Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 25:33 - ކިތާބުލް މުޤައްދަސާ

33 ނަމަވެސް ޔަޢުޤޫބުގެފާނު ވިދާޅުވިއެވެ. ”⁠މިތަނުގައި ހަމަމިހާރު އެ ޙައްޤު އަހަރެންނަށް ދިނުމަށް ތިބާ ވަޢުދުވޭ!⁠“ އަދި ޔަޢުޤޫބުގެފާނު އެދިވަޑައިގެންނެވި ފަދައިން ޔަޢުޤޫބުގެފާނަށް އެ ޙައްޤު ދިނުމަށް ޢީސޫ ވަޢުދުވެ އެ ޙައްޤު ދެއްވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 25:33
11 ပူးပေါင်းရင်းမြစ်များ  

ޖަވާބުގައި އަބްރާމް ވިދާޅުވިއެވެ. ”⁠އުޑާއި ބިން ހެއްދެވި އެންމެ މަތިވެރި ރަސްކަލާނގެ ގަންދީ ހުވާ ކޮށްފައި ބުނަން. ތިބާގެ ތަކެތީގެ ތެރެއިން ފައިވާނުގެ ވަދެއް ނުވަތަ ރޮދިފަށެއްހާ މިންވަރު ވެސް އަހަރެން ބޭނުމެއް ނޫން. އޭރުން ތިބާއަކަށް ނުބުނެވޭނެ އަހަރެން މުއްސަނދި ކުރުވީ ތިބާއެކޭ.


ޢީސޫ ދެންނެވިއެވެ. ”⁠އެންމެ ރަނގަޅު! އަހަރެން މިވަނީ ބަނޑުހައިވެގެން ގޮސް ހާންތިވެފައި. މި ގޮތުގައި އަހަރެން މަރުވެއްޖެނަމަ އެ ޙައްޤުން އަހަރެންނަށް ކުރާނީ ކޮން ފައިދާއެއް؟⁠“


ދެން ޔަޢުޤޫބުގެފާނު ޢީސޫއަށް ބޯ ރޮއްޓާއި ސުރުވާ ދިނެވެ. އެކަލޭގެފާނު ފަރީއްކުޅުއްވައި ފެންފޮދު ހިއްޕެވުމަށް ފަހު ތެދުވެވަޑައިގެން ޙައްޤު ވިއްކާލެއްވުނު ކަމާމެދު އެއްވެސް ފިކުރުފުޅެއް ނުކުރައްވާ ވަޑައިގެންފިއެވެ.


އިސްޙާޤުގެފާނު މުސްކުޅިފުޅުވެ ލޯފުޅުގެ ފެނުން ވަނީ ބަލިކަށިވެފައެވެ. އެހެންވެ އެކަލޭގެފާނުގެ ލޯފުޅަށް ސާފުކޮށެއް ފެނިވަޑައެއް ނުގަންނަވައެވެ. އެއްދުވަހަކު އެކަލޭގެފާނުގެ ދޮށީ ދަރިކަލުން ޢީސޫއަށް ”⁠މަގޭ ދަރިފުޅާ⁠“ އޭ ވިދާޅުވެ ގޮވާލެއްވިއެވެ. އެ ހިނދު ޢީސޫ އެކަލޭގެފާނުގެ އަރިހަށް އައިސް ދެންނެވިއެވެ. ”⁠އާދެ، ބައްޕާފުޅާ، އަޅުގަނޑު ބައްޕާފުޅަށް ކޮށްދޭންވީ ކޮންކަމެއްތޯ؟⁠“


އެކަލޭގެފާނުގެ ބައްޕާފުޅު އިސްޙާޤުގެފާނު ވިދާޅުވިއެވެ. ”⁠ތިޔައީ ކާކުތަ؟⁠“ ޢީސޫ ޖަވާބުދިނެވެ. ”⁠މިއީ ބައްޕަގެ ދޮށީ ފިރިހެން ދަރިފުޅު ޢީސޫ!⁠“


ޢީސޫ ދެންނެވިއެވެ. ”⁠ޔަޢުޤޫބު އެއީ އެކަލޭގެފާނަށް ކިޔުން އެންމެ އެކަށީގެންވާ ނަން. ދެފަހަރުމަތިން އެކަލޭގެފާނު އަހަރެންނަށް އޮޅުވާލައިފި! އެއީ ދޮށީ ދަރިއެއްގެ ގޮތުން އަހަރެންނަށް ލިބެންޖެހޭ ޙައްޤާއި އަދި މިފަހަރު އަހަރެންނަށް ލިބެންޖެހޭ ބަރާކަތް!⁠“ ޢީސޫ އިސްޙާޤުގެފާނަށް އިތުރަށް ދެންނެވިއެވެ. ”⁠ބައްޕާފުޅާ، އަޅުގަނޑަށްޓަކައި ހަމަ އެންމެ ބަރަކާތެއް ވެސް ނެތީތޯ؟⁠“


އެތައް ހުވަޔަކާއެކު އޭނާ ދަރިފުޅަށް ބުންޏެވެ. ”⁠ދަރިފުޅު އެދޭ ކޮންމެ އެއްޗެއް ބައްޕަ ދޭނަން، މި ރަސްކަމުގެ ދެބައިކުޅަ އެއްބަޔަށް އެދުނަސް ދޭނަން!⁠“


އަދި ޢީސޫ ފަދަ ހަމައެއް ނެތް، ކަލެއް ނެތް ވަހުޝީ މީހަކަށް ނުވާށެވެ. ހަމަ އެކަނި އެންމެ ކާއެތިކޮޅަކަށްޓަކައި ދޮށީދަރީގެ ޙައްޤު އޭނާ ދޫކޮށްލިއެވެ.


އަރާރުމެއްވެ ކަމެއް ހައްލު ކުރުމަށް ދެފަރާތެއްގެ ދެމެދުގައި ހުވައެއް ކުރެވޭ ހިނދު މީހުން ހުވާކޮށް އުޅެނީ އެމީހަކަށް ވުރެން މަތީ ފަރާތެއްގެ ނަންމަތީގައެވެ. އެކުރާ ހުވައިން އެމައްސަލަ ހައްލުވެދެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ