Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 26:29 - ކިތާބުލް މުޤައްދަސާ

29 އެއީ އަހަރެމެން އެއްބަޔަކު އަނެއްބަޔަކަށް އަނިޔާވެރި ނުވުމަށް. ހަނދާންކުރައްވާ، އަހަރެމެން ކަލޭގެފާނަށް އަނިޔާވެރިއެއް ނުވަމު. އަދި ކަލޭގެފާނު އަހަރެމެންގެ ޤައުމުން ވަޑައިގަތުމަށް އަހަރެމެން އެދުނީ ސުލްޙަވެރިކަމާއެކު. ހަމަކަށަވަރުން މާތްރަސްކަލާނގެ ކަލޭގެފާނަށް ރަޙުމަތްލައްވައިފި.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 26:29
8 ပူးပေါင်းရင်းမြစ်များ  

ތިމަންކަލާނގެ ތިބާގެ ދަރިކޮޅުގެ މީހުން އެތައް ގުނައަކަށް އިތުރު ކުރައްވާނަން. އަދި ތިބާގެ ފަރާތުން އުފަންވާނެ ޤައުމަކީ މަތިވެރި ބޮޑުޤައުމެއް ކަމުގައި ލައްވާނަން. ތިމަންކަލާނގެ ތިބާގެ ނަން މަތިވެރި ކުރައްވައި ތިބާއަށް ރަޙުމަތް ލައްވާނަން. އަދި ތިބާއަކީ މީސްތަކުންނަށް ރަޙުމަތެއް ކަމުގައި ވާނެ.


ތިބާއަށް ހެޔޮއެދޭ މީހުންނަށް ތިމަންކަލާނގެ ރަޙުމަތް ލައްވާނަން. ތިބާއަށް ނުބައިކޮށް ކަންތައްކުރި މީހަކަށް ތިމަންކަލާނގެ ކޯފާ ލައްވާނަން. އަދި ތިމަންކަލާނގެ ދުނިޔޭގެ ކޮންމެ އާއިލާއަކަށް ތިބާ މެދުވެރިކޮށް ރަޙުމަތް ލައްވާނަން.⁠“


އެދުވަސްވަރު އަބީމާލިކު ރަސްގެފާނު އޭނާގެ ސިފައިންގެ ވެރިޔާ ފީކޫލްއާއި އެކުގައި އިބްރާހީމްގެފާނުގެ އަރިހަށް ވަޑައިގަންނަވައި އެކަލޭގެފާނަށް ދެންނެވިއެވެ. ”⁠ކަލޭގެފާނު ކުރައްވަމުން ގެންދަވާ ކޮންމެ ކަމަކަށް މާތްކަލާނގެ ބަރަކާތް ލައްވަވާ.


’⁠ތިމަންކަލާނގެ ހަމަ ޔަޤީނުން ވެސް ތިބާގެ މައްޗަށް ރަޙުމަތް ލައްވައި ތިބާގެ ދަރިފަސްކޮޅު އިތުރު ކުރައްވާހުށިން. ތިބާގެ ދަރިފަސްކޮޅުގެ އަދަދު އުޑުގައިވާ ތަރިތަކާއި ބިމުގައިވާ ވެލިފަދައިން ގިނަވެ އިތުރުކުރައްވާނަން. އަދި އެބައިމީހުންގެ ދުޝްމިނުންގެ ރަށްތަކުގެ މައްޗަށް އެބައިމީހުން ވެރިކުރައްވާނެ.


އަދި ލަބާން އޭނާއަށް ބުންޏެވެ. ”⁠މާތްރަސްކަލާނގެ ތިބާ ރައްކާތެރިކަމާއެކު މިހިސާބަށް ގެނެސް ދެއްވައިފި. އަހަރެންނާއި އެކުގައި ގެއަށް ހިނގާ. މިތާ ބޭރުގައި ތިބާ ކޮޅަށް ހުންނާނެ ކަމެއްނެތް. އަހަރެމެންގެ ގެއިން ތިބާއަށާއި ޖަމަލުތަކަށް ހިޔާވަހިކަމާއި ޖާގަ ލިބޭނެ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ