Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 26:14 - ކިތާބުލް މުޤައްދަސާ

14 އެގޮތުން އެތަކެއް ގިނަ ގެރި ބަކަރިތަކާއި ދެ ޖިންސުގެ އަޅުން އެކަލޭގެފާނަށް މިލްކު ވިއެވެ. މި ސަބަބަށްޓަކައި ފިލިސްޠީނުގެ އަހުލުވެރިން އެކަލޭގެފާނާއި މެދު ހަސަދަވެރި ވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 26:14
16 ပူးပေါင်းရင်းမြစ်များ  

ސާރާއީގެ ސަބަބުން މިޞްރުގެ ރަސްގެފާނު އަބްރާމަށް ވަރަށް ހެޔޮކޮށް ހިއްތެވިއެވެ. އެރަސްގެފާނު އަބްރާމަށް ވަރަށް ގިނަ ގެރި އާއި ކަންބަޅި އަދި ހިމާރާއި ޖަމަލުގެ އެތައް ބައިވަރެއް ދެއްވިއެވެ. އަދި އަބްރާމްއަށް އެތައް ފިރިހެން އަޅުންނާއި އަންހެން އަޅުންނެއް އެރަސްގެފާނު ދެއްވިއެވެ.


އަބްރާމް އަތުގައި ގެރިބަކަރިއާއި ކަންބަޅިތަކުގެ އިތުރުން ރަނާއި ރިހި ގިނަވެ މިހާރު އޭނާ ވަނީ މުއްސަނދިވެފައެވެ.


ކޮންމެ ކަމެއްގައިމެ އަހަރެންގެ ސާހިބާއަށް މާތްރަސްކަލާނގެ ރަޙުމަތް ލައްވައި އެކަލޭގެފާނަށް ތަނަވަސްކަން ދެއްވި. އެކަލޭގެފާނަށް ގިނަ ޢަދަދެއްގެ ކަންބަޅިބަކަރިތަކާއި، ނަޢަމްސޫތްޕާއި، ޖަމަލު އަދި ހިމާރުގެ އިތުރުން ރަނާއި ރިހި ދެއްވައި ގިނަ ޢަދަދެއްގެ އަޅުން އެކަލާނގެ ދެއްވި.


އިބްރާހީމްގެފާނުގެ އެންމެހާ ތަރިކަ މުދަލެއް އިސްޙާޤުގެފާނަށް ހިބަކޮށްދެއްވިއެވެ. ނަމަވެސް އިބްރާހީމްގެފާނު އަވަހާރަ ވުމުގެ ކުރިން ހާޖަރުގެ ދަރިންނަށާއި ޤަޠޫރަތުގެ ދަރިންނަށް ގިނަގުނަ ހަދިޔާތައް ދެއްވިއެވެ. އަދި އެ ހުރިހާ ކުދިން އިސްޙާޤުގެފާނާއި ދުރަށް ފޮނުވާލެއްވުމުގެ ގޮތުން ދުނިޔޭގެ އިރުމަތީ ބިތަށް ފޮނުވާލެއްވިއެވެ.


މިކަމުގެ ނަތީޖާއެއްގެ ގޮތުން ޔަޢުޤޫބުގެފާނުގެ ކަންބަޅި ބަކަރިތައް އަވަސްކަމާއެކު އިތުރުވެގެން ދިޔައެވެ. އަދި އެކަލޭގެފާނަށް ނުހަނު މުއްސަނދިކަން ލިބިވަޑައިގަތެވެ. އެކަލޭގެފާނަށް އެތަކެއް ކަންބަޅި ބަކަރިއާއި، އަޅުންނާއި، ޖަމަލާއި، ހިމާރު ލިބިވަޑައިގެންނެވިއެވެ.


ޔޫސުފުގެފާނުގެ އެންމެހާ އަޚުން އެކަލޭގެފާނާއި މެދު ހަސަދަވެރިވި ކަމުގައި ވިނަމަވެސް އެކަލޭގެފާނުގެ ބަފައިކަލުން މި ހުވަފެނުގެ ތަޢުބީރާއިމެދު ވިސްނަވަމުން ގެންދެވިއެވެ.


މާތްރަސްކަލާނގެ ތިމާއަށް ދެއްވާ މުދަލުން ފުދެން ވާނެއެވެ. ތިމާ އިތުރަކަށް ކަންބޮޑުވާކަށް ނުޖެހެއެވެ.


ރުޅި އައުމަކީ އަނިޔާވެރި މުސީބާތެއް ކަހަލަ ކަމެކެވެ. އެކަމަކު ހަސަދަވެފައި ހުންނަ މީހާ އެއަށް ވުރެން މާ ނުރައްކާތެރިއެވެ.


އެދުވަހުން ފެށިގެން ޝާއުލްގެފާނުގެ ހިތްޕުޅުގައި ދާއޫދާމެދު ހަސަދައާއި ނަފްރަތުކަން އުފެދިއްޖެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ