ފެށުން 26:27 - ކިތާބުލް މުޤައްދަސާ27 މި ބޭފުޅުން އިސްޙާޤުގެފާނުގެ އަރިހަށް ވަޑައިގަތުމުން އިސްޙާޤުގެފާނު މިފަދައިން ސުވާލު ކުރެއްވިއެވެ. ”އަހަރެންނާއި ބައްދަލު ކުރުމަށް ތިޔަ ބޭކަލުން ވަޑައިގަތީ ކީއްވެ؟ ތިޔަބޭކަލުންނީ އަހަރެންގެ ޢަދުއްވުން. ތިޔަބޭކަލުންގެ ރަށުން ބޭރުވުމަށް އަހަރެންނަށް މަޖުބޫރު ކުރުވީމު.“ အခန်းကိုကြည့်ပါ။ |
މޫސާގެފާނަކީ ބަނީއިސްރާއީލު މީހުން އެމީހަކާއި ގަބޫލު ނުވި މީހާ. އެމީހުން މޫސާގެފާނާއި ދިމާލަށް ބުނި. ’ކަލޭ ތިޔައީ އަހަރެމެންގެ ވެރިޔާ ނުވަތަ ގާޒީ ކަމުގައި ލީ ކާކު ހޭ؟‘ ނަމަވެސް އަދަމުން ދިޔަ ގަހުގެތެރެއިން މާތްރަސްކަލާނގެ ދެއްކެވި މަލާއިކަތާ މެދުވެރިކުރައްވާ ބަނީއިސްރާއީލު މީހުންގެ މައްޗަށް ވެރިކަން ކުރުމަށާއި އަދި އެމީހުން ސަލާމަތް ކުރުމަށް އެކަލާނގެ ފޮނުއްވީ ހަމަ އެ މޫސާގެފާނު.
ދެކިބަލަ! ތިޔަބައިމީހުންގެ ޢަދުއްވުން އެބައިމީހުންނަކީ ބަނީއިސްރާއީލުން ކަމުގެ ދަޢުވާ ކުރޭ. ނަމަވެސް އެބައިމީހުންނަކީ ދޮގުވެރިންނެވެ. އެބައިމީހުން މިލްކުވެގެން ވަނީ ޝައިތާނާއަށް. އެބައިމީހުންނީ ބަނީއިސްރާއީލުންގެ ބައެއްނޫން. އެބައިމީހުން އައިސް ތިޔަބައިމީހުންގެ ފައިންމައްޗަށް ގުދުވެ ކުރުނީސްކޮށް ތިޔަބައިމީހުންދެކެ އަހަރެން ލޯބިވާކަން އެމީހުންނަށް އެނގޭކަމަށް އެއްބަސް ކުރުވާނަން.