Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 26:34 - ކިތާބުލް މުޤައްދަސާ

34 ޢީސޫގެ އުމުރުން ސާޅިސް އަހަރުގައި ޙިއްޘީންގެ ދެ އަންހެނުންނާއި އޭނާ ކައިވެނި ކުރިއެވެ. އެއީ ބީރީގެ އަންހެން ދަރިފުޅު ޔަހޫދީތު އާއި އީލޫންގެ އަންހެން ދަރިފުޅު ބަސްމަތު އެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 26:34
11 ပူးပေါင်းရင်းမြစ်များ  

އެއަށް ފަހު ރިފްޤާ އިސްޙާޤުގެފާނުގެ އަރިހަށް ވަޑައިގެން މިފަދައިން ޝަކުވާ އުފުލެއްވިއެވެ. ”⁠މި ކަންޢާނުގެ ޙިއްޘީންގެ އަންހެންވެރިންނާއި މެދު އަހަރެން ނަފްރަތު ކުރަމު. އެ އަންހެނުންތަކާއެކު ދިރިއުޅުން އަހަރެންނަށް މުސީބާތަކަށް ވެއްޖެ. ޢީސޫ ފަދައިން މި ރަށުގައި ދިރިއުޅެމުންގެންދާ ޙިއްޘީންގެ އަންހެނަކާ ޔަޢުޤޫބު ކައިވެނިކޮށްގެން އުޅޭތަން ބެލުމަށް ވުރެން އަހަރެން މަރުވުން ވެސް މާރަނގަޅު.⁠“


ޢީސޫއަށް އެކަލޭގެފާނުގެ ބަފައިކަލުން އިސްޙާޤުގެފާނު އެކަލޭގެފާނުގެ ދަރިން ކަންޢާނުގެ އަންހެނުންނާއި ކައިވެނި ކުރުމަށް އެދިވަޑައި ނުގަންނަވާކަން ފާހަގަ ކުރެވުނެވެ.


އޭރު ޢީސޫގެ ދެ އަނބިން ތިބި ކަމުގައި ވިއަސް އެކަލޭގެފާނުގެ ބަފައިފުށު ބޮޑުބޭބެ އިބްރާހީމްގެފާނުގެ ދަރިކަލުން އިސްމާޢީލްގެފާނުގެ އަރިހަށް ވަޑައިގަންނަވައި އެކަލޭގެފާނުގެ އަންހެން ދަރިކަލެއް ކަމުގައިވާ މަޙްލަތު އާއި ކައިވެނި ކުރެއްވިއެވެ. (މި މަޙްލަތު އަކީ ނަބާޔޫތުގެ އަންހެން ކޮއްކޮއެވެ. އެއީ އިބްރާހީމްގެފާނުގެ ކާފަ ދަރިކަލެއް ވެސްމެއެވެ.)


ކަންޢާނުގެ ތިން އަންހެނުންނާއި ޢީސޫ ކައިވެނި ކުރިއެވެ. އޭނާ ފުރަތަމަ ކައިވެނިކުރީ ޙިއްޘީންގެ މީހެއް ކަމުގައިވާ އީލޫންގެ އަންހެންދަރި ޢަދަތު އާއިއެވެ. ދެވަނައަށް އޭނާ ކައިވެނި ކުރީ އަހޫލީބާމަތު އާއިއެވެ. މިކަނބުލޭގެ އަކީ ޙިއްވީއެއް ކަމުގައިވާ ޞަބްޢޫންގެ ކާފަދަރިއެކެވެ. އަދި ޢަނަތުގެ އަންހެން ދަރިވެސްމެއެވެ.


އަދި ޢީސޫ އާއި އަހޫލީބާމަތަށް ލިބުނު ފިރިހެން ދަރިންނަކީ ޔަޢޫޝް، ޔަޢްލާމް، އަދި ޤޫރަޙު އެވެ. ޢީސޫއަށް ލިބުނު މިހުރިހާ ދަރިންމެ އުފަންވީ ކަންޢާނުގެ ބިމުގައެވެ.


އަދި ކަލޭމެންގެ ފިރިހެން ދަރިން އެމީހުންގެ އަންހެން ދަރިންނާ އިންނަން ފަށާފާނެ. ދެން އެއަންހެނުން ކަލޭމެންގެ ފިރިހެން ދަރިން ލައްވައި އަހަރެންނަށް އުރެދި އެމީހުންގެ އިލާހުންނަށް އެދުންވެރި ކުރުވަން ފަށާފާނެ.


އަދި ޢީސޫ ފަދަ ހަމައެއް ނެތް، ކަލެއް ނެތް ވަހުޝީ މީހަކަށް ނުވާށެވެ. ހަމަ އެކަނި އެންމެ ކާއެތިކޮޅަކަށްޓަކައި ދޮށީދަރީގެ ޙައްޤު އޭނާ ދޫކޮށްލިއެވެ.


ދާއޫދު ޙިއްޘީގެ އަޚީމާލިކުއާއި ސަރޫވިޔަތުގެ ދަރި ޔުއާބުގެ ބޭބެ އަބީޝާއި ކުރެން އެއްސެވެ. ”⁠ޝާއުލްގެފާނުގެ ފޭލިގެއަށް މަށާ އެކު ދާނީ ކާކު؟⁠“ އަބީޝާއި ބުންޏެވެ. ”⁠އަހަރެން ހިނގައިދާނަން.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ