Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 26:3 - ކިތާބުލް މުޤައްދަސާ

3 ތިމަންކަލާނގެ އެދިވޮޑިގަންނަވާ ރަށެއްގައި ތިބާ ދިރިއުޅެމުން ގެންދޭ. މިރަށުގައި ތިބާ ކުޑަ ދުވަސްކޮޅަކު މަޑުކުރޭ. މިފަދައިން ތިބާ އަމަލު ކޮށްފިނަމަ ތިމަންކަލާނގެ ތިބާއާއެކުގައި ވޮޑިގެންވެ ތިބާއަށް ރަޙުމަތް ލައްވާނަން. ތިބާގެ ބަފައިކަލުން އިބްރާހީމްގެފާނަށް ތިމަންކަލާނގެ ވަޢުދުވެ ވަޑައިގެންނެވި ފަދައިން މުޅި މިބިން ތިބާއަށާއި ތިބާގެ ދަރިފަސްކޮޅަށް ތިމަންކަލާނގެ ދެއްވާހުށިން.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 26:3
42 ပူးပေါင်းရင်းမြစ်များ  

ނަމަވެސް މާތްރަސްކަލާނގެ އަބްރާމުގެ ކުރިފުޅު މައްޗަށް ފާޅުވެވޮޑިގަންނަވައި ވަޙީކުރެއްވިއެވެ. ”⁠ތިބާގެ ދަރިކޮޅުގެ މީހުންނަށް ތިމަންކަލާނގެ މި ސަރަހައްދު ދެއްވާނަން.⁠“ ދެން އަބްރާމް މާތްރަސްކަލާނގެއަށް އަޅުކަމެއްގެ ގޮތުގައި ޤުރުބާންތައް ކުރެއްވުމަށްޓަކައި އެތާނގައި ހިލައިން އައްޓެއް ހެއްދެވިއެވެ. އަދި އެކަލާނގެ އަބްރާމަށް ފާޅުވެވޮޑިގެންނެވީތީ އެކަލާނގެ ކިބަފުޅަށް ޙަމްދާއި ޝުކުރު ދެންނެވިއެވެ.


ތިބާއަށް ތިޔަ ފެންނަ ހުރިހާ ސަރަހައްދަކުން ތިބާއަށާއި ތިބާގެ ދަރިފަސްކޮޅަށް ތިމަންކަލާނގެ އަބަދަށްޓަކައި ބިންދޭނަން.


މިހިސާބުގަނޑުގެ އެއްކޮޅުން އަނެއްކޮޅަށް ފައިމަގުގައި ދަތުރުކުރޭ. އެތަންތަނަކީ އަހަރެން ތިބާއަށް ދޭނެ ބިންތައް.⁠“


މާތްރަސްކަލާނގެ އެދުވަހު އަބްރާމް އާއިއެކު ޢަހުދުނާމާއެއް ކުރައްވާ މިފަދައިން ވަޙީކުރެއްވިއެވެ. ”⁠މިޞްރުގެ ސަރަހައްދު ކައިރީގައި އޮންނަ ކޯރުން ފެށިގެން ފުރާތު ކޯރާއި ހަމަޔަށް ކަލޭގެފާނުގެ ދަރިފަސްކޮޅު އާބާދުވާނެ. އެއީ ޤައިނީންގެ ރަށާއި، ޤަނިއްޒީންގެ ރަށާއި، ޤަދްމޫނީންގެ ރަށާއި، ޙިއްޘީންގެ ރަށާއި، ފިރިއްޒީނުގެ ރަށާއި، ރަފާއީމުގެ މީހުންގެ ރަށާއި، އަމޫރީންގެ ރަށާއި، ކަންޢާނުގެ މީހުންގެ ރަށާއި، ޖިރްޖާޝީންގެ ރަށާއި، އަދި ޔަބޫސީންގެ ރަށާއި ހަމައަށް ތިބާގެ ދަރިފަސްކޮޅު ދެމިގެން ދާނެ.⁠“


އެއާއިއެކު މާތްކަލާނގެ ވަޙީބަސްފުޅު އެކަލޭގެފާނަށް އިވިވަޑައިގަތެވެ. ”⁠ނޫން! ތިބާގެ އަންހެނުން، ސާރާއަށް ފިރިހެން ދަރިއަކު ލިބޭނެ. އެ ދަރިއަށް އިސްޙާޤުގެ ނަމުން ނަންދީ. ތިމަންކަލާނގެ މި ޢަހުދުނާމާ އެ ދަރިއާއި އެ ދަރީގެ ދަރިފަސްކޮޅާ އެކުގައި އަބަދަށް ދެމިގެންވާނެ. މި ޢަހުދުނާމާކީ އަބަދަށް ދެމިގެންދާނެ އެއްބަސްވުމެއް.


ތިބާ ބިދޭސީއެއްގެ ގޮތުގައި މިހާރު ވޭތުކުރަމުން ތިޔަ ގެންދާ ކަންޢާނު ސަހަރުގެ މުޅި ބިން ތިބާގެ ދަރިފަސްކޮޅަށް އަބަދުގެ އަބަދަށް ލިބިގެންވާނެ. އެއީ ތިމަންކަލާނގެއީ އެބައިމީހުންގެ ވެސް ކަލާނގެ ކަމުގައިވާތީ.⁠“


އިބްރާހީމްގެފާނު ޙަބްރޫނު ދޫކުރައްވާ ކަންޢާނު ގެ ދެކުނަށް ވަޑައިގެން ޤާދަޝް އާއި ޝޫރު އާއި ދެމެދުގައިވާ ޖަރާރުގައި ދިރިއުޅުއްވަން ފެއްޓެވިއެވެ.


އިބްރާހީމްގެފާނު އަވަހާރަވުމަށް ފަހު އެކަލޭގެފާނުގެ ދަރިކަލުން އިސްޙާޤުގެފާނަށް މާތްކަލާނގެ ރަޙުމަތް ލެއްވިއެވެ. މި ދުވަސްތަކުގައި އިސްޙާޤުގެފާނު ދިރިއުޅުއްވަމުން ގެންދެވީ ބިއުރުލަޙައިރުއީގައެވެ.


އެބިމުގައި އިސްޙާޤުގެފާނު ގޮވާން އިންދެވިއެވެ. އެއަހަރު އެކަލޭގެފާނުގެ އިންދެވި ގޮވާމުން ސަތޭކަ ބައި އިތުރަށް ލިބިވަޑައިގަތެވެ. މާތްރަސްކަލާނގެ އެކަލޭގެފާނަށް ރަޙުމަތާއި ބަރަކާތް ލެއްވިއެވެ.


އެގޮތުން އެތަކެއް ގިނަ ގެރި ބަކަރިތަކާއި ދެ ޖިންސުގެ އަޅުން އެކަލޭގެފާނަށް މިލްކު ވިއެވެ. މި ސަބަބަށްޓަކައި ފިލިސްޠީނުގެ އަހުލުވެރިން އެކަލޭގެފާނާއި މެދު ހަސަދަވެރި ވިއެވެ.


އެ ރަށަށް އެކަލޭގެފާނު ވަޑައިގެންނެވި ރޭ އެކަލޭގެފާނުގެ ކުރިފުޅުމައްޗަށް މާތްރަސްކަލާނގެ ފައުޅުވެވަޑައިގެން ވަޙީކުރެއްވިއެވެ. ”⁠ބިރު ނުގަނޭ. ތިމަންކަލާނގެއީ ތިބާގެ ބައްޕާފުޅުގެ ވެރިރަސްކަލާނގެމެ. ތިމަންކަލާނގެ ޚާދިމު އިބްރާހީމްގެފާނަށް ތިމަންކަލާނގެ ވަޢުދުވެ ވޮޑިގެންނެވި ފަދައިން، ތިމަންކަލާނގެ އެކަލޭގެފާނަށްޓަކައި ތިބާއަށް ބަރަކާތްލައްވައި ތިބާއާ އެކުގައި ވޮޑިގެންވަމު. އަދި ތިބާއަށް ގިނަ ދަރިކޮޅު ދެއްވާނަން. އެ މީހުން ވާހުށީ ބޮޑު ޤައުމަކަށް.⁠“


އެ ހަރުގަނޑުގެ އެންމެ މަތީގައި މާތްރަސްކަލާނގެ ވޮޑިގެން ވަނިކޮށް ޔަޢުޤޫބުގެފާނަށް ފެނިވަޑައިގަތެވެ. އަދި އެކަލާނގެ ވަޙީކުރެއްވިއެވެ. ”⁠ތިމަންކަލާނގެއީ ތިބާގެ ކާފަ އިބްރާހީމްއާއި ތިބާގެ ބައްޕަ އިސްޙާޤުގެ ވެސް ވެރި ރަސްކަލާނގެ، މާތްކަލާނގެ. ތިބާގެ މި ހިނދު ނިދަން ތިޔައޮތް ބިން ތިމަންކަލާނގެ ތިބާއަށާއި ތިބާގެ ދަރިފަސްކޮޅަށް ދެއްވާހުށީމު.


މީގެ އިތުރުން ތިމަންކަލާނގެ ތިބާއާއި އެކުގައި ވޮޑިގެންވެ، ތިބާ ކޮންމެ ތަނަކަށް ދިޔަކަމުގައިވިއަސް ތިމަންކަލާނގެ ތިބާ ރައްކާތެރި ކުރައްވާހުށީމު. ކޮންމެވެސް ދުވަހަކުން ސަލާމަތްތެރި ކަމާއިއެކުގައި ތިމަންކަލާނގެ ތިބާ މި ބިމަށް ގެންނަވާހުށީމު. އަދި ތިމަންކަލާނގެ ތިބާއަށް މި ވަޢުދުވެވޮޑިގެންނެވި ފަދައިން އަމަލުކުރެއްވުމާއި ހަމައަށް ތިމަންކަލާނގެ ތިބާ ދޫކޮށްނުލައްވާ ހުށީމު.⁠“


އެ ދުވަސްތަކުގެ ތެރެއިން ދުވަހެއްގައި ޔަޢުޤޫބުގެފާނަށް މާތްރަސްކަލާނގެ ވަޙީ ކުރެއްވިއެވެ. ”⁠ތިބާގެ ކާބަފައިންނާއި ގާތްތިމާގެ މީހުންގެ ރަށަށް އެނބުރި ދޭ. ތިމަންކަލާނގެ ތިބާއާ އެކުގައި ވޮޑިގެން ވާހުށީމު.⁠“


ތިބާގެ ކާބަފައިކަލުން އިބްރާހީމްއަށާއި އިސްޙާޤުއަށް ތިމަންކަލާނގެ ދެއްވި ބިން ތިބާއާއި ތިބާގެ ދަރިފަސްކޮޅަށް ތިމަންކަލާނގެ ދެއްވާހުށީމު.⁠“


މާތްރަސްކަލާނގެ ޔޫސުފުގެފާނާއި އެކުގައި ވޮޑިގެންވެ އެކަލޭގެފާނަށް ބަރަކާތް ލެއްވިއެވެ. އަދި ޔޫސުފުގެފާނު އެކަލޭގެފާނުގެ ސާހިބުމީހާގެ ގޭގައި ޚިދުމަތް ކުރައްވަމުން ގެންދެވިއެވެ.


މާތްރަސްކަލާނގެ ޔޫސުފުގެފާނަށް އެހީތެރިވެ ވޮޑިގެންނެވިއެވެ. ވީމާ، ޖަލު ބެލެހެއްޓުމުގެ އިސްވެރިއަކަށް ހުރި މީހާގެ ހިތުގައި ޔޫސުފުގެފާނާއިމެދު ނުހަނު ހިތްހަމަޖެހުން އުފެދުނެވެ.


އެއަށް ފަހު، އިސްރާއީލުގެފާނު ޔޫސުފުގެފާނަށް މިފަދައިން ވިދާޅުވިއެވެ. ”⁠އަހަރެންނާއި ދިމާލަށް ނިކަން ބަލާލަބަލަ. އަހަރެން މިހާރު މިވަނީ މަރުވާން ތައްޔާރުވެފަ. ނަމަވެސް މާތްކަލާނގެ ވަނީ ދަރިފުޅާއި އެކުގައި. އަދި ދަރިފުޅުގެ ކާބަފައިންގެ ރަށްކަމުގައިވާ ކަންޢާނުއަށް ދަރިފުޅު އެނބުރި ގެންދަވާނެމެ.


ޔޫސުފުގެފާނު އެކަލޭގެފާނުގެ އަޚުންނަށް މިފަދައިން ވިދާޅުވިއެވެ. ”⁠އަހަރެން މިވަނީ މިދުނިޔެއަށް އަލްވަދާއުކިއުމާ ދާދި ކައިރީގައި. ނަމަވެސް މާތްކަލާނގެ ތިޔަބައިމީހުންނާއި މެދުގައި ބައްލަވާ ވޮޑިގެންވެ، ތިޔަބައިމީހުން މި ރަށުން ނެރުއްވައި އިބްރާހީމްގެފާނަށާއި، އިސްޙާޤުގެފާނަށާއި އަދި ޔަޢުޤޫބުގެފާނަށް އެކަލާނގެ ދެއްވުމަށް ވަޢުދުވެ ވޮޑިގެންނެވި ބިމަށް އެކަލާނގެ ތިޔަބައިމީހުން ގެންދަވާނެ.⁠“


އެމީހުންގެ މިހިތްދަތި ރުއިމުގެ އަޑު މާތްކަލާނގެ އައްސަވާ ވޮޑިގެންފިއެވެ. އެ ހިނދު އެކަލާނގެ އިބްރާހީމްގެފާނާއި އިސްޙާޤުގެފާނާއި ޔަޢުޤޫބުގެފާނަށް ކުރެއްވި ވަޢުދުފުޅުގެ މަތިން ހަނދުމަވެ ވޮޑިގެންނެވިއެވެ.


އެކަލާނގެ ވަޙީކުރެއްވިއެވެ. ”⁠އަހަރެން ކަލެއާއި އެކުގައި ވާނަން. އަދި ކަލޭ އެމީހުން މިޞްރުން ނެރެގެން އައިސް މި ފަރުބަދަމަތީގައި ތިމަންކަލާނގެއަށް އަޅުކަން ކުރާނެ. ކަލޭ ފޮނުވީ އަހަރެންކަން ޔަޤީންކޮށްދޭނެ ހެއްކެއް އެއީ.⁠“


އެމީހުންނަށް ކަންޢާނުގެ ބިން ދިނުމަށް އަހަރެން ޢަހުދުކަށަވަރު ކުރިން. އެއީ އެމީހުން ބީރައްޓެހިންގެ ގޮތުގައި ކުރީގައި އުޅުނު ބިން.


ކަލޭމެން ތީ ތިމަންކަލާނގެ މީހުން ކަމުގައި ހައްދަވާނަމޭ. އަދި ތިމަންކަލާނގެއީ ކަލޭމެންގެ އިލާހޭ. ތިމަންކަލާނގެ ކަލޭމެން މިޞްރުން ނެރުއްވީމާ ކަލޭމެންނަށް އެނގޭނެޔޭ ތިމަންކަލާނގެއީ ކަލޭމެން ހެއްދެވި އިލާހު މާތްރަސްކަލާނގެކަން.


ތިމަންކަލާނގެ އިބްރާހީމްގެފާނާއި އިސްޙާޤުގެފާނާއި ޔަޢުޤޫބުގެފާނާ އެކު ޢަހުދު ކަށަވަރު ކުރެއްވި ބިމަށް ކަލޭމެން ގެނެސް ދެއްވާނަމޭ. އެބިން ތިމަންކަލާނގެ ކަލޭމެންނަށް ހިބަކޮށް ދެއްވާނަމޭ. އެހެނީ ތިމަން ކަލާނގެއީ މާތްރަސްކަލާނގެއޭ.⁠‘⁠“


އަހަރެންގެ ފުށުން ތިޔަބައިމީހުންނަށް ދަސްވެ ލިބިދިން ކަންތަކާއި، އަހަރެންގެ ފަރާތުން އިވުނު ކަންތަކާއި، ފެނިގެންވީ އަމަލުތަކުގެ އިތުރުން އަހަރެން ބުނެދިން ކަންތައް ކުރާށެވެ. އެހެންވީމާ އަހަރެންދެއްކި ނަމޫނާ ތިޔަބައިމީހުން ބަލާށެވެ. މާތްރަސްކަލާނގެ ތިޔަބައިމީހުންނަށް ސުލްޙަވެރިކަން ދެއްވާނެތެވެ.


އިބްރާހީމްގެފާނު، ވަޢުދު ކުރެއްވުނު ޤައުމުގައި ބީރައްޓެއްސެއްގެ ގޮތުގައި އުޅުއްވީވެސް އެކަލޭގެފާނުގެ އީމާންތެރިކަމުގެ ސަބަބުންނެވެ. އެރަށުގައި އެކަލޭގެފާނު ދިރި އުޅުއްވީ ފޭލިގެގަނޑެއްގައެވެ. ޔަޢުޤޫބުގެފާނާއި އިސްޙާޤުގެފާނު ވެސް އުޅުއްވީ އެފަދަ ހާލުކޮޅެއްގައެވެ. އެ ދެބޭކަލުންނަށް ވެސް ވަނީ ހަމަ އެއް ވަޢުދުފުޅެއް ކުރައްވާފައެވެ.


އެކަލާނގެ މިފަދައިން ހުވާ ވަޙީކުރެއްވީ އެކަލާނގެ މީސްތަކުންނަށް ކުރެއްވި ވަޢުދުފުޅު އުވާނުލައްވާނެކަން އަދި އެކަލާނގެ އިރާދަފުޅު ބަދަލު ނުކުރައްވާނެކަން ވާރިސުންނަށް ޔަޤީންކޮށް ދެއްވުމަށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ