16 އެންމެފަހުން އަބީމާލިކު އިސްޙާޤުގެފާނަށް ވިދާޅުވިއެވެ. ”އަހަރެމެންގެ ތެރޭގައި ނުހުންނަވައި ކަލޭގެފާނު ވަޑައިގަންނަވާ. ކަލޭގެފާނު މިހާރު އަހަރެމެންނަށް ވުރެން މާ ބާރުގަދަ ވެއްޖެ.“
އެހެންވެ އިސްޙާޤުގެފާނު އެރަށް ދޫކުރައްވާ ޖަރާރުގެ ވާދީގެ ތެރެއަށް ވަޑައިގަންނަވާ އެތަނުގައި ފޭލިގެ ޖެއްސެވުމަށް ފަހު ވަގުތީގޮތުން އެތަނުގައި ދިރިއުޅުއްވަން ފެއްޓެވިއެވެ.
މިރަސްގެފާނު މިޞްރުގެ މީހުންގެ ގާތު ވިދާޅުވިއެވެ. ”ނިކަން ބަލާބަލަ، ބަނީއިސްރާއީލުން ގިނަވެ އަހަރެމެންނަށް ނުތަކާ ވަރު ވެއްޖެ.