Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 26:28 - ކިތާބުލް މުޤައްދަސާ

28 އެބޭކަލުން ޖަވާބުގައި ދެންނެވިއެވެ. ”⁠މާތްރަސްކަލާނގެ ވޮޑިގެން ވަނީ ކަލޭގެފާނާއި އެކުގައިކަން މިހާރު އަހަރެމެންނަށް ޔަޤީންވެއްޖެ. އެހެންވީމާ ކަލޭގެފާނާއި އަހަރެމެންނާއި ދެމެދު ސުލްޙައިގެ މުޢާހަދާއެއް އޮތުމަށް އަހަރެމެން އެދެމު.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 26:28
21 ပူးပေါင်းရင်းမြစ်များ  

ނަމަވެސް އެމީހުން އެ އަންހެންކުއްޖާ އާއިއެކުގައި އައުމަށް އިންކާރުކޮށްފިނަމަ ތިބާ ކުރި ހުވާ ދަމަހައްޓާކަށް ނުޖެހޭނެ.⁠‘


ވީމާ، ތިބާ އާއި އަހަރެންނާއި ދެމެދުގައި ސުލްޙައިގެ މުޢާހަދާއަކަށް އައުން އަހަރެން އެދެމު. އަދި މި މުޢާހަދާގެ ޝަރުތުތައް މާތްކަލާނގެ ހެކިވަނިވި ގޮތުން ދެފަރާތުން ކުރުމަށް އެއްބަސްވަމު.⁠“


ޔޫސުފުގެފާނާއި އެކުގައި މާތްރަސްކަލާނގެ ވޮޑިގެންވެ، އެކަލޭގެފާނު ކުރައްވާ ކޮންމެ ކަމެއްގައިމެ މާތްރަސްކަލާނގެ ކާމިޔާބު ދެއްވާކަން ފޫޠީފާރުއަށް ފާހަގަ ކުރެވުނެވެ.


އެހުރިހާ ކަންތައްތަކެއް ޔޫސުފުގެފާނުގެ އަތްޕުޅުމައްޗަށް ފޫޠީފާރު ދޫކޮށްލި ހިނދުން ފެށިގެން އެކަލޭގެފާނުގެ ޙައްޤުގައި ފޫޠީފާރުގެ އާއިލާ އަށާއި އޭނާގެ މުދަލާއި އަދި ދަނޑުފަނގުގައި ވީ އެންމެހާ ތަކެއްޗަކެއްގެ އިތުރުން އޭނާގެ މިލްކުގައި ވީ އެންމެހާ ތަކެއްޗަކަށް މާތްރަސްކަލާނގެ ބަރަކާތް ލެއްވިއެވެ.


ފައިސާ ދެކެ ލޯބި ނުވާށެވެ. އަތުގައި ހުރި މިންވަރަކާ މެދު ރުހިގެން ތިބޭށެވެ. އެހެނީ މާތްރަސްކަލާނގެ ވަޙީކުރައްވާފައި ވަނީ ތިމަންކަލާނގެ ކަލޭމެން އެއްލަވާ ނުލައްވާނަމޭ އެވެ. އަދި ކަލޭމެން ދޫކޮށް ވެސް ނުލައްވާނަމޭ އެވެ.


އަރާރުމެއްވެ ކަމެއް ހައްލު ކުރުމަށް ދެފަރާތެއްގެ ދެމެދުގައި ހުވައެއް ކުރެވޭ ހިނދު މީހުން ހުވާކޮށް އުޅެނީ އެމީހަކަށް ވުރެން މަތީ ފަރާތެއްގެ ނަންމަތީގައެވެ. އެކުރާ ހުވައިން އެމައްސަލަ ހައްލުވެދެއެވެ.


އޭގެ މަސްދުވަސް ފަހުން ޢައްމޫނީންގެ ނާޙިސްއާއި އޭނާގެ ލަޝްކަރު އައިސް އިސްރާއީލުގެ ސަހަރެއް ކަމަށްވާ ޖިލްޢާދުގެ ޔާބީޝް ޙިސާރު ކޮށްފިއެވެ. ދެން ޔާބީޝްގެ މީހުން އައިސް ބުންޏެވެ. ”⁠ކަލޭމެން އަހަރެމެންނާ އެއްބަސްވުމެއް ހުށަހަޅައިފި ނަމަ އަހަރެމެން ކަލޭމެންނަށް އަޅުވެތި ވާން ތައްޔާރު.⁠“


ޝާއުލްގެފާނަށް ދާއޫދާއެކު މާތްރަސްކަލާނގެ ވޮޑިގެންވާކަން އެނގިވަޑައި ގަންނަވައެވެ. އަދި އެކަލޭގެފާނުގެ ދަރިކަނބަލުން ވެސް އޭނާ ދެކެ ލޯބިވާކަން ވެސް އެނގިވަޑައި ގަންނަވައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ