ފެށުން 26:31 - ކިތާބުލް މުޤައްދަސާ31 އޭގެ އަނެއް ދުވަހުގެ ހެނދުނު އެރަސްގެފާނާއި އެކަލޭގެފާނާއި ދެމެދު ޢަހުދު ކުރައްވައި އެއްބޭކަލަކު އަނެއްބޭކަލަކަށް ސުލްޙައިގެ މުޢާހަދާ ކަށަވަރު ކުރެއްވިއެވެ. ދެން ސުލްޙަވެރި ކަން މަތީ އެބޭކަލުން އެރަށުން އެނބުރި ވަޑައިގެންފިއެވެ. အခန်းကိုကြည့်ပါ။ |
ލޫޠުގެފާނު ވިދާޅުވިއެވެ. ”އަޅުގަނޑުމިއީ ތިޔަ ބޭކަލުންގެ ޚާދިމަކީން. ތިޔަ ބޭކަލުން ފެންވަރާ ނިދިކުރެއްވުމަށް އަޅުގަނޑުގެ ގެއަށް މެހެމާނުންގެ ގޮތުގައި ދުރުވޭ. މާދަމާ އިރުއެރުމުން ތިޔަބޭކަލުންގެ މަގުގައި ކުރިއަށް ދުރުވޭ.“ އެމަލާއިކަތުން ވިދާޅުވިއެވެ. ”ނޫން އަހަރެމެން މިރަށުގެ މައިދާނުގައި މިރޭ މަޑުކޮށްލަފާނަން.“
އޭގެ އަނެއްދުވަހު ވަރަށް ހެނދުނުގެ ވަގުތެއްގައި ކެއިންބުއިމަށް ބޭނުންވާނޭ ތަކެއްޗާއި ޖަނަވާރުގެ ހަމުން ހަދާފައިވާ ހަމެއްގެފުރާ ފެންއެޅުމަށް ފަހު އިބްރާހީމްގެފާނު އެހަން ހާޖަރުގެ ކޮނޑަށް ލައްވައި ދެއްވިއެވެ. އެއަށް ފަހު އިސްމާޢީލްގެފާނާއި ދެމައިން އެގެއިން ފޮނުއްވާލެއްވިއެވެ. ދެން އެ ދެމައިން ވަކި މިޞްރާބެއްނެތި ބިއުރުސަބްޢައާ ކައިރީގައިވާ ސަހަރާތެރޭގައި ހިނގަމުން ދިޔައެވެ.
އެހެންވީމާ، މާތްކަލާނގެ ރަސްކަންފުޅަށްޓަކައި އަޅުގަނޑާއެކުގައި ކަލޭގެފާނު މުޢާހަދާއެއްގެ ވަޢުދުފުޅު ކުރައްވާ. އެއީ ކަލޭގެފާނު މި ޤައުމުގައި ދިރިއުޅުއްވާހާ ހިނދަކު އަޅުގަނޑާއި އަޅުގަނޑުގެ ދަރިންނަށް ނޫނީ އަޅުގަނޑުގެ ދަރިފަސްކޮޅަށް ހީލަތެއް ނުހެއްދެވުމަށާއި އަދި އަޅުގަނޑު ކަލޭގެފާނަށް އަމާނާތްތެރި ކަމުގައި ވާހާ ހިނދަކު ކަލޭގެފާނަށް އަޅުގަނޑު ކަމޭހިތި ފަދައިން އަޅުގަނޑާއި މެދު އެފަދައިން އަމަލު ކުރެއްވުމުގެ މުޢާހަދާއެއްގެ ވަޢުދުފުޅު.“
އެގޮތުން ޖެހިގެން އައި ދުވަހުގެ ވަރަށް ހެނދުނާ އިބްރާހީމްގެފާނު ތެދުވެ ވަޑައިގެން އެކަލޭގެފާނުގެ ހިމާރު ތައްޔާރު ކުރެއްވިއެވެ. އަދި އިސްޙާޤުގެފާނާއި އެކަލޭގެފާނުގެ ދެ ޚާދިމުން އެކަލޭގެފާނާއި އެކުގައި ގެންދެވިއެވެ. އަދި އަންދާލެވޭ ޤުރުބާނަކަށް ބޭނުންވާނޭ ދަރު ކަނޑުއްވައި އެކަލޭގެފާނަށް މާތްކަލާނގެ އެންގެވި ތަނަށް އެބައިމީހުންނާއެކު ވަޑައިގެންނެވިއެވެ.
އިސްރާއީލު މީހުން އެދުވަހު ތިބީ ނުތަނަވަސްކަން މަތީގައެވެ. އެހެނީ ޝާއުލްގެފާނު އެމީހުންނާ ހުވައެއް މަތިކުރައްވައިފިވެ. ”އެކަކު ވެސް މިއަދު އިރުއޮއްސުމުގެ ކުރީގައި އަދާވާތްތެރިން ބަލިކޮށްފައި ނޫނީ އެއްޗެއް ކައިބޮއި ހަދައިފި މީހަކަށް ލަޢުނަތް ހުރި.“ އެހެންވެ އެދުވަހު އެކަކު ވެސް ކާއެއްޗެއް ނުކައެވެ.
ދާއޫދު ބުންޏެވެ. ”އަހަރެން ހުވާ ކޮށްފާ މިބުނަނީ. ކަލޭ އަހަރެންނާ މެދު އޮންނަ ގާތް ގުޅުން ކަލޭގެ ބައްޕާފުޅަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ. އެކަލޭގެފާނު ހިތްޕުޅަށް އަރާ ވަޑައިގަންނަވާނެ ’ޔޫނަތައިންގެ ގާތުގައި އެވާހަކަ ބުނެފިއްޔާ އޭނާ ދެރަ ވެދާނެ.‘ އެހެންވީމާ އެވާހަކަ ވިދާޅު ނުވީ. އެކަމަކު ދިރިދެމިވޮޑިގެންވާ މާތްރަސްކަލާނގެއާއި ކަލޭގެ ފުރާނަ ގަންދީ ބުނަން، އަހަރެން މިވަނީ ވަރަށް ބޮޑު ނުރައްކަލެއްގައި. އަހަރެން މަރުނުވެ ސަލާމަތް ވުމަކީ އުނދަގޫކަމެއް.“