ފެށުން 26:20 - ކިތާބުލް މުޤައްދަސާ20 ނަމަވެސް ޖަރާރުގެ ބަކަރިގޮވިން އިސްޙާޤުގެފާނުގެ ބަކަރި ގޮވިންނާއި ދެބަސްވެ ބުނެފިއެވެ. ”މި ފެންއާރު މިލްކު ވެގެން ވަނީ އަހަރެމެންނަށް.“ އެހެންވެ އިސްޙާޤުގެފާނު އެވަޅަށް ޒުވާބުގެ ނަމުން ނަން ދެއްވިއެވެ. ސަބަބަކީ އެރަށުގެ އަހުލުވެރިން އެ ވަޅާމެދު އެކަލޭގެފާނާއި ދެބަސްވެ ޒުވާބު ކުރުމުންނެވެ. အခန်းကိုကြည့်ပါ။ |
އެ ހިނދު ތިޔަބައިމީހުން މިފަދައިން ބުނޭ. ’އަޅުގަނޑުމެންނީ ދިރިއުޅުމަށްޓަކައި ޖަނަވާރު ހުއިހައްޕާ ބަޔަކީމުއޭ. އަޅުގަނޑުމެންގެ ކާބަފައިން ވެސް ކުރި މަސައްކަތަކީ ވެސް މި މަސައްކަތޭ.‘ އެއަށް ފަހު މިޞްރުގެ ރައްޔިތުންނާއި ދުރުގައި ޖާސާންގެ ސަރަހައްދުގައި ތިޔަބައިމީހުން ދިރިއުޅުމަށް ރަސްގެފާނު ހުއްދަ ދެއްވާނެ. ސަބަބަކީ ހުއިހައްޕާ މީހުންނާއި ކައިރީގައި އުޅުމަށް އެބައިމީހުން ހިތްހަމަ ނުޖެހޭނޭތީވެ.“