15 އެހެންވެ އިބްރާހީމްގެފާނު އަވަހާރަވުމުގެ ކުރިން އެކަލޭގެފާނުގެ ޚާދިމުންލައްވާ ކޮނެފައިވީ އެންމެހާ ފެންވަޅުތަކަށް އެރަށުގެ އަހުލުވެރިން ފަސްއަޅާ ފުރާލުމަށް ފަހު ބަންދުކޮށްލިއެވެ.
އެއަށް ފަހު އެކަލޭގެފާނުގެ ޚާދިމުންގެ އަތުން އަބީމާލިކުގެ ޚާދިމުން ނުޙައްޤުން އަތުލައިގަނެފައިވާ ވަޅަކާއި ބެހޭގޮތުން އިބްރާހީމްގެފާނު އަބީމާލިކުއަށް ޝަކުވާ އުފުއްލެވިއެވެ.
އިބްރާހީމްގެފާނު ވިދާޅުވިއެވެ. ”އެއީ އެވަޅަކީ އަހަރެން ކޮނުނު ވަޅެއްކަމުގައި ތިބާ ހެކިވުމުގެ ގޮތުން މި ޅަ ކަންބަޅީގެ ހަތްކަންބަޅި އަހަރެންގެ ފަރާތުން ތިބާ ގަބޫލު ކުރުމަށްޓަކާ.“