Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 26:25 - ކިތާބުލް މުޤައްދަސާ

25 އިސްޙާޤުގެފާނު އެތަނުގައި ޤުރުބާން ކުރުމަށްޓަކައި ޚާއްސަ އައްޓެއް ހެއްދެވުމަށް ފަހު މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރެއްވިއެވެ. އަދި އެއަށް ފަހު އެތަނުގައި މަޑުކުރައްވައި ފޭލިގެ ޖެއްސެވިއެވެ. އަދި އެކަލޭގެފާނުގެ ޚާދިމުން ލައްވާ އެތަނުގައި އިތުރު ވަޅެއް ކޮންނެވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 26:25
11 ပူးပေါင်းရင်းမြစ်များ  

އެ ހިނދު އަބްރާމް އެކަލޭގެފާނުގެ ފޭލިގެ ނަންގަވައިގެން ދަތުރުކުރައްވާ ގޮސް ޙަބްރޫނުގެ ސަރަހައްދުގައިވާ މަމްރާގެ ބޮޑެތި ގަސްތަކުގެ ކައިރީ ފޭލިގެ ޖެއްސެވިއެވެ. މިތަނުގައި އެކަލޭގެފާނު މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރެއްވުމަށްޓަކައި ޤުރުބާން ކުރުމަށް އައްޓެއް ބިނާކުރެއްވިއެވެ.


އަދި މާތްކަލާނގެ ވަޙީކުރައްވައި އެންގެވި ތަނަށް އިބްރާހީމްގެފާނަށް ވަޑައިގެންނެވުމުން އެތަނުގައި ޤުރުބާން ކުރެއްވުމަށްޓަކައި ޚާއްސަ އައްޓެއް ބިނާ ކުރައްވައި އެ އަށިމައްޗަށް ދަރުތައް އެޅުއްވިއެވެ. އެއަށް ފަހު އެކަލޭގެފާނުގެ ދަރިކަލުން އިސްޙާޤުގެފާނު ބެންނެވުމަށް ފަހު ޤުރުބާން ކުރެއްވުމަށްޓަކައި ތައްޔާރު ކުރެވިފައިވީ އަށިމަތީގައިވާ ދަރުތަކުގެ މަތީގައި އެކަލޭގެފާނު ބޭއްވެވިއެވެ.


ހަމަ އެދުވަހު އިސްޙާޤުގެފާނުގެ ޚާދިމުން އެމީހުން ކޮންނަމުން ދިޔަ ވަޅާބެހޭ ގޮތުން އެކަލޭގެފާނުގެ އަރިހަށް އައިސް މިފަދައިން ދެންނެވިއެވެ. ”⁠އަޅުގަނޑުމެންނަށް އެވަޅުން ފެން ފެނިއްޖެ.⁠“


އެއަށް ފަހު އެތަނުގައި ޤުރުބާން ކުރުމަށް ހުންނަ ޚާއްސަ އައްޓެއް ހައްދަވައި ”⁠އީލު އިލާހު އިސްރާއީލު⁠“ ގެ ނަމުން އެ އައްޓަށް ނަން ދެއްވިއެވެ.


މާތްކަލާނގެ ޔަޢުޤޫބުގެފާނަށް ވަޙީކުރެއްވިއެވެ. ”⁠ބައިތުއީލްއަށް ގޮސް އެތަނުގައި ދިރިއުޅެން ފަށާ! އެއީ ތިބާގެ ބޭބެ ޢީސޫއަށް ތިބާއަށް ފިލަން ދުވި ހިނދު އެތަނެއްގައި ތިބާގެ ކުރިމައްޗަށް ތިމަންކަލާނގެ ފާޅުވެގެންވިތަންމެ. އަދި ތިމަންކަލާނގެ ކިބަފުޅަށް ޤުރުބާން ކުރުމަށް ޚާއްސަ އައްޓެއް އެތަނުގައި ބިނާކުރޭ.⁠“


ޝީޘްގެފާނަށް ވެސް ފިރިހެންދަރިކަލަކު ލިބިވަޑައިގެންނެވިއެވެ. އެކަލޭގެފާނު އެދަރިކަލުންނަށް ދެއްވި ނަމަކީ އަނޫޝްއެވެ. އެދުވަސްވަރު އިންސާނުން މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރުމުގައި ޔަހޫވޭ މި ނަންފުޅުން މުޚާތަބު ކުރަން ފެށިއެވެ.


ދެން ނޫޙުގެފާނު މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަމެއްގެ ގޮތުގައި ޤުރުބާންތައް ކުރެއްވުމަށްޓަކާ، އެތާނގައި ހިލައިން އައްޓެއް ހެއްދެވިއެވެ. އަދި ޤުރުބާން ކުރުމަށް ހުއްދަ އޮތް، ކޮންމެ ވައްތަރަކުން ޖަނަވާރަކާއި ދޫންޏެއް ކަތިލައްވާ މާތްރަސްކަލާނގެ ކިބަފުޅަށް ޤުރުބާން ކުރެއްވިއެވެ. އަދި މިތަކެތި އެ އަށީގެ މަތީގައި އަންދާލެއްވިއެވެ.


މޫސާގެފާނު އެތަނުގައި ޤުރުބާނީ އައްޓެއް ހެއްދެވިއެވެ. ”⁠މާތްރަސްކަލާނގެއީ އަހަރެންގެ ކާމިޔާބީގެ ދިދަ.⁠“ އަދި މިހެން ވިދާޅުވެ އެތަނަށް ނަންދެއްވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ