަށް ތިމަންކަލާނގެ ދެއްވި ބިން ތިބާއާއި ތިބާގެ ދަރިފަސްކޮޅަށް ތިމަންކަލާނގެ ދެއްވާހުށީމު.⁠“


މިޞްރުގެ ސަރަހައްދެއް ކަމުގައިވާ ޖާސާންގައި ބަނީއިސްރާއީލުގެ މީހުން ދިރިއުޅެމުން ގެންދިޔައެވެ. އަދި ދުވަހެއް ދުވަހަކަށް އެމީހުންގެ މެދުގައި ތަނަވަސްކަން އިތުރުވެ އަދި އެބައިމީހުންގެ އާބާދީ އިތުރުވަމުން ދިޔައެވެ.


އިބްރާހީމްގެފާނާއި އިސްޙާޤުގެފާނާއި ޔަޢުޤޫބުގެފާނުގެ މަތިން ހަނދުމަފުޅު ކުރައްވާ! އިނބަރަސްކަލާނގެ އިސްމަފުޅު ގަންދެއްވައި ހުވާ ވަޙީކުރެއްވީމު ނޫންތޯ، ’⁠ތިމަންކަލާނގެ ކަލޭގެފާނުގެ ދަރިކޮޅު އުޑުގައިވާހައި ތަރިތަކާ އެއްވަރަށް އިތުރު ކުރައްވާނަމޭ، އަދި އެމީހުންގެ ދަރިކޮޅުގެ މީހުންނަށް މި ހުރިހާ ބިމެއް ދެއްވާނަމޭ، އެބިންތައް އެމީހުންނަށް ދާއިމަށް ހިބަ ކޮށްދެއްވާނަމޭ.⁠‘⁠“


އެމީހުންނަށް ކަންޢާނުގެ ބިން ދިނުމަށް އަހަރެން ޢަހުދުކަށަވަރު ކުރިން. އެއީ އެމީހުން ބީރައްޓެހިންގެ ގޮތުގައި ކުރީގައި އުޅުނު ބިން.


އެކަލާނގެ ރަސޫލުންނާއި ނަބީބޭކަލުންނަށް އެކަލާނގެ އެންގެވީ ހަމަ ތިޔަބައިމީހުންނަށް މި ކަންތައްތައް އަންގައިދިނުމަށް. އަދި މާތްރަސްކަލާނގެ ކަލޭމެންގެ ކާބަފައިކަލުން ކަމުގައިވާ އިބްރާހީމްގެފާނަށް ކުރެއްވި ޢަހުދުނާމާއަކީ ހަމަ ކަލޭމެންނާއެކުގައި ވެސް ކުރެވިފައިވާ ޢަހުދުނާމާއެއް. އަދި މި ޢަހުދުނާމާއާ ބެހޭ ގޮތުން ކަލޭމެންނަށް ވެސް ވަނީ އެންގެވިފަ. މާތްރަސްކަލާނގެ އިބްރާހީމްގެފާނަށް ވަޙީކުރެއްވި. ’⁠ކަލޭގެ ދަރިކޮޅުގެ މީހެއް މެދުވެރިކޮށް ތިމަންކަލާނގެ މުޅި ދުނިޔޭގެ އެންމެންގެ މައްޗަށް ރަޙުމަތް ލައްވާނަމޭ.⁠‘


މާތްރަސްކަލާނގެ އެ ވަޢުދުފުޅު ކުރެއްވީ އިބްރާހީމްގެފާނަށާއި އެކަލޭގެފާނުގެ ”⁠ދަރިކޮޅުގެ މީހާ⁠“ އަށެވެ. ”⁠ކަލެއާއި ކަލޭގެ ދަރިކޮޅުގެ މީހުންނެކޭ⁠“ އެކަލާނގެ އިބްރާހީމްގެފާނަކަށް ވަޙީއެއް ނުކުރައްވައެވެ. އެހެން ވަޙީކުރެއްވިނަމަ އޭގެ މާނައަކީ އެތައް ބަޔެކޭ އެވެ. ނަމަވެސް މާތްރަސްކަލާނގެ އެކަލޭގެފާނަށް ވަޙީކުރެއްވީ ކަލެއާއި ކަލޭގެ ދަރިކޮޅުގެ މީހާއޭ، މިފަދައިންނެވެ. އޭގެ މާނައަކީ އެއީ ހަމަ އެންމެ މީހެކޭ އެވެ. އެމީހާއަކީ އީސާ އަލްމަސީޙު އެވެ.


އަދި ކޮބައި ހެއްޔެވެ؟ މާތްރަސްކަލާނގެ ބަސްފުޅުގައި ވެސް ލިޔެވިގެން ވަނީ ބަނީއިސްރާއީލު މީހުން ނޫން މީހުން އެކަލާނގެ ކިބަފުޅަށް އީމާންވުމުގެ ސަބަބުން އެކަލާނގެ ޙަޟްރަތުގައި ޞާލިޙުން ކަމުގައި ލައްވާނެއެވެ. މިކަން ހާމަކޮށް މާތްރަސްކަލާނގެ އިބްރާހީމްގެފާނަށް މިފަދައިން އެންގެވި ކަމުގައި ލިޔެވިގެންވެއެވެ. ”⁠ކަލޭގެފާނު މެދުވެރިކޮށް ތިމަންކަލާނގެ ދުނިޔޭގެ އެންމެހާ މީސްތަކުންގެ މައްޗަށް ރަޙުމަތް ލައްވާހުށީމެވެ.⁠“


އަހަރެމެންގެ ކާބަފައިންނަށް މާތްރަސްކަލާނގެ ރުހިވޮޑިގަތުން ލިބުނީ ވެސް އެމީހުންގެ ކިބައިގައި ހުރި އީމާންތެރިކަމުގެ ސަބަބުންނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ