ފެށުން 25:32 - ކިތާބުލް މުޤައްދަސާ32 ޢީސޫ ދެންނެވިއެވެ. ”އެންމެ ރަނގަޅު! އަހަރެން މިވަނީ ބަނޑުހައިވެގެން ގޮސް ހާންތިވެފައި. މި ގޮތުގައި އަހަރެން މަރުވެއްޖެނަމަ އެ ޙައްޤުން އަހަރެންނަށް ކުރާނީ ކޮން ފައިދާއެއް؟“ အခန်းကိုကြည့်ပါ။ |
ޢީސޫ ދެންނެވިއެވެ. ”ޔަޢުޤޫބު އެއީ އެކަލޭގެފާނަށް ކިޔުން އެންމެ އެކަށީގެންވާ ނަން. ދެފަހަރުމަތިން އެކަލޭގެފާނު އަހަރެންނަށް އޮޅުވާލައިފި! އެއީ ދޮށީ ދަރިއެއްގެ ގޮތުން އަހަރެންނަށް ލިބެންޖެހޭ ޙައްޤާއި އަދި މިފަހަރު އަހަރެންނަށް ލިބެންޖެހޭ ބަރާކަތް!“ ޢީސޫ އިސްޙާޤުގެފާނަށް އިތުރަށް ދެންނެވިއެވެ. ”ބައްޕާފުޅާ، އަޅުގަނޑަށްޓަކައި ހަމަ އެންމެ ބަރަކާތެއް ވެސް ނެތީތޯ؟“
ފަހަރުގައި ގެރިއެއް ހިމާރެއް ކަންބަޅިއެއް ނުވަތަ އަންނައުނެއް ނުވަތަ އެހެން ވެސް އެއްޗެއް ގެއްލިފައި އޮވެގެން ދެމީހެއްގެ ދެމެދުގައި ދެބަސް ވުމެއް އުފެދިއްޖެނަމަ އެ ދެމީހުން ވެސް މާތްކަލާނގެ ކުރިމައްޗަށް އައިސް ހުވާކުރަން ޖެހޭނެ. އެދެމީހުންގެ ތެރޭން ކުށްވެރިޔަކު މާތްކަލާނގެ ކަނޑައެޅުއްވުމުން އެމީހާ އޭގެ ދެގުނަ، ވެރިމީހާއަށް ދޭން ޖެހޭނެ.