އެ ހިނދު އަބީމާލިކު އިސްޙާޤުގެފާނު ޙާޟިރުކުރައްވައި ވިދާޅުވިއެވެ. ”މިއީ ކަލޭގެފާނުގެ އަނބިކަމަނާކަން ކަށަވަރު! ވީއިރު އެއީ ކަލޭގެފާނުގެ ކޮއްކޯފުޅު ކަމުގައި ވިދާޅުވީ ކީއްވެ؟“ އިސްޙާޤުގެފާނު ޖަވާބުގައި ދެންނެވިއެވެ. ”ސަބަބަކީ އެކަމަނާ އަކީ އަޅުގަނޑުގެ އަނބިމީހާ ކަމުގައި ބުނެފިނަމަ އެކަމަނާ ހޯދުމުގެ އެދުމުގައި ތިޔަބޭކަލުންގެ ތެރެއިން ބޭކަލަކު އަޅުގަނޑު ޤަތުލުކޮށްފާނެ ކަމުގެ ބިރަށްޓަކައި.“